Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަޢީދަށް ހުކުމް ކުރި މައްސަލަ

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ އަޙްމަދު ސަޢީދު 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 20:05
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ފެނަކަ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ މައްސަލައިގައި އޭސީސީން ބަލާފައިވަނީ ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން ވެރިކަން ނިމުމުން ދައުވާ ކުރަން ފޮނުވަން ކަމަށް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމުގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ އެމް.ޑީ އަޙްމަދު ސަޢީދު، 4 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ކަމަަށާއި، މިއީ، ބޭރުފުށުން ބަލާއިރު، ކޮރަޕްޝަނަ ދެކޮޅަށް ކުރިއަށް އެޅުނު ފިޔަވަޅެއް ނަމަވެސް، މައްސަލައިގެ ފުނަށް ފީނާ، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބެލުމުން ފެންނަނީ އޭސީސީގެ ނާޤާބިލްކަމާއި ބަރުހެލިކަން ކަމަށް ޝަމީމު ލިޔުއްވާފައިވެއެވެ.

Advertisement - newsAdvertisement

ބްލޭޒަން މައްސަލައިގައި ކަން ހިނގައިދިޔަގޮތް

  1. ސެޓްލްމަންޓް އެގްރީމެންޓުގައި ސޮއިކޮށްފައި އޮތީ 25 އެޕްރިލް 2019
  2. ކިތާބީ (ލިޔެކިޔުމުން ހުރި) ހެކިތަކުގައި ހުރީ 2017 ގެ 4 އިޢުލާނަކާއި 2018 ގެ 3 ލިޔުމަކާއި 2019 ގެ 10 ލިޔުމަކާއި 3 މެއި 2023 ގެ ތާރީޚެއް އޮތް ސިޓީއެއް
  3. 2019 ގައި ހުށަހެޅި، 2023 ވަނަ އަހަރުގެ މެއި މަހު، ތަޙްޤީޤަށް ބޭނުންވާ ހުރިހާ ލިޔުމެއް ހަމަވުމުންވެސް، އެމައްސަލަ ޕްރޮސިކިއުޝަނާ ހަމައަށް ފޮނުވަން 1 އަހަރާއި 7 މަސްދުވަސް ނަގާފައިވޭ
  4. 2023 ގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިނަމަ، ޕީޖީ އޮފީހަށް ޤާނޫނުން ލިބިދޭ 15 ދުވަސް ތެރޭގައި އެމައްސަލައިގައި ދަޢުވާ އުފުލުމުން، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމައްސަލަ ކޯޓަށް ހުށަހެޅޭނެ

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤު ފެށީ، އެމް.ޑީ.ޕީގެ ވެރިކަމުގައި އޮތް އިރުކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އޭރު، އެމައްސަލައިގައި ތުހުމަތުކުރެވޭ އަޙްމަދު ސަޢީދު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ކަމަށާއި، އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެމައްސަލައިގައި ހޯދަންޖެހޭ ހެކިންގެ ހެކިބަސްތައްވެސް އެމްޑީޕީ ވެރިކަމުގައި، އޭރުވެސް ލިބެންހުރިކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ތަޙްޤީޤުގައި އިތުރު ލިޔުންތަކެއް ހޯދާފައިވާކަމެއް، އަދި އެއިން ލިޔުމަކަށް ޝަރީޢަތުން އާދަޔާ ޚިލާފު ބަރުދަނެއް ދީފައިވާކަމެއް އެނގޭކަށް ނެތް ކަމަށާއި، ނަމަވެސް، އެ މައްސަލަ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވުނީ، އެމް.ޑީ،ޕީގެ ވެރިކަން ނިމި، މިހާރު މި އޮތް ސަރުކާރުގެ ވެރިކަމަށްވެސް އަހަރެއްހައި ދުވަސްވީ ފަހުން ކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅިފައި އޮތީ 24 ޑިސެމްބަރ 2024 ގައި ކަންވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އަޙްމަދު ސަޢީދުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އޭސީސީގެ ތަޙްޤީޤުގެ މިސްރާބުގައި ނުކިއްސަރުކަމެއް ހުރިކަން ސާފުވާ ކަމަށާއި، މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަން ބެލުމުގެ ބަދަލުގައި އޭސީސީއިން ބެލީ އެމްޑީޕީ ވެރިކަމުގައި ހިނގި ބައި ނިންމައި، އެމްޑީޕީ ވެރިކަން ނިމުމުން، އެމައްސަލަ ދައުވާ ކުރަން ފޮނުވަން ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ. އެމައްސަލައިގައި ހާދިސާ ހިނގައިފައިވަނީ 2018 ވަނަ އަހަރުކަމަށްވާތީ، އޭރު އެމްޑީ ކަމުގެ މަޤާމުގައި ހުރި މީހާގެ މައްސަލަ ބަލާކަށް އޭސީސީއަކުން ނޫޅޭ ކަމަށް ވެސް ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ.

އެއްވެސް ވެރިކަމެއްގެ ތެރޭގައި، އެ ވެރިކަމެއްގައި ހިނގާ މައްސަލައެއް ނުބެލުމުގެ ސިޔާސަތަކީ، އޭސީސީގެ މިދައުރުގެ ރައީސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ސިޔާސަތެއް ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ. އަދި ކުރީ ސަރުކާރާބެހޭ ގޮތުން ޢަމަލުކުރެއްވި ގޮތަށް، މިއަދުގެ ސަރުކާރާބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި ވެސް އޭސީސީއިން ޢަމަލުކުރައްވަނީ ހަމަ މިއުޞޫލުން ކަމަށާއި، ނަމަވެސް، މިއީ، އޭސީސީ މަސައްކަތްކުރަންޖެހޭކަމަށް ޤާނޫނީ ނިޒާމު ތަޞައްވަރުކޮށްފައިވާ ހަމައެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިވަގުތު ފެންނަ މަންޒަރަކީ، ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ބަރުހެލިކަމުންނާއި، ކޮމިޝަންގެ ރައީސްގެ ޚާއްޞަ ސިޔާސަތުތަކުގެ ސަބަބުންކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

އަޙްމަދު ސަޢީދުފެނަކަހުސައިން ޝަމީމްއޭސީސީކޮރަޕްޝަން ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު