Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނުގެ ޝަރީއަތް

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

ޔާމީނު ވިދާޅުވީ، މުއިއްޒު އިތުރުފުޅު ހައްދަވާ ވާހަކަ މިއަދު ރައްޔިތުން ދައްކަމުންދާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2024 | ހޯމަ 10:05
ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

އެމަނިކުފާނުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެންކަން އެނގިވަޑައިގެންފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީނު ވިދާޅުވީ، ރައީސް ޑރ މުއިއްޒު އިތުރުފުޅު ހައްދަވާ ވާހަކަ މިއަދު ރައްޔިތުން ދައްކަމުންދާ ކަމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް ޔާމީނު މިނިވަން ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅާ ގުޅިގެން މިއަދު ރައްޔިތުން ސުވާލު ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެކަމަށްޓަކައި މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި، ކުރައްވާ ހަމައެކަނި ކަމަކީ އެމަނިކުފާނުގެ ޝަރީއަތް ލަސް ކުރެއްވުންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ޝަރީއަތް ލަސްވަމުންދަނީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 21 ނޮވެމްބަރު 2023ގައެވެ. އެ ދުވަހު ފަނޑިޔާރުން ވިދާޅުވީ، މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރެއްވުން ކަމަށެވެ.  

ޔާމީން އަބްދުލްގައްޔޫމާއި ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް، ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި، ލޯންޑަރ ކުރައްވާފައިވާކަން ދަށު ކޯޓުގައި ވަނީ ސާބިތުވެފައެވެ.

އާރަށުގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ނިމިފައިވާއިރު، އެމަނިކުފާނު ހުންނެވީ ވަގުތީ ލުއިތަކަކާއެކު ގޭ ބަންދުގައެވެ.

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކުރައްވައި، ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޖޫން 2020ގައެވެ. އެ މައްސަލައިގެ ޝަރީއަތްވެސް އަޑުއެހުމެއް ނުބާއްވާތާ 6 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ޔާމީންހައި ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު