Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވާނުވާ ބަންދު

"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް

މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ދިނުމަށް ޕީޖީ އޮފީހުން އަބަދުވެސް ކޯޓުތަކުގައި އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 07:07
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަރީއަތް ނިމެންދެން ބަންދުކޮށް، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލު ހޯދޭނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ދެވިގެންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ވާނުވާގެ ވާހަކައަކީ މިހާރު ސިޔާސީ ބޭފުޅުން ސިޔާސީ ކަމެއްގެ ގޮތުގައި ދައްކަވާ ވާހަކައެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ވާނުވާއަކީ މިހާރު އޮތް އެއްޗެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ސަބަބަކީ މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޤާނޫނުގެ ދަށުން ޝަރީޢަތް ކުރާނެ ގޮތުގެ ތާވަލު ދައުވާލިބޭ މީހާއަށް ލިބުމުން ބަންދުގެ "ވާނުވާ ވަންތަކަން" ގެއްލިގެންދާތީކަމަށް ޝަމީމް ކުރިންވެސް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ދައުވާ އުފުލާ މީހުންނަށް އެމީހުންގެ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ދިނުމަށް ޕީޖީ އޮފީހުން އަބަދުވެސް ކޯޓުތަކުގައި އެދެއެވެ.

އެހެންނަމަވެސް، މިހާރު މައްސަލަތައް ލަސްވެގެން ދިއުމުގައި ކޯޓުތަކުގެ ވަސީލަތްތައް ނެތުން ސަބަބެއްގެ ގޮތުގައި ހިމެނޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ސިޔާސީ ފަރާތްތަކުންވެސް ވާނުވާގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، ކޯޓުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީ، އެ މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަކެއް ހައްދަވަން ޖެހެއެވެ.

މި މައްސަލައާ ގުޅޭގޮތުން ޝަމީމް ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށާއި، އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށެވެ. 

4 ބާވަތުގެ ކުށަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ތިބޭ މީހުންނާއި، މީހުން މެރުމުގެ ދައުވާކޮށްފައި ތިބި މީހުން އަދި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ. މިފަދަ މީހުން މުޖުތަމައުއަށް ދޫކޮށްލުމުން ބައެއް ފަހަރު ކުށް ތަކުރާރުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހުސައިން ޝަމީމްވާނުވާ ބަންދު

ކޮމެންޓް

އިތުރަށް ކިޔާލަން

ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް

ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް

06 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު