Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރުގެ މައްސަލަ

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މުހައްމަދު ދިފްރާނުއާއި، އިސްމާއީލް ރަޝީދުގެ ބައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2024 | އަންގާރަ 05:48
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގައި ކުރި ޙުކުމުގައި ނިންމާފައިވަނީ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ.

މި މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ނިންމި 4 މީހުންގެ ތެެރޭގައި ހިމެނޭ ހުސައިން ޒިޔާދުއާއި، ޙަސަން ޝިފާޒުގެ ބައި އިސްތިއުނާފު ކުރާ މިންވަރަށް ހެކި ލިބިފައެއް ނުވެއެވެ.

އެހެންކަމުން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މުހައްމަދު ދިފްރާނުއާއި، އިސްމާއީލް ރަޝީދުގެ ބައި އެކަންޏެވެ.

އަދި ކުށް ސާބިތުވި ދެ މީހުންކަމަށްވާ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ ފަރާތުން އެ ޙުކުމްވެސް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގައި މި ދެ އިސްތިއުނާފުވެސް ކުރިއަށް ގެންދާނީ އެކުއެކީގައެވެ.

ހައިކޯޓުގައި މި މައްސަލައިގެ އިސްތިއުނާފީ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، މި އަޑުއެހުމުގައި ހައިޝަމާއި ޒިހާންގެ ވަކީލުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ.

އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ސިއްރު ހެކިވެރިންގެ ހެކިބަހަށް ބުރަދަން ދީފައިވާ ގޮތާއި، އިންސާފުން ޝަރީއަތް ހިންގުމުގެ ހައްޤަށް އުނިކަން ލިބޭގޮތަށް ސިއްރު ހެކިވެރިންގެ ހެކިބަސް ނަގާފައިވުމާއި، ސިއްރު ހެކިވެރިންގެ ހެކިބަހުން ރުޖޫއަވާން އެދިފައިވަނިކޮށް އެކަމަށް ރިއާޔަތް ނުކޮށް އެ ހެކިބަސްތަކަށްވެސް ބުރަދަން ދީފައިވުން ފަދަ ނުކުތާތައް ހިމެނެއެވެ.

ހައިޝަމާއި ޒިހާންގެ ވަކީލުން ވަނީ ދަށު ކޯޓުގެ ޙުކުމް ބާތިލުކޮށް، ދަށު ކޯޓުން އަލުން މައްސަލަ ބެލުމަށް މި މައްސަލަ ތަހުވީލު ކޮށްދިނުމަށް އެދިފައެވެ.

ޝަރީއަތުގެ ވަގުތު ހަމަވުމުން ދިފްރާނުއާއި، އިސްމާއީލް ރަޝީދުގެ ބައި އެ އަޑުއެހުމުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެންކަމުން އެ ބައި ކުރިއަށްގެންދާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.

ޔާމީންހައި ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު