Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޫޓީއެފް އެއްބަސްވުން

ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

ޔޫޓީއެފްގައި ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ އެއްވެސް ކަމެއް ހިމެނިފައި ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2021 | އާދީއްތަ 06:27
އެމްޑީޕީގެ ޗެއަރ ޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު 

އެމްޑީޕީގެ ޗެއަރ ޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު 

މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު"ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑާއި ގުޅޭ އެއްބަސްވުމަކީ ނުހަނު ރަނގަޅު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ ވާހަކަ ދެއްކެވީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީކަމަށް އެމްޑީޕީގެ ޗެއަރ ޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، މި ސަރުކާރުން ފޮރުވައިގެން ކަންކަން ކުރަން ނޫޅޭކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް ހަސަން ލަތީފު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފް ވަނީ އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

އެ ޓްވީޓަށް ރައްދު ދެއްވައި ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ވަނީ، 241 ކޮމިޓީގައި އިންނަވާ މެމްބަރެއްގެ ޙައިސިއްޔަތުން މެމްބަރު ހަސަން ލަތީފް ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ގޮވާލައްވާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިސްމާއީލް ވިދާޅުވީ، 241 ކޮމިޓީއަށް ޔޫޓީއެފް އެއްބަސްވުން ތަފްސީލީ ގޮތެއްގައި ބަލައި، ދިރާސާ ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެ ހުރިހާ މައުލޫމާތެއް ލިބިވަޑައިގެން ހުންނަވައި، ސޯޝަލް މީޑިއާގައި އެގޮތަށް ވާހަކަ ދެއްކެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިސްމާއިލް ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ހަސަން ލަތީފް ވަނީ އެވާހަކަތައް ދައްކަވަނީ އެއްބަސްވުމާމެދު ސުވާލު އުފެދިގެން ނޫން ކަމަށް ވިދާޅުވެ، އެއްބަސްވުން ނުހަނު ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާއިރު، ކަންކަން އޮތް ގޮތް ކިޔާ ނުދެވޭނަމަ، އޮޅުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެކަން ކުރުމަށް އިތުރަށް ފުރުސަތު ބޮޑުވެގެންދާނެކަން ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މީގެ ކުރިން ހަސަން ވަނީ ބޮޑެތި ގައުމުތައް ވެސް އެހެން ގައުމުތަކުން އަސްކަރީ އެހީތެރިކަން ހޯދާ ކަމަށާއި، އެއީ އާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަޙީމް އަބްދުއްލަތީފް ވަޑައިގެން، ޔޫޓީއެފް އެއްބަސްވުން ކޮމިޓީގެ މެމްބަރުންނާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެއްބަސްވުމުގެ އަސްލު މެމްބަރުންނަށް ދައްކަވައި، އެއްބަސްވުމުގައި ހިމެނޭ މުހިއްމު ބައިތައް ވިދާޅުވުމުގެ ފުރުސަތުވެސް ދެއްވާފައިވާއިރު، އެމްއެންޑީއެފުން ވަނީ އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.

އުތުރު ތިލަފަޅުޔޫ.ޓީ.އެފް ހާބާރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

03 އެޕްރީލު 2024
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
އެއީ ކުރީ ސަރުކާރުން ގޮތް ނިންމާފައިވާ އެއްބަސްވުންތަކެއް، މިސަރުކާރުން ގެނައި ބަދަލާއެކު ލުއި ލިބިފައިވޭ - ރައީސް

އެއީ ކުރީ ސަރުކާރުން ގޮތް ނިންމާފައިވާ އެއްބަސްވުންތަކެއް، މިސަރުކާރުން ގެނައި ބަދަލާއެކު ލުއި ލިބިފައިވޭ - ރައީސް

12 ސެޕްޓެމްބަރު 2023
ޔޫޓީއެފްގައި ތަރައްގީކުރާ ޑޮކްޔާޑުކަމަށް ބުނެ ދައުރުކުރަނީ ސައްހަ ކުރެހުންތަކެއް ނޫން

ޔޫޓީއެފްގައި ތަރައްގީކުރާ ޑޮކްޔާޑުކަމަށް ބުނެ ދައުރުކުރަނީ ސައްހަ ކުރެހުންތަކެއް ނޫން

27 މާރިޗު 2022
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

12 މާރިޗު 2022

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު