Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރުތިލަފަޅު އެއްބަސްވުން ސިޔާސީކުރުން

ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

އުތުރުތިލަފަޅަށް ދާނަމަ، އިންޑިއާ މީހުންގެ ހުއްދަ ނަގަންޖެހޭކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 07:45
ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)

ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)

ދައްކަން މި އުޅެނީ ތަފާތު ގިނަ އަޚުލާގީ މައްސަލަތަކާ ގުޅިގެން 2015 ޑިސެންބަރު 17 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑިމޯޓްކޮށްފައިވާ މީހެއްގެ ވާހަކައެވެ. އެއީ ފަހުން 2016 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ކެޕްޓަނެއްގެ މަގާމުން ލެފްޓިނަންޓެއްގެ މަގާމަށް ޑިމޯޓްކޮށް، އަދި އޭގެ ފަހުން "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ވެސް މެއެވެ. ދައްކަން މި އުޅެނީ ދިވެހި ސިފައިންގެ ނަން ކިލަނބުކުރުމަށް ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކުރައްވަމުން ގެންދަވާ މަސައްކަތުގެ ވާހަކައެވެ. ދައްކަވަމުން ގެންދަވާ ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ވާހަކައެވެ.

ދާދި ފަހުން ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި ޕާޕާ ވަނީ އަނެއްކާވެސް އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ވާހަކަ ދައްކަވާފައެވެ. އަމިއްލަފުޅަށް މިއީ "ޔޯލަ ވާހަކަ ދައްކާ މީހެއް ނޫނޭ" ވިދާޅުވަމުން ޕާޕާ ވަނީ އެގޮތުން އުތުރުތިލަފަޅަށް ދާނަމަ، އިންޑިއާ މީހުންގެ ހުއްދަ ނަގަންޖެހޭކަމަށް ވިދާޅުވެ ވާހަކަތަކެއް ދައްކަވާފައެވެ. ނުވިތާކަށް ހަނިމާދޫގައި ހުންނަ ގްރައުންޑް މެނޭޖަރު ހަނިމާދޫއަށް ވަނުމަށް ވެސް އިންޑިއާ މީހެއްގެ ހުއްދަ ހޯދަން ޖެހޭކަމަށް ޕާޕާ ވިދާޅުވިއެވެ. ނަމަވެސް އެ ވާހަކަތައް އެންމެ ފަހުން އަސްކަރިއްޔާއިން ވެސް މި ވަނީ ދޮގުކޮށްފައެވެ. އެވާހަކަ ދޮގުކޮށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށެވެ. އެތަނަށް އަރައިފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށާއި ހދ. ހަނިމާދޫ އެއަރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަޙައްދަށް އަރައި ފޭބުމަށް ވެސް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަކަން ވަނީ ސާފު ކޮށްދީފައެވެ.

މިހާރު ރާއްޖޭގެ ކަންކަން ހިންގަނީ އިންޑިޔާ އެމްބަސީން ބުނާ ގޮތަށް ކަމުގެ ތުހުމަތުތަކެއް ކުރައްވައި ޕާޕާ ވަނީ މީގެ ކުރިން ވެސް މި ބީދައިން ވާހަކަ ދައްކަވާފައެވެ. މުޅިން ވެސް ފެންނަމުން މި ދަނީ ދިވެހި އަސްކަރިއްޔާއާމެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމު އުފެއްދުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ. ފެންނަމުންދަނީ ޤައުމީ ދިފާއީ ބާރުތަކާ ގުޅުވައިގެން ޤައުމު ހަލަބޮލިވާ ޒާތުގެ ވާހަކަ ދައްކަވާ މަންޒަރެވެ. ވަނީވެސް އެހެންތާއެވެ. އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް މި ސަރުކާރުން އެކުލަވާލި އެ އެއްބަސްވުން އިތުރަށް ސިޔާސީކޮށް، ޤައުމު ހަލަބޮލި ކުރުމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އިދިކޮޅު ކޯލިޝަންގައި ވެސް ހިޔާލު ތަފާތު ވެފައިވާ މި މައްސަލަ ހޫނުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އުތުރު ތިލަފަޅާ ގުޅޭ މި މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކޮށްފައިވަނީ ޕީޕީއެމްގެ އެކި ޙަރަކާތްތަކުގައި އިސްކޮށް އުޅޭ މެމްބަރެކެވެ. 

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ސިފައިން ވެސް ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. މި ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ވީއިރު، މި އެއްބަސްވުމުގެ ވާހަކަ ދައްކައި، ދިވެހި އަސްކަރިއްޔާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހެއެވެ. އެކަމަށް މާ ލަސް ވެސް ވެއްޖެއެވެ.

އެމްއެންޑީއެފްއުތުރު ތިލަފަޅުއުތުރު ތިލަފަޅު އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު