Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުތުރު ތިލަފަޅު

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

3 އެޕްރީލު 2024 | ބުދަ 08:21

އެ އަންނަނީ މިހިސާބުން ދުރު ބޮޑު ގައުމެއްގެ މިލިޓަރީ މަސައްކަތް ކުރަން ވެގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2024 | ބުދަ 08:21
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަށް ނޫން ކަމަށާއި، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބެއްވި ކޭމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އުތުރު ތިލަފަޅުވަނީ 200 މިލިއަން ޑޮލަރަށް ވިއްކާލައިފަ ކަމަށާއި، ރިސޯޓް ހަދަން އެ ފަޅު ވިއްކާލައިފިނަމަ އެތަނަކީ 150 އާއި 200 މިލިއަން ޑޮލަރުގެ އެކުއެޒިޝަން ކޮސްޓް ލިބޭނެތަނެއް ކަމަށެވެ. އެތަން ރިސޯޓް ހަދަން ވިއްކާލާފައި ލިބޭ ލާރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަނޑުވެރިކަން ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލ. އަތޮޅު ގަމުގައި ބޮޑެތި ބިންތައް އޮތް އިރު، ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ ފޮނަދޫ އެބައޮތް ކަމަށާއި، ވަށަފަރު އަދި ކެލާފަދަ ބިންބޮޑު ރަށްތައް އެބަހުރި ކަމަށެވެ. ނަމަވެސް އުތުރުތިލަފަޅުން ބިމެއް ހިއްކައިގެން އެތަނުގައި ދަނޑުވެރިކަން ކުރަން އުޅޭ ސަބަބާއި މެދު ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 3 މަސް ވަންދެން ޗައިނާގެ އަސްކަރީ އުޅަނދެއް، ރާއްޖޭގެ ކަނޑުގެ އަޑި އޮތްގޮތް ބަލަމުން ޗާޓް ހަދަމުންދިޔަ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި އެގްރީމެންޓްތަކެއް ހަދާ ހާމަކަންބޮޑުގޮތެއްގައި ކުރިކަމެއް މިހާރު އެގްރީމެންޓެއް އޮތްކަމެއް ނެތްކަމެއް ވެސް ނޭނގި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެ ނެގޭ މައުލޫމާތަށް ވަނީ ކިހިނެއް ކަމެއް ނޭނގޭ އިރު، ކުރިއަށް އޮތްތަނުގައި މި ސަރަހައްދުގައި ހަނގުރާމައަކާ ދިމާލަށް ދިއުމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. އަދި މާ ދުރުގައި އޮތް ގައުމެއްގެ ބާރު މި ސަރަހައްދަށް ގެނެސް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވައްދައިގެން، މުޅި އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ނަގާލަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެެ. މިއީ ބިރުވެރިކަމެއް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ 2028 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވެފައި އުތުރު ތިލަފަޅުގައި ކިތައްމެއް ގަހެއް އިންދާފައި އޮތަސް އެތަން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދެއްވާނެ ކަމަށެވެ. އަދި އެތަނަށް ހަގީގަތުގައި ވެސް އިންވެސްޓެއް ކޮށްފައި އޮތްނަމަ އެކަން ރަނގަޅަށް ކުރެވޭނެ ބޮޑު ބިމެއް ދައްކާ އެކަން އެބޭފުޅުންނަށްވެސް އަންގާނެ ކަމަށެވެ.

އުތުރު ތިލަފަޅުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްޗައިނާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
03 ފެބުރުއަރީ 2025

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް