Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫޓީއެފް އެއްބަސްވުން

ބޭނުމަކީ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންނަށް ކަންކަން އޮޅުވައިލުމެވެ.

ޔޫޓީއެފް އެއްބަސްވުން ނުފެންނަ ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވަނީ އިތުރުފުޅު ހައްދަވާފައި

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2021 | ބުދަ 12:16
ޢިންޑިއާ-ދިވެހިރާއްޖެ ޑިފެންސް އެކްޝަން ޕްލޭން

ޢިންޑިއާ-ދިވެހިރާއްޖެ ޑިފެންސް އެކްޝަން ޕްލޭން

އިދިކޮޅު ސިޔާސީ ފިކުރޭ ނުވަތަ އިދިކޮޅު ސިޔާސީ ޕާޓީއޭ ބުނުމުގެ މާނަޔަކީ އޭރަކު ވެރިކަން ކުރާން ތިބޭ ބަޔަކު ކުރާހައި ކަމަކާ ދެކޮޅުވެރިވެ ކަންކަން ގޯސްކުރުމޭ ހީކުރާ ބަޔަކު އުޅެއެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާޔަކީ ސަރުކާރުން ކުރާހައި ކަމެއް ގޯސްކޮށް މަގުމައްޗަށް ނުކުމެ ހަޅުތާލުކުރުމާއި ސަރުކާރު ހިންގާން ތިބޭ ބައެއްގެ އަބުރު ކަތިލައި ނެތިނުބައި މޮށުމޭ ހީކުރާ ބަޔަކުވެސް އުޅެއެވެ. ސަރުކާރުން މިއީ ދުވާލެކޭ ބުނެފިއްޔާ ތިޔަހެނަކުން ނޫނޭ މިއީ ރޭގަނޑެކޭ ބުނެ ރައްދު ނުދީފިއްޔާ އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ގަބޫލުކޮށްގެން އެމަގުން ކުރިއަށްދާ ބަޔަކުވެސް އެބައުޅެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ބައެއް މެންބަރުން ފެންނަނީ މި ގިންތިންނެވެ. ޚާއްސަކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިމި ޗުއްޓީއަށް ދިޔުމާ ހަމަޔަށް އިދިކޮޅު މެންބަރުން މަޖިލީހުގައި ކުރެއްވިހައި ކަމަކާއި ދެއްކެވިހައި ވާހަކަފުޅުތަކެއް ބިނާ ކުރެެއްވީ ދިމާޔަށް ކުރިމަތިން ފެންނަ ހަގީގަތްތަކަށްވެސް އިންކާރު ކުރެއްވުމާއެކު ސަރުކާރުން ކުރާހައި ކަންކަން ގޯސްކުރައްވައި ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވައިލެވޭތޯ ގަދައެޅުއްވުމުގައެވެ. މިކަމުގެ އެންމެ ރިވެތި މިސާލެއް ދެއްކެން އޮތީ އުތުރު ތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމާ ގުޅޭ ގޮތުންނެވެ. ފެށުނީއްސުރެ ވެސް އެބޭފުޅުން މަސައްކަތް ކުރެއްވީ ޔޫޓީއެފް އެއްބަސްވުމަކީ ދިވެހި ދައުލަތުގެ އަބުރާއި އިއްޒަތާއި މިނިވަންކަމާއި ކަރާމާތް ގެއްލޭގޮތަށް މިސަރުކާރުން އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށް ދެއްކޭތޯއެވެ. އާދަން ޝަރީފަކީ ކުރީގެ ދިފާއީ ވަޒީރުކަމަށްވެފައި އަދި މިހާރު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ޓޯފޯރވަން ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެންބަރެއްގެ ގޮތުން މިމައްސަލައިގައި ހައްދަވާ އިތުރުފުޅުތައް ވަކިން ބޮޑަށް ފާހަގަ ކުރެވިގެންދެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިހަފުތާގެ ހޯމަ ދުވަހު ބޭއްވުނު އިރު އެދުވަހުގެ ޖަލްސާއިންވެސް މިކަމުގައި އާދަމް ޝަރީފާއި އަހުމަދު ޝިޔާމްމެން ބުރަވެވަޑައިގަންނަވަނީ ހަގީގަތް ހާމަކުރެއްވުމަށްވުރެ ބޮޑަށް ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިލެވޭތޯކަން ވަރަށް ބޮޑަށް ތަމްސީލުވެގެން ދިޔައެވެ. އެމްއެންޑީއެފާއި ދިފާއީ ވުޒާރާގެ ވެރިން ޓޯފޯރވަން ކޮމިޓީއަށް އެއްފަހަރަށްވުރެ ގިނަފަހަރު މަތިން ވަޑައިގެން އެކިކަހަލަ ޕްރެޒެންޓޭޝަންތައް ހައްދަވައި ޔޫޓީއެފް އެއްބަސްވުމުގެ އެންމެހައި މައުލޫމާތު އަލިފުން ޔާއަށް ވިދާޅުވެ ދެއްވިއަސް އާދަމް ޝަރީފަށް އެމަންޒަރު ފެނިވަޑައިގެންނެވި ކަމަކަށް ނުވެއެވެ. އެ އަޑުތައް އިވިވަޑައިގެންނެވި ކަމަކަށްވެސް ނުވެއެވެ. ވިދާޅުވަމުން ގެންދެވީ އެއްބަސްވުމުގެ މުހިއްމު ބައިތައް ސަރުކާރުން ފޮރުވައި ސިއްރުކޮށްފައިވާ ކަމުގައެވެ. ޓޫފޯރވަން ކޮމިޓީ ވެސް އޮތީ ވާނުވާގައި ކަމަށެވެ.

އެދުވަހު ޔޫޓީއެފް އެއްބަސްވުމާމެދު ވާހަކަ ދެކެވުނީ އެއްބަސްވުމުގައި އެއްވެސް ގޯހެއް ނެތް ކަމަށް މަަޖިލީހުން ފާސްކުރުމުގެ ކުރިން ހިނގި ބަހުސްތަކުގައެވެ. އިންޑިއާއާއެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް ޓޫފޯރވަން ކޮމިޓީއަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް ނެގުނު ވޯޓުގެ ކުރިންނެވެ. ރިޕޯޓް ފާސްކުރުމަށް 53 މެމްބަރުން ވޯޓު ދެއްވިއިރު ފާސްކުރުމަށް ނުފެންނަކަމަށް 6 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ކޮމިޓީން ދިރާސާކުރި ގޮތަށެވެ. ރިޕޯޓަށް މަޖިލީހުގެ ތަޅުމުން ވަނީ 13 އިސްލާހެއް ހުށަހަޅާފައެވެ. 13 އިސްލާހުވެސް ހުށަހަޅުއްވާފައި ވަނީ އާދަމް ޝަރީފެވެ.

ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރިއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަޑައިގެން އެއްބަސްވުންތަކުގެ ތަފްސީލް މައުލޫމާތު ދެއްވިއެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. އެއްބަސްވުމުގެ ކޮޕީ މެމްބަރުންނަށް ވަކިން ދެއްވާފައި ނުވަނީ އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީއެވެ. ކޮމިޓީން ރިޕޯޓް ފާސްކުރި ދުވަހު ކޮމިޓީގައި ތިއްބަވާ އިދިކޮޅު މެމްބަރުން ކަމުގައިވާ މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ކޮމިޓީ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.

މިކަން މިގޮތަށް ކުރައްވާފައި ދެން މަޖިލީހުގެ ތަޅުމުގައި އާދަމް ޝަރީފު މި ވިދާޅުވަނީ އެއްބަސްވުންތައް ނުފެންނަ ކަމުގައެވެ. ނުދައްކާ ކަމުގައެވެ. ކޮމިޓީގެ އެހެން މެންބަރުން ބައްލަވައި ވިސްނަވައި ދިރާސާކުރެއްވި ލިޔުންތައް އާދަމް ޝަރީފަށް ފެނިވަޑައި ނުގަންނަވާ ކަމުގައެވެ. ކޮމިޓީ ބައްދަލުވުމުގައި އެޅުވީ ޕްރެޒެންޓޭޝަނެއް ކަމަށާއި އެއްބަސްވުން ނުފެންނަކަމުގައެވެ. މިހިސާބުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ޕްރެޒެންޓޭޝަންގެ ގޮތުގައި އެއްބަސްވުން ފެނިވަޑައިނުގަންނަވާތޯ ސުވާލުކުރައްވާފައެވެ. ދިވެހި ދައުލަތުގެ ނިޝާން ޖަހައި ކަމާބެހޭ ފަރާތްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ޕްރެޒެންޓޭޝަންގައި ނުދައްކާތޯ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފު ވިދާޅުވަމުން ގެންދެވީ އެއްބަސްވުން ނުފެންނަކަމަށެވެ.

އާދަމް ޝަރީފުގެ ޖަވާބުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ އެއްބަސްވުމުގެ އަސްލު މަޖިލީހަށް ގެނެސް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދައްކާފައިވަނިކޮށް އެއީ ނުވާ ކަމެއް ކަމަށް މެންބަރުން ވިދާޅުވާނަމަ އެއީ ވަރަށް އުނދަގޫ މައްސަލައެއް ކަމުގައެވެ. އެއީ ކަނޑައެޅިގެން ހިނގާފައި އޮތް ކަމެއް ކަމަށާއި ކަނޑައެޅިގެން މެންބަރުންނަށް އޮތީ އެގްރިމެންޓް ފެނިވަޑައިގެންފައި ކަމުގައެވެ. އެއީ ޝައްކަކާ ނުލައި އެނގޭ ކަމެއް ކަމުގައެވެ. މި ބަހުސުން އެއްވެސް ޝައްކަކާނުލައި ރައްޔިތުންނަށްވެސް ކަމެއް ސާފުވެގެން ހިނގައްޖެއެވެ. އެކަމަކީ އާދަމް ޝަރީފުމެން މިމައްސަލައިގައި ހައްދަވަނީ މުޅިންވެސް އިތުރުފުޅު ކަމެވެ. ދައްކަވަނީ ހަގީގަތާ ޚިލާފު ވާހަކަފުޅުތަކެއް ކަމެވެ. ސިޔާސީ މަންފާއަކަށްޓަކައި ރައްޔިތުންނަށް އޮޅުވައިލުމަށް ކިތަންމެ ބޮޑު އިތުރުފުޅެއް ހައްދަވާންވެސް ފަސްޖެހިވަޑައިގަތުމެއް ނެތްކަމެވެ.

ޔޫ.ޓީ.އެފް ހާބާރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްއާދަމް ޝަރީފު އުމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

07 އޯގަސްޓު 2025
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

12 ޖުލައި 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު