Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫޓީއެފް އެއްބަސްވުން

"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ކޮމިޓީ މެމްބަރުންނަށް ހިއްސާ ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 11:31
241 ކޮމިޓީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

241 ކޮމިޓީގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތްކަމަށް, ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގެން، ޔޫޓީއެފް އެއްބަސްވުން ވަނީ ކޮމިޓީގެ މެމްބަރުންނަށް ހިއްސާ ކުރައްވާފައެވެ. އަދި އެއްބަސްވުމުގެ އަސްލު މެމްބަރުންނަށް ދައްކަވައި، އެއްބަސްވުމުގައި ހިމެނޭ މުހިއްމު ބައިތައް ވިދާޅުވުމުގެ ފުރުސަތުވެސް ދެއްވާފައިވާއިރު، އެމްއެންޑީއެފުން ވަނީ އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ކޮމިޓީ މެމްބަރުންނަށް ހިއްސާ ކޮށްފައެވެ.

Advertisement - newsAdvertisement

އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ އެއްވެސް ކަމެއް ހިމެނިފައި ނުވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާއިރު، ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، މި ސަރުކާރުން ފޮރުވައިގެން ކަންކަން ކުރަން ނޫޅޭކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް އެމްޑީޕީގެ ޗެއަރ ޕަރސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާޢީލް އަޙުމަދު ވަނީ، 241 ކޮމިޓީގައި އިންނަވާ މެމްބަރެއްގެ ޙައިސިއްޔަތުން މެމްބަރު ޙަސަން ލަޠީފް ޤާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ކުރެއްވި ޓްވީޓުގެ ވާހަކަަތައް ބޭރުގެ މީޑިއާއަކުން ރިޕޯޓު ކޮށްފައިވާ ލިއުމެއް ހިއްސާ ކުރައްވައި މެމްބަރު އިސްމާޢީލް ވަނީ، އަސްލު މަގުސަދަކީ އެއީކަމަށް ވިދާޅުވެފައެވެ.

އެކަމާގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން އިސްމާޢީލް ވިދާޅުވީ، 241 ކޮމިޓީން ޔޫޓީއެފް އެއްބަސްވުން ތަފްސީލީ ގޮތެއްގައި ބަލައި، ދިރާސާ ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެ ހުރިހާ މައުލޫމާތެއް ލިބިވަޑައިގެން ހުންނަވައި، ސޯޝަލް މީޑިއާގައި އެގޮތަށް ވާހަކަ ދެއްކެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މެމްބަރު ޙަސަން ލަޠީފަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މީގެ ކުރިން ޙަސަން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދުވެސް ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ޑޮކްޔާޑަކީ ދިވެހިންގެ މިލްކެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް ކެކެމުން އަންނަ މަންޒަރު އެބަފެންނަކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ބޮޑެތި ގައުމުތައް ވެސް އެހެން ގައުމުތަކުން އަސްކަރީ އެހީތެރިކަން ހޯދާ ކަމަށާއި، އެއީ އާ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ދައުލަތަށް ގެއްލުންވާފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި، މިއީ ކުރީގެ ސަރުކާރުތަކުން ވެސް ކުރިއަށްގެންދިޔަ މަޝްރޫޢެއްކަން ކޮމިޓީގައިވެސް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރު ކުރުމާއި ޑޮކްކޮށް ބެލެހެއްޓޭނެ އެކަށޭނަ ވަސީލަތެއް ގާއިމު ކުރުމުގެ އެހީތެރިކަމަށް އިންޑިޔާ ސަރުކާރުގައި އޭރުގެ ސަރުކާރުން އެދުނީ  2013 ވަނަ އަހަރުއެވެ. އެއަށްފަހު އެޕްރީލް 2016ގައި ރައީސް ޔާމީނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގައި އިންޑިޔާއާއެކު ސޮއިކުރެއްވިއެވެ. އެހެންނަމަވެސް، އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިޔާ ސިފައިންނަށް ގާއިމުވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުން ހާމަކުރުމަށާއި، އިންޑިޔާއިން ނަގާފައިވާ ލޯނުތަކުގެ ތަފުސީލު ހާމަކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ އެކަމުގެ ހަގީގަތް އޮޅުވާލުމަށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު"ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑުގައި، ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ސިފައިން ވެސް ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. މި ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި، ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އުތުރު ތިލަފަޅުއުތުރު ތިލަފަޅު އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

03 އެޕްރީލު 2024
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

17 ސެޕްޓެމްބަރު 2023
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

12 މާރިޗު 2022
ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

14 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު