Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮޕް26 ބައްދަލުވުމުގެ އެއްބަސްވުން

ދުނިޔެ ސަލާމަތްކުރުމަށް ގްލާސްގޯގައި ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް؟

ލަނޑުދަނޑިތަކަށް ވާސިލުވުމަށް މިހާރަށްވުރެ ހަރުދަނާ ނިންމުންތަކެއް އަވަހަށް ނިންމުމަށް އެއްބަސްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2021 | އާދީއްތަ 05:50
ގްލާސްގޯގައި ކުރިޔަށްގެންދިޔަ ކޮޕް26 ބައްދަލުވުން ނިންމާލުމުގެ ތެރެއިން

ގްލާސްގޯގައި ކުރިޔަށްގެންދިޔަ ކޮޕް26 ބައްދަލުވުން ނިންމާލުމުގެ ތެރެއިން

ގާތްގަނޑަކަށް ދެ ހަފުތާވަންދެން ގައުމުތަކުން ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްގެންދިޔަ މަޝްވަރާތަކަށްފަހު ކޮޕް26 ބައްދަލުވުން ވަނީ ނިމުމަކަށް އައިސްފައެވެ. ދުނިޔެ ހޫނުވަމުންދާ ދިޔުން ވަކި މިންވަރެއްގައި ހިފަހައްޓައި މޫސުމީ ބަދަލުތަކުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުން ކުދި ބިންތިރި ޖަޒީރާ ގައުމުތައް ސަލާމަތްކުރުމަށް ކުރިޔަށްގެންދިޔަ އެންމެ ފަހުގެ މަޝްވަރާތައް ވަނީ ނިމުމަކަށް އައިސްފައެވެ. 2015 ވަނަ އަހަރު ބޭއްވި ކޮޕް21 ވަނަ ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ހާސިލުކުރުމަށް ގައުމުތަކުން ދެން ކުރާނެ ކަންކަތައްތަކެއް ވަނީ އެކަށައަޅާފައެވެ.

ދުނިޔެ ހޫނުވަމުންދާ ދިޔުން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ހަރުދަނާ ނިންމުންތަކެއް މި ބައްދަލުވުމުގައި ނިންމުމަކީ ދުނިޔެއަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެންކަމަށްވާއިރު ކޮޕް26 ނިމިގެންދިޔައިރު ގައުމުތަކުން އެއްބަސްވި މުހިންމު ބޮޑެތި ކަންކަމަކީ ކޮބައިހެއްޔެވެ؟

އެއްބަސްވުމުގައި ފާހަގަކޮށްފައިވާ އެއްކަމަކީ ދުނިޔެ ހޫނުވުން ކުޑަކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް މިހާތަނަށް ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ވެފައިވާ ވައުދުތަކުން އަދި އެކަމެއް ހާސިލެއްނުވާނެއެވެ. އަދި އެއީ ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެންމެ އެކަށޭނެ ނިންމުންތަކެއްވެސް ނޫނެވެ.

އެހެންކަމުން ކޮޕް26 ގައި ނިންމާފައިވަނީ ޕެރިސް އެގްރިމެންޓްގައި ގައުމުތަކުން އެއްބަސްވި ކަންތައްތަކަށް ވާސިލުވުމަށް ސަރުކާރުތަކުން އެކުލަވާލާފައިވާ ލަނޑުދަނޑިތަކާއި ސިޔާސަތުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް އަންނަ އަހަރު ނިމެންވާއިރަށް ހުށަހެޅުމަށެވެ. ކުރިން އެއްބަސްވެފައިވަނީ ކޮންމެ ފަސް އަހަރަކުން އެސިޔާސަތުތައް ހުށަހަޅައި އެ ސިޔާސަތުތައް މުރާޖާކުރާ ގޮތަށެވެ. ނަމަވެސް މިހާރު އެއަށްވުރެ އަވަހަށް އެހުށަހެޅުންތައް ހުށަހެޅުމަށް ވަނީ އެއްބަސްވެފައެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު އަވަސް މުސްތަގްބަލެއްގައި ބޮޑުތަނުން ކުޑަ ނުކުރެވިއްޖެނަމަ ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީއަށްވުރެ މައްޗަށްދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. އަދި ދުނިޔެ ހޫނުވަމުންދާ ދިޔުން ނުހިފެހެއްޓޭކަމަށްވާނަމަ ކަނޑުގެ ލޮނުގަނޑު މިހާރަށްވުރެ ބޮޑަށް އުފުލިގެންދާނެކަމަށް ސައިންސްވެރިން ބުނެއެވެ. މީގެއިތުރުން ހަނަފަސްކަން މިހާރަށްވުރެ ބޮޑުވުމާއި ނުރައްކާތެރި ނަގޫރޯޅިތަކާއި ކޮޅިގަނޑުތައް އުފެދުމާއި މިހާރު ދުނިޔެ ތަޖުރިބާކުރަމުންދާ ޖަންގަލިތައް އެނދުމުގެ ހާދިސާތަކަށްވުރެ ބޮޑަށް އެކަންކަން ތަޖުރިބާކުރަންޖެހޭނެކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ބައްދަލުވުން ނިންމާލަމުން ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ވިދާޅުވީ އަދިވެސް ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމުގެ އުންމީދު އެބައޮތްކަމަށެވެ. އެހެންނަމަވެސް ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ނުކޮށްފިނަމަ އެއީ ވަރަށް ފަސޭހައިން އަތުން ދޫވެގެންދާނެކަމެއް ކަމަށް ޝަރްމާ ވިދާޅުވިއެވެ. ދިރިތިބުމަށްޓަކައި ގައުމުތަކުން ވީ ވައުދުތަކާއި އެއްގޮތަށް އަމަލުކުރަންޖެހޭކަމަށް ޝަރްމާ ވިދާޅުވިއެވެ.

ކޮޕް26ގެ އެއްބަސްވުން އެކުލަވާލިއިރު އެންމެ ފުރަތަމަ ހިމަނާފައިވަނީ ގައުމުތަކުން ހަކަތަ އުފެއްދުމުގައި ބޯޓުދެއްޔަށް ވަމުން އަންނަ ބަރޯސާވުން ހުއްޓާލައި އެއަށްދޭ ސަބްސިޑީ ކަނޑާލުމަށެވެ. ސައިންސްވެރިން ބުނާގޮތުގައި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމަކީ ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މަގުފަހިވާ ނުރައްކާތެރި ވިހަ ގޭސް ޖައްވަށް އެންމެ ގިނައިން ބޭރުވާ ގޮތެވެ. އެހެންކަމުން ކޮޕް26 ގެ ތެރެއިން މަސައްކަތް ކުރަމުންދިޔައީ ބޯޓުދެއްޔަށް ބަރޯސާވާ މިންވަރު ކުޑަކޮށް އެކަން އެއްކޮށް ހުއްޓާލުމަށެވެ.

ބައްދަލުވުމުގެ ތެރޭގައި އެންމެ ބޮޑެތި ބަހުސްތަކެއް ހިނގިކަމަކަށް ވެގެންދިޔަ ކަމަކީވެސް މިކަމެވެ. މިއާއެކު ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމާއެކު ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އަންދާ މިންވަރު މަދުކުރުމުގެ އެއްބަސްވުމަށް ވަނީ ބަދަލުގެނެސްފައެވެ. މިއާއެކު ގައުމުތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. ނަމަވެސް ބައްދަލުވުމުގެ މުޅި އެއްބަސްވުން ދެމެހެއްޓުމުގެ މުހިންމުކަން ބޮޑުވުމުގެ ސަބަބުން ގައުމުތަކުން ވަނީ އެގޮތަށް އެއްބަސްވެފައެވެ.

ކޮޕް26 ބައްދަލުވުމުގައި އެއް ކަމަކަށް އެންމެ ބޮޑަށް ޑިމާންޑްކުރި ކަމަކީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދޭންޖެހޭ ފައިސާގެ މިންވަރު އިތުރުކުރުމެވެ. އެގޮތުން ފަގީރު އަދި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުން މިބައްދަލުވުމުގައި ވަނީ މުއްސަނދި އަދި ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަން ކުރާ ގައުމުތަކުން އެގައުމުތަކަށް ދޭ އެހީ އިތުރުކުރުމަށް ގޮވާލާފައެވެ.

އެގޮތުގެމަތިން ކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން ތަރައްގީވެފައިވާ ގައުމުތަކުން ކްލައިމެޓް ފައިނޭންސްގެ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ ފައިސާގެ މިންވަރު 2025 ވަނަ އަހަރު އަންނަންވާއިރަށް ދެ ގުނަ ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުން ފުރަތަމަ ފަހަރަށް އެއްބަސްވުމުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތުގެ ސަބަބުން އެގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ވަނީ ކަވަރ ބައިގައި ހިމަނާފައެވެ. މިއީ ބައެއް ގައުމުތަކުން މިހާރުވެސް އެތައް އަހަރަކު ތަހައްމަލުކުރަމުންދާ ގެއްލުންތަކަކަށްވާއިރު އެގައުމުތަކުން ބުނަމުން އަންނަނީ އެކަމުގެ ބަދަލު މުއްސަނދި ގައުމުތަކުން ދޭންޖެހޭނެކަމަށެވެ.

މޫސުމީ ބަދަލުވުންތަކަށް އެޑަޕްޓްވުމަށާއި ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ކުދި ޖަޒީރާ ބިންތިރި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އަދިވެސް މިކަމުގައި އެންމެންނަށް އެއްބަސްވެވޭ ސާފު ނިންމުމަކަށް އާދެވިފައެއްނުވެއެވެ. ނަމަވެސް މިބައްދަލުވުމުގެ ތެރެއިން މިކަމުގެ މަޝްވަރާތައް ކުރިޔަށް އޮތްތަނުގައިވެސް ކުރިޔަށް ގެންދިޔުމަށް ތަރައްގީވެފައިވާ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ކާބަން މާކެޓްގައި ގެންގުޅޭނެ އުސޫލުތަކެއް މިފަހަރުގެ ކޮޕް ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ. މިއީ މީގެކުރިން ދެ ބައްދަލުވުމެއްގައި އެކުލަވާލަން މަސައްކަތްކޮށް ނުވެފައިވާކަމެކެވެ. މިއާއެކު ބޮޑެތި ޖަންގަލިތައް ހިމާޔަތްކުރުމާއި އިޔާދަކުރަނިވި ހަކަތައަށް ދިޔުމާއި މިނޫންވެސް މޫސުމީ ބަދަލުތަކާއި ގުޅޭ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ މަގުފަހިވެގެންދާނެއެވެ.

މައިގަނޑު ނިންމުންތައް ނޫނަސް މިފަހަރުގެ ބައްދަލުވުމުގައި ވަނީ މުހިންމު ނިންމުންތަކެއް ގައުމުތަކުން ނިންމާފައެވެ. އެގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސްވެއޮވެ ޖައްވަށް މީތޭން ގޭސް ދޫކުރުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމުގައި 100 ގައުމަކުން ވަނީ 2020 ވަނަ އަހަރު މީތޭން ބޭރުކުރަމުން އައި މިންވަރުން 2030 ވަނަ އަހަރު އަންނަންވާއިރަށް 30 އިންސައްތަ މަދުކުރުމަށް އެއްބަސްވެފައެވެ.

އަނެއްކޮޅުން ދުނިޔެއަށް އެންމެ ގިނައިން ކާބަން ބޭރުކުރާ ދެ ގައުމުކަމުގައިވާ އެމެރިކާ އާއި ޗައިނާ ގުޅިގެން ވަނީ މޫސުމީ ބަދަލުތަކުގެ އަސަރުކުޑަކުރުމަށް ކުރާނެ ކަންތައްތަކެއް އެކުލަވާލާ ހާމަކޮށްފައެވެ. މިއެއްބަސްވުމަކީ ޒަމާންތަކެއް ވަންދެން ޗައިނާއިން ދުނިޔެ ހޫނުވުން ކުޑަކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އޮތުމަށްފަހު ކުރާނެ ކަންތައްތަކެއް ހާމަކުރި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ކުންފުނިތަކާއި އިންވެސްޓަރުން ވަނީ ދުއްވާތަކެތިން ބޭރުވާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރާނެ ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެފައެވެ. މީގެއިތުރުން ބޮޑެތި ޖަންގަލިތައް ހިމާޔަތްކުރުމާއި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނެވި މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ވަނީ ވައުދުތަކެއްވެފައެވެ.

ކޮޕް26ކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު