Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ މަންފާ ނެރުމަށް ފިތުނަ އުފެއްދުން

ފިތުނަ އުފައްދަން އުޅެއުޅެ އެންމެފަހުން ގޮތްހުސްވީއެވެ.

ފިތުނައިގެ ކޮންމެ ރޮކެޓެއް ދަނީ ބިންބުޅަލަށް

ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 05:43
އުތުރު ތިލަފަޅުގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. އިދިކޮޅު ފަރާތްތަކުން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް.

އުތުރު ތިލަފަޅުގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. އިދިކޮޅު ފަރާތްތަކުން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހުން ފެށިގެން އެއްދުވަސް ވެސް ވައްޓާނުލައި އިދިކޮޅު ފަރާތްތަކުން ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން އަންނަ ކަމެއް އޮވެއެވެ. އެކަމަކީ ފިތުނަ އުފެއްދުމެވެ. ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި ސަރުކާރުގެ އިތުބާރު ގެއްލުވައިލުމަށް ދޮގުގެ މައްޗަށް ދޮގު އުފަންކުރުމެވެ. ފިތުނައިގެ އަލިފާންރޯކޮށް ފިތުނައިގެ ރޮގުރޮގުން ގައުމު ބައިބައިކުރުމެވެ. އިދިކޮޅު ފަރާތްތަކުން މިހާތަނަށް ކޮށްފައިވާ މިފަދަ ހުރިހާ ކަމެއް ހިސާހިތަކު ނާކާމިޔާބުވެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮންނަނީ ހާމަވެފައެވެ.

ކޮވިޑުގެ ނުރައްކާތެރި ބިޔަ ރާޅު ދިވެހިރާއްޖެއަށް ބިންދައިލުމުން މިއީ ސަރުކާރުގެ ނާގާބިލްކަމުން ދިމާވި ކަމެއް ކަމަށް ދެއްކޭތޯ އުޅުނެވެ. ސިއްހީ ފަރުވާގެ ކަންކަން އިންތިޒާމު ކުރުމާއި މިކަމާއި ގުޅޭ އެނޫންވެސް ކަންކަން ތަރުތީބުކޮށް ހިންގުމުގައި ސަރުކާރު ފޭލްވެފައިވާ ކަމަށް ދެއްކޭތޯ އުޅުނެވެ. އެކަމަކު ނަތީޖާއެއް ނުނެރެވުނެވެ. ދުނިޔޭގެ ނިސްބަތުން ވެސް ކޮވިޑާއި ގުޅޭ ކަންކަން އެންމެ ބަރާބަރަށް ރާވައި ތަންފީޒުކުރާ އެއްގައުމަކީ ދިވެހިރާއްޖެއެވެ. ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކުން އެކަން ފާހަގަކުރެއެވެ.

ދެން އައީ ވެކްސިނުގެ ކަންތަކެވެ. ވަކި ގައުމެއްގައި އުފައްދާ ވެކްސިން ނުޖަހާން ގަދަ ދެއްކިއެވެ. ދިވެހިންގެ ސިއްހަތު ސަރުކާރުން ނުރައްކަލުގެ ތެރެޔަށް ވައްޓައިލީއޭ ބުންޏެވެ. މި ފިތުނަ ވެސް ކާމިޔާބެއް ނުވިއެވެ. އެކަމަކު ސަރުކާރުން ވެކްސިން ޕްރޮގްރާމް ކާމިޔާބުކުރިއެވެ. ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ކާމިޔާބު ވެކްސިން ޕްރޮގްރާމެއް އިންތިޒާމް ކުރެވިފައިވަނީ ދިވެހިރާއްޖޭގައެވެ. ދިވެހި ރައްޔިތުން ވެކްސިނާ ދުރަށް ގެންދިޔުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކުން އުފަންކުރި ހުރިހާ ވާހަކަތަކެއް ބަލަބަލައި ތިއްބާ ދިޔައީ ފަނުފުލުންނެވެ. ފަނުފުލުން ދިޔުމަކީ އުއްމީދާއެކު ކުރަމުން އައި ކަމެއް ތާކުންތާކު ނުޖެހި ދިއުމެވެ.

މަގޭ ފުލެޓް ކޮބައިހޭ ކިޔައިގެން ކޮންމެ ހުކުރުދުވަހަކު މާލޭގެ މަގުތަކަށް ދޮޅަސް ސޯޅަ މީހުން ނެރެގެން ޖަހާން އުޅުނު ސަކަރާތް ވެސް ދިޔައީ މި މަގުންނެވެ. މަގޭ ފުލެޓަށް ވީގޮތް ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފެވެ. ވުޖޫދުގައި ވެސް ނުވާ ފުލެޓްތަކެއް ލިބޭނޭ ކަމުގެ ލިޔުން އެތައްހާސް ބަޔަކަށް ބެހީ ޔާމީނުގެ ސަރުކާރުންނެވެ. ރައްޔިތުންނަށް އޮޅުވައިލީ ޔާމީނުގެ ސަރުކާރުންނެވެ. ކަންކަން ހިގައިދިޔަގޮތް މި ސަރުކާރުން ހާމަކޮށް ދެއްކީމާ މަސްރަހު އެއޮތީ ދޮޅަސްދެގޮތް ވެފައެވެ. ދޮޅަސްދެގޮތް ވުމަކީ ދެ އެއްޗެއް ނުވަތަ ދެ މީހެއްގެ ތަފާތު ބޮޑުވުމެވެ. ޔާމީނުގެ ސަރުކާރާއި ސާލިހުގެ ސަރުކާރުގެ ތަފާތު މިހިރަގެން ދަނީ ފެނި ހާމަވަމުންނެވެ.

ވެރިކަމުގައި ތިބިއިރު މިވެރިންގެ ފަލްސަފާޔަކީ ފައިޖެހުނުތާ ވެލިކޮޅުވެސް ގެންދިއުމެވެ. ގެންދެވެންހުރި ހުރިހާ އެއްޗެއް ގެންގޮސް ހުސްކުރުމެވެ. އެކަންކުރިއެވެ. ފުޅަށް ބުޑުން ދަންޏާ ދޮން ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާހެންނޭ ބުނެވޭ ގޮތަށް މިވެރިންނަށް ހީވަނީ ރައީސް ސާލިހުގެ ސަރުކާރުން ވެސް ކަންތައް ކުރާނީ މިވެރިން ވެސް ކަންތައް ކުރި ބީދައިން ކަމަށެވެ. ހުރިހާ ރޭވުންތަކާއި އުފަންކުރާހައި ދޮގުތައް ބައްޓަން ކުރަނީ މި ވިސްނުމުގެ މަތީގައެވެ. ދޫކޮށްލާ ކޮންމެ ރޮކެޓެއް މައްޗަށް އެރުމުގެ ބަދަލުގައި ބިންބުޅަލަށް ދަނީ އެހެންވެގެންނެވެ. އެންމެފަހުން އިއްޔެ ވެސް މިޒާތުގެ ރޮކެޓެއް ދޫކޮށްލައިފިއެވެ. އުތުރުތިލަފަޅޭ ގައުމީ ސިޔާދަތޭ އިންޑިޔާއޭ ކިޔައިގެން ބުހުތާނު ލިޔުމެއް އުފައްދައި އާއްމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާގޮތަށް ދިވެހިރާއްޖޭގެ އަތޮޅެއް ބޭރު ބަޔަކަށް ވިއްކާލަން އުޅުނީ މިވެރިންގެ ވެރިކަމުގައި އިހަށްދުވަހުއެވެ. ބޭރު ގައުމަކާއެކު ދިވެހިރާއްޖެއިން މިހާރު މުއާމަލާތެއް ހިންގަން އުޅެފިއްޔާ މިވެރިންނަށް ހީވަނީ މިއީވެސް ތިމަންނާމެން ސިއްރިޔާތުގައި ހިންގާން އުޅުނު ޖަރީމާ ކަހަލަ ޖަރީމާއެއް ކަމުގައެވެ. މިހާތަނަށް އުފައްދާން އުޅުނު ހުރިހާ ފިތުނަތަކެއް ޗޮކުން ދިޔައީމާ އުތުރު ތިލަފަޅުގެ އެއްބަސްވުމޭ ކިޔައިގެން ވަގުދޮގު ލިޔުމެއް އުފައްދައި އާއްމުކުރީ ގޮތް ހުސްވެގެންނެވެ. މި ލިޔުމަކީ ހަގީގަތުގެ ކަންފުޅެއް ވެސް ނެތް އެއްޗެއްކަން ގިނައިރުތަކެއްނުވެ ވަނީ ހާމަވެގެން ގޮސްފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ލިޔުމާމެދު ދިވެހި އަސްކަރިއްޔާއިން އިއްޔެ ވަނީ ބަޔާނެއް އާއްމު ކުރައްވައިފައެވެ. ވިދާޅުވެފައިވެއެވެ. ދައުރުވަމުން އެދަނީ ދޮގު ލިޔުމެކެވެ. ވަގު ލިޔުމެކެވެ. ހަގީގަތެއްނެތް އެއްޗެކެވެ. ދިވެހި އަސްކަރިއްޔާ އޮންނާނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސާބިތުކަންމަތީގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުން އިތުބާރުކުރަންވީ ދިވެހި ސިފައިންނަށް ބާވައެވެ. ނުވަތަ އުމަރު ނަސީރަށް ބާވައެވެ. އަޅުގަޑު ހިތުން ޖަވާބު ވަރަށް ސާފެވެ. ރައްޔިތުން އިތުބާރު ކުރަންވާނީ ދިވެހި ސިފައިންނަށެވެ. ސިޔާސީ މަންފާއެއް ނެރުމަށް އުއްމީދުކުރާ ސިޔާސީ މީހަކަށް ނޫނެވެ. 

މީސްމީޑިއާގައި ދައުރުވަމުންދާ ލިޔުމަކީ އިދިކޮޅު މީހުންވެސް ބުނާގޮތުން އެއްބަސްވުމެއްގެ ދެލިކަރުދާހެކެވެ. ދެލިކަރުދާހަކީ ކޮބައިބާވައެވެ. ދެލިކަރުދާހަކީ އެއްބަސްވުމެއް ފައިނަލްކުރުމުގެ ކުރިން ދެފަރާތުގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުން އެކުލަވައިލާ އެއްޗެކެވެ. މަޝްވަރާ ކުރެވެންވީ ނުގުތާތަކުގެ މައްޗަށް އެކުލަވައިލާ ވަގުތީ ކަރުދާހެކެވެ. ދެލިކަރުދާހެކޭ ބުނެފައި މިޒާތުގެ ނުރައްކާތެރި އެއްޗެއް އާއްމުކުރުމުގެ ބޭނުމެއް ކަމަށް ހީކުރެވެނީ ފިތުނަ އުފައްދައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނަގައިލުމުގެ ދައުވާ އުފުލިދާނެތީ ބަލަގަ އެއީ ދެލިކަރުދާހެއް ނޫންހޭ ހަގީގީ އެއްބަސްވުމެއްވެސް ނޫނޭ ބުނެ ބޯދަމައިގަތުމުގެ ޖާގަ ބޭއްވުމެވެ.

ބިންބުޅަލަށް ގޮސް ބިމުގެ އަޑިޔަށް ވަނަސް މި ރޮކެޓް ފަރުމާކުރީ ކާކުކަމާއި ބޭނުމަކީ ކޮބައިކަމާއި ބޭނުންކުރި ވަސީލަތްތަކަކީ ސިއްރުކަމެއް ނޫނެވެ. އިންޑިޔާއިން ދިވެހިރާއްޖެއަށް ފޮނުވި ހެލިކޮޕްޓަރަކީ އިހުޒަމާނުގެ ޔޫނާނީން ބޭނުންކުރި ކަހަލަ ކެހިވެރިކަމުގެ ލަކުޑި އަހެކޭ އަދި ހީލަތުގެ ދަންތުރައެކޭ ބުނީވެސް ހަމަ އެމީހުންނެވެ. ކޮންމެކަމަކުންވެސް ފިތުނައެއް ފެށޭތޯ ބަލަނީ އެމީހުންނެވެ.

އުތުރު ތިލަފަޅުގައި ގާއިމުކުރަން ދިވެހި ސަރުކާރުން އުޅެނީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް ނޫނެވެ. އެތާގައި ގާއިމުކުރަން އުޅެނީ ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ. މިފަދަ ތަނެއް ހެދުމުގެ ބޭނުމަކީ ދިވެހި ކަނޑުތައް ރައްކާތެރި ކުރުމުގައި ދިވެހި ކޯސްޓްގާޑުގެ ކެރިކުޅަދާނަކަން އިތުރު ކުރުމެވެ. އެއީ ދިވެހިރާއްޖޭގެ ސިޔާދަތަށް ގެއްލުމަކަށް ވަންޏާ ގެއްލުމެކެވެ. ފައިދާއަކަށް ވަންޏާ ފައިދާއެކެވެ.

އެމްއެންޑީއެފްއުތުރު ތިލަފަޅުއިންޑިއަން ނޭވީޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު