Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުތުރުތިލަފަޅުގެ އެގްރީމަންޓް

ޤައުމީ ދިފާއީ ބާރަށް އަމާޒުކޮށް ދޮގު ވާހަކަތައް ފަތުރާކަމަށްވާނަމަ ފިޔަވަަޅު އަޅާނަން: މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 03:32
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޤައުމީ ދިފާއީ ބާރަށް އަމާޒުކޮށް ދޮގު ވާހަކަތައް ފަތުރާކަމަށްވާނަމަ ފިޔަވަަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކާ ގުޅޭގޮތުގެ ތަފްސީލް ހާމަކުރުމަށް އަންގާރަ ދުވަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ އެގޮތަށް ދޮގު ވާހަކަތައް ފަތުރާކަމަށްވާނަމަ އެކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތްތައް ބަލަމުންދާ ކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝަމާލް ވިދާޅުވީ ރާއްޖޭގެ އިސްތިޤްލާލާއި، ސިޔާދަތާއި، މިނިވަންކަން ހިފެހެއްޓުމަށްޓަކައި ދިވެހި ސިފައިން ސާބިތުކަންމަތީގައި ތިބޭނެ ކަމަށާއި، އެކަންތައްތަކަށް ޒައްރެއްގެ މިންވަރަށް ވެސް ކޫރުމެއް އެޅުމަށް ސިފައިން ފުރުސަތެއް ނުދޭނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް އަދި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ދިވެހި އަސްކަރިއްޔާ ބަދުނާމުވާގޮތަށް ވާހަކަ ދައްކައި، ރައްޔިތުންގެ އިތުބާރު އަސްކަރިއްޔާގެ މައްޗަށް ގެއްލޭ ގޮތަށް ވާހަކަ ދެއްކެވިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި އަސްކަރިއްޔާ އަކީ ކުޅޭ ކުޅޭ ތަނެއްގެ ގޮތުގައިނުހެދުމަށާއި, އެއްވެސް ބައެއްގެ ކުޅިވަރު މައިދާނަކަށް ނުހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޔޫޓީއެފްގެ އެގްރީމެންޓްގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޯސްޓް ގާރޑް ބަނދަރަކާއި، ސަރވިސް ޑޮކް ޔާރޑެކެވެ. މި ޚިދުމަތްތައް ގާއިމުކުރުމަށް މަސައްކަތްކުރާތާ އެތައް އަހަރެއް ފަހުން މިކަން ހަގީގަތަކަށްވުން އެއީ ގައުމީ ދިފާއީބާރަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއިން ފާހަގަކުރެއެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ދިވެހި ސިފައިން ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. އެ ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި، ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

ދެ ފިޔަވައްސަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް އޮތީ 3 އަހަރެވެ. އެގްރީމެންޓްގެ މުއްދަތަކީ 15 އަހަރެވެ.

އުތުރު ތިލަފަޅު އެއްބަސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

އުތުރު ތިލަފަޅުގެ މަސައްކަތް ކުރިއަށް - "އިންޑިއާ ސިފައިންނެއް ނުފެނުނު!"

17 ސެޕްޓެމްބަރު 2023
"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

13 ނޮވެމްބަރު 2021
ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

18 އެޕްރީލު 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު