Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުތުރުތިލަފަޅު

އުތުރުތިލަފަޅުގައި ގާއިމްކުރާ ފެސިލިޓީއަކީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ތަނެއް- އެމްއެންޑީއެފް

އަސްކަރިއްޔާގެ ލީޑަރޝިޕަށް މިކަމުން ހީނަރުކަމެއް ނާންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 މާރިޗު 2021 | އަންގާރަ 11:04
އެމްއެންޑީއެފްއިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އެމްއެންޑީއެފްއިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އުތުރުތިލަފަޅުގައި ގާއިމުކުރާ ފެސިލިޓީއަކީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ތަނެއްކަމަށާއި، މިތަނަށް އެއްވެސް ބަޔަަކަށް އާދެވޭނީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކަމަށް އެމްއެންޑީފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް, މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ, މީސް މީޑިއާގައި ދައުރުވާ ލިޔުމަކީ ގައުމީ ދިފާއީ ބާރުން ގަބޫލުކުރާ ލިޔުުމެއް ނޫން ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ލިޔުމެއް ނޫންކަމަށެވެ. އަދި މި އެގްރީމެންޓްގެ ޑްރާފްޓް މަރުހަލާގައި ވަރަށްގިނަ މަޝްވަރާތަކެއް ހުރިހާ ޖެނެރަލުންގެ މެދުގައި ކުރެއްވިކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސޮއިކުރެވިފައި އޮތް އެގްރިމެންޓްގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ތިބޭ ވާހަކައެއް ނޯންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމުގައި ވިދާޅުވިއެވެ.

އެއްވެސް ހަގީގަތެއް ނެތް ލިޔުމެއް ބޭނުން ކޮށްގެން ރާއްޖޭގެ ސަލާމަތާއި، ގައުމީ ދިފާއީ ބާރާ ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތައް ހުއްޓާލުމަށް އެދޭ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މިކަންކަން ނުހުއްޓިއްޖެ ނަމަ ދެން ކަންކަން ކުރެވޭނެ ގޮޮތްތައް ވެސް ބަލަމުންދާ ކަމަށާއި، އެގޮތަށް ލިޔުންތައް ޝާއިއުކުރާ ނަަމަ އެކަން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، 2013 އިން ފެށިގެން އުތުރުތިލަފަޅުގެ މަޝްރާތައް އެކި ލެވެލްގައި ކުރަމުން އަންނައިރު، އެކަމުގެ ހަގީގަތް އެނގިތިބެ ހަގީގަތާ ޚިލާފު ވާހަަކަ ފަތުރާތީ މިއަދު ހިތާމަ ކުރައްވާ ކަމަށެެވެ. އަދި މީސްމީޑިއާގައި ދައުރުވާ ލިޔުމަކީ ޖެނެރަލެއްގެ ފަރާތުން ލިބުނު ލިޔުމެއްކަމަށް ފަތުރަމުން އަންނަ ވާހަކައަށް ރައްދު ދެއްވައި ޝަމާލް ވިދާޅުވީ، ހުރިހާ ޖެނެރަލުންނާ ދޭތެރޭ ވެސް މުއައްސަސާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެފަދަ ތުހުމަތެއް އޮތްނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށެވެ.

އުތުރު ތިލަފަޅުގައި ގާއިމްކުރާ ޑޮކްޔާރޑްގެ ސަބަބުން ކޯސްޓްގާރޑްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެކަމަށް ޝަމާލް ވިދާޅުވިއެވެ. ޔޫޓީއެފްގެ އެގްރީމެންޓްގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޯސްޓް ގާރޑް ބަނދަރަކާއި، ސަރވިސް ޑޮކް ޔާރޑެކެވެ. މި ޚިދުމަތްތައް ގާއިމްކުރުމަށް މަސައްކަތްކުރާތާ އެތައް އަހަރެއް ފަހުން މިކަން ހަގީގަތަކަށްވުން އެއީ ގައުމީ ދިފާއީބާރަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއިން ފާހަގަކުރެއެވެ.

ދެ ފިޔަވައްސަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް އޮތީ 3 އަހަރެވެ. އެގްރީމެންޓްގެ މުއްދަތަކީ 15 އަހަރެވެ.

ރާއްޖޭގެ ބޮޑު ޕަސެންޓަކީ ކަނޑު ކަމަށްވެފައި ރާއްޖެއަށް ތްރެޓެއް އަޔަސް އަންނާނީ ކަނޑު މަގުން ކަމަށްވާތީވެ، އަސްކަރިއްޔާއިން ބޭނުންކުރާ އުޅަނދުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އޮޕރޭޝަނަށް ތައްޔާރުކޮށްފައި ބޭއްވުމަށް ޑޮކްޔާރޑެއް މުހިންމުކަން ހުރިހާ ޖެނެރަލުން ވެސް ފާހަގަކުރެއްވިއެވެ.

ވަކި ސިޔާސީ މަގްސަދެއް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލްކުރުމަށްޓަކައި، ގައުމީ ދިފާއީ ބާރުގެ ފަރާތްތަކާ ބެހޭ ގޮތުން މިފަދަ ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއްވިއެވެ. މިފަދަ ވާހަކަތަކަކީ ރާއްޖެއިން ބޭރުގައި ރާއްޖެއާމެދު އޮންނަ އިތުބާރު ކުޑަވާނެ ކަންކަމެވެ. ގާނޫނީ ހަމަތަކުގެ މަތިން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ގެއްލުންވާފަދަ ކަމެއް ގައުމީ ދިފާއީ ބާރުން ނުކުރާނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު އަސްކަރިއްޔާއަށް ގެއްލިގެންދާ އެއްވެސް ކަމެއް ދިވެހި އަސްކަރިއްޔާއިން ނުކުރާނެ ކަމުގެ ޔަގީންކަން އަސްކަރިއްޔާއިން ވަނީ ދެއްވާފައެވެ. އަދި އަސްކަރިއްޔާގެ ލީޑަރޝިޕަށް މިކަމުން ހީނަރުކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

އުތުރު ތިލަފަޅު

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

03 އެޕްރީލު 2024
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
30 އޮކްޓޯބަރު 2023

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު
12 މާރިޗު 2022

ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

12 މާރިޗު 2022
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި
14 ނޮވެމްބަރު 2021

ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

14 ނޮވެމްބަރު 2021
ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް
13 ނޮވެމްބަރު 2021

"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

13 ނޮވެމްބަރު 2021
"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު