Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސިޓް ބަނދަރު

ޓްރާންސިޓް ބަނދަރެއް ނެތަސް، ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ: ސެންކޯ ޝަރީފް

ޓްރާންސިޓް ބަނދަރެއް ގާއިމްކުރުމަށް ގަރާރެއް ވަނީ ހުށަހަޅާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ނޮވެމްބަރު 2021 | ހޮނިހިރު 11:35
އާގުބޯޓެއް ރާއްޖޭގެ ސަރަހައްދުގައި

އާގުބޯޓެއް ރާއްޖޭގެ ސަރަހައްދުގައި

އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރު ގާއިމްނުކޮށްވެސް އެތަނުން ބޯޓުފަހަރަށް އެކި ޚިދުމަތްތައް ދިނުމުގެ މަސައްކަތް މިހާރުން މިހާރަށްވެސް ފެށޭނެ ކަމަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ކެޕްޓަންގެ ހައިސިއްޔަތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ކެޕްޓަން ޝަރީފް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއް ގާއިމްކުރުމުގެ ކުރިންވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ދައުލަތަށް އާމްދަނީ ހޯދުމަށް އެތައް މަސައްކަތެއް ކުރެވޭނެ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ޚިދުމަތް ދީގެން މި މަސައްކަތް ފަށައިގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ހއ. އުލިގަމުގައި ކަސްޓަމްސްއާއި އިމިގްރޭޝަން އަދި ސިއްހީ ފަރުވާދެވޭނެ ފަދަ ފެސިލިޓީތަކެއް ސަރުކާރުން މިހާރުވެސް ގާއިމްކޮށްފައިވާކަމަށާއި، މާ ބޮޑު ޚަރަދެއް ނުކޮށް މިހާރުން މިހާރަށްވެސް މަސައްކަތް ފަށައިގަނެވޭނެ ކަމަށް ކެޕްޓަން ޝަރީފް ވިދާޅުވިއެވެ.

އުލިގަމު ކައިރިން ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ ބޯޓު ދަތުރުކުރާ ކަމަށާއި، އޭގެ ތެރޭގައި އެކި އެކި ކަންކަމުގައި ދަތުރުކުރާ ބޯޓުފަހަރު އުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އޮންނަނީ ގިނަ ބޯޓުފަހަރު ދަތުރުކުރާ ރޫޓެއްގައި ކަމަށްވެފައި އެ ބޯޓުފަހަރަށް ބޭނުންވާ ތެލާއި، ކާނާ ސަޕްލައި ކުރެވޭނެ ކުންފުނިތައް މިހާރު ރާއްޖޭގައި ހުރުމުން މިކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، އާމްދަނީ އިތުރުކުރަން މަސައްކަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ވަންނަ ފައިސާ ބޮޑުތަނުން އިތުރުވެ، އިގްތިސާދު ރަނގަޅުކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ޚިދުމަތްތަކުން ރާއްޖެއަށް ވަންނާނީ ސީދާ ޑޮލަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރުގައި ވަނީ ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާއެއް ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާޢަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކެޕްޓަން މުހައްމަދު ޝަރީފްއިހަވަންދިއްޕޮޅުގެ އިގްތިސާދު

އިތުރަށް ކިޔާލަން

12 މެއި 2024

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

12 މެއި 2024
އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
11 އޯގަސްޓު 2023

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު
11 އޯގަސްޓު 2023

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި
27 މާރިޗު 2023

އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

27 މާރިޗު 2023
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ
13 ސެޕްޓެމްބަރު 2022

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

13 ސެޕްޓެމްބަރު 2022
އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު