Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫސިޓީ ޕޯޓް

ފަސިންޖަރ ލައިނަރގެ ދަތުރުތައް އައްޑޫއަށް

ގިނަ ކްރޫސް ލައިނަރތަކެއް އައްޑޫ ކައިރިން ދަތުރުކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޖުލައި 2022 | އާދީއްތަ 04:32
ރާއްޖެ އައި ކްރޫސް ލައިނަރއެއް

ރާއްޖެ އައި ކްރޫސް ލައިނަރއެއް

ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު އެކި ގައުމުތަކަށް ދަތުރުކުރާ ކްރޫސް ލައިނަރއެއް ނުވަތަ ފަސިންޖަރ ލައިނަރއެއްގެ ދަތުރުތައް އައްޑޫ ސިޓީއަށް ބާއްވަން މަޝްވަރާކުރަމުންދާކަމަށް އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރުވެސް އެކި ގައުމުތަކަށް ދަތުރުކުރާ ގިނަ އަދަދެއްގެ ކްރޫސް ލައިނަރތައް އައްޑޫ ކައިރިން ލާފައި ދަތުރުކުރަމުންދާކަމަށެވެ. އައްޑޫއަށް މިފަދަ ބޯޓުތަކުގެ ދަތުރުތައް ބޭއްވުމަކީ ފައިދާ ހުރި ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ހުންނަ ކްރޫސަރ ކުންފުންޏެއްގެ އެޖެންޓަކާއެކު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ބޯޓުތަކަކީ އޮސްޓްރޭލިއާއާއި ނިއުޒިލޭންޑް ހިސާބުން ފުރައިގެން އަންނަ ބޯޓުތަކެއް ކަމަށާއި، އެމީހުން ދަތުރުކުރަނީ އައްޑޫއާ ވަރަށް ކައިރިން ކަމަށެވެ. އެމީހުންގެ ދަތުރުތައް ޔޫރަޕް ސަރަހައްދަށް ކުރާއިރު އައްޑޫއަށް މަޑުކޮށްފައި ދެވޭނެ ގޮތެއް ހެދޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކުވެސް މިހާތަނަށް މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި، އަދި މިކަމުގައި އެމްޕީއެލްގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތަކީ އައްޑޫއަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އިގްތިސާދުވެސް އިތުރަށް ރަނގަޅުވާން މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި މަސައްކަތުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެހެންނަމަވެސް މަސައްކަތް ފަށާނެ ސީދާ ތާރީޚެއް އަދި ލިބިފައިނުވާ ކަމަށެވެ. ވަރަށް އަވަހަށް ފަށާނެ ކަމަށް އެކުންފުނިން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމަ އެ ކުންފުނީގެ ދަތުރުތައް އުތުރަށް ފަށަންވެސް މަޝްވަރާކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކްރޫސް ލައިނަރތަކުގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވެއެވެ. 2019 އާ ހަމައަށް ގިނަ އަދަދެއްގެ ކްރޫސް ލައިނަރތަކެއް ރާއްޖެ އައިސްފައިވާއިރު، އެއިން ކޮންމެ ކްރޫސް ލައިނަރއެއްގައި 3،000 އެއްހާ ފަސިންޖަރުން އުފުލާފައިވެއެވެ.

ކެޕްޓަން މުހައްމަދު ޝަރީފްކްރޫޒް ލައިނަރ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތަކުން ނަގާފީތައް ބޮޑުކޮށްފި

16 ސެޕްޓެމްބަރު 2023
ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތަކުން ނަގާފީތައް ބޮޑުކޮށްފި
20 ނޮވެމްބަރު 2022

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް ކްރޫޒް ލައިނަރއެއް ރާއްޖެ އަތުވެއްޖެ

20 ނޮވެމްބަރު 2022
ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް ކްރޫޒް ލައިނަރއެއް ރާއްޖެ އަތުވެއްޖެ
24 ޖުލައި 2022

ހިތަދޫގައި އޮތީ ޕޯޓެއް ނޫން، ކޮންކްރީޓް ގަނޑެއް: ކެޕްޓަން ޝަރީފް

24 ޖުލައި 2022
ހިތަދޫގައި އޮތީ ޕޯޓެއް ނޫން، ކޮންކްރީޓް ގަނޑެއް: ކެޕްޓަން ޝަރީފް
13 ނޮވެމްބަރު 2021

ޓްރާންސިޓް ބަނދަރެއް ނެތަސް، ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ: ސެންކޯ ޝަރީފް

13 ނޮވެމްބަރު 2021
ޓްރާންސިޓް ބަނދަރެއް ނެތަސް، ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ: ސެންކޯ ޝަރީފް
02 ނޮވެމްބަރު 2021

ޓްރާންސިޓް ބަނދަރާއެކު ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުވާނެ: ކެޕްޓަން ޝަރީފް

02 ނޮވެމްބަރު 2021
ޓްރާންސިޓް ބަނދަރާއެކު ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުވާނެ: ކެޕްޓަން ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު