Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިތަދޫ ޕޯޓު ތަރައްޤީކުރުން

ހިތަދޫގައި އޮތީ ޕޯޓެއް ނޫން، ކޮންކްރީޓް ގަނޑެއް: ކެޕްޓަން ޝަރީފް

24 ޖުލައި 2022 | އާދީއްތަ 04:05

ހިތަދޫ ޕޯޓު ހަދާފައި އޮތީ ދަށުން ފެން ދައުރުވާ ގޮތަކަށް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޖުލައި 2022 | އާދީއްތަ 04:05
ސ. ހިތަދޫ ޕޯޓު

ސ. ހިތަދޫ ޕޯޓު

މިހާރު އައްޑޫ ސިޓީ ހިތަދޫގައި އޮތީ ޕޯޓެއް ނޫން ކަމަށާއި، އެއީ ކޮންކްރީޓް ގައު ގަނޑެއް ކަމަށް އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ހިތަދޫގައި އޮތް ޕޯޓަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އަޅާފައި އޮތް ކޮންކްރީޓް ގައު ގަނޑެއް ކަމަށެވެ. އަދި އެއީ ބޯޓު ކައިރި ކުރެވޭ ގޮތަށް ހަދާފައި އޮތް ތަނެއް ނޫން ކަމަށެވެ. އެތަން ހަދާފައި އޮތީ ދަށަށް ފެން ވަންނަ ގޮތަކަށް ނޫން ކަމަށާއި، އެހެންކަމުން ބޯޓުގެ ވާތައް ކަނޑައިގެން ދިއުން ފަދަ ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިކަންކަމަށް ހައްލު ގެނައުމަށް ހިތަދޫ ޕޯޓު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ އީއައިއޭ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު ވަރަށް އަވަހަށް ޕޯޓު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން 50 ޓަނުގެ ބޯޓުފަހަރު ޕޯޓަށް ވައްދާ ޚިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިތަދޫ ޕޯޓު މިހާރު ހަދާފައު އޮތް ގޮތުން އެ ޕޯޓުގެ ކީވޯލް އިންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށެވެ. އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލާކުވާ ކަމަށް މީގެ ކުރިން އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

ކަމުގެ މާހިރުންނާ ގުޅިގެން އެމްޕީއެލްއިން ވަނީ ހިތަދޫ ޕޯޓުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައެވެ. އަދި އަލަށް ހަދާ ޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މި ބަނދަރު ޑިޒައިންކޮށްފައިވަނީ ޕޯޓުގެ އެތެރެއަށް ވަދެވޭގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ޕޯޓާއި، އައްޑޫ ހިތަދޫ ޕޯޓަކީ ބޭރުގެ ބައެއް ބޯޓުތަކުން ވެސް މުދަލާއެކު ޖައްސާ ޕޯޓުތަކެކެވެ.

އައްޑޫ ޕޯޓުގެ އިތުރުން ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގައި ދަނީ ޕޯޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިޕޯޓުތަކާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ, އެމްޕީއެލްގެ ދަށުން ޕޯޓުތައް ހިންގި ނަމަވެސް އެޕޯޓުތައް ހިންގަމުންދާނީ އެ ރީޖަންއަށް ފައިދާވާގޮތަށް ކަމަށާއި، ވަކި ކުންފުންޏެއްގެ ދަށުން ކަމަށެވެ. އަދި ކުންފުނީގެ ބޯޑެއް އުފައްދައި، ޗެއަރމަނުންނާއި، ބޯޑު މެމްބަރުންނާއި، ކުންފުނީގެ ސީއީއޯ އަދި ޑެޕިއުޓީ ސީއީއޯއެއް އައްޔަންކުރާނެކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލުއި ގޮތްތައް ހަމަޖައްސާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ, ރީޖަންތަކުގެ ޕޯޓުތައް މާލޭގެ ޕޯޓާ ވަރަށް ތަފާތުވާނެ ކަމަށާއި، ޖާގައިގެ ދަތިކަމެއް ކުރިމަތިވާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިހާރު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން, މިފަދަ ޕޯޓުތައް ހިންގުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕޯޓުތައް ތަރައްޤީ ކުރެވި އޮޕަރޭޓް ކުރެވެން ފެށުމާއެކު، ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި މުދަލުގެ އަގު ހެޔޮވެ އިގުތިސާދަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑްއެމްޕީއެލްކެޕްޓަން މުހައްމަދު ޝަރީފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް