Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއޭސީއެލްގެ ސީއީއޯ މަގާމުން ދުރުކުރުން

އެމްއޭސީއެލްގެ ސީއީއޯ މަގާމުން ދުރުކޮށްފި

ގޯޑަން، ސީއީއޯކަށް އައްޔަން ކުރެއްވީ 2020 ވަނަ އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2021 | ބުދަ 16:29
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ގޯޑަން

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ގޯޑަން

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް މަގާމުން ދުރުކޮށްފިއެވެ.

އޭނާ މަގާމުން ދުރުކުރިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. ގޯޑަން ސީއީއޯކަށް އައްޔަން ކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

Advertisement - newsAdvertisement

އެމްއޭސީއެލްގެ ސީއީއޯގެ މަގާމުން އެންޑްރޫ ވަކިކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ އިރު، އެމްއޭސީއެލުން ބުދަ ދުވަހު ބުނެފައިވަނީ އެ ކުންފުނީގެ ސީއޯއޯގެ މަގާމަށް ޑެރެން ވިލިއަމް އައްޔަން ކޮށްފައިވާ ކަމަށެވެ.

ވިލިއަމް ވަނީ އެއަރޕޯޓް އޮޕަރޭޝަންސް މެނޭޖްމަންޓްގެ ދާއިރާއާއި، އެއަރޕޯޓް ކޮމްޕަލައަންސް މެނޭޖްމަންޓް އަދި އެއަރޕޯޓް ސަރވިސްގެ ދާއިރާގައި 20 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ. އަދި އޭމްއޭސީއެލްއާ ގުޅިވަޑައިގެންނެވީ ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ކަމަށާއި، މިއީ ދުނިޔޭގެ އެންމެ ބާރު ބޮޑު އެއް އެއަރޕޯޓް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. ދުބާއީ އެއާޕޯޓުގައި ވިލިއަމް އަދާކުރެއްވީ އެއަރސައިޑް އޮޕަރޭޝަންގެ ނައިބުގެ މަގާމެވެ.

މީގެ އިތުރުން އެބަރޑީން އިންޓަރނޭޝަނަލް އެއަރޕޯޓާއި، ލަންޑަން ސްޓޭންސްޓެޑް އިންޓަރނޭޝަނަލް އެއަރޕޯޓްގައި, އިނގިރޭސިވިލާތުގެ އެއަރޕޯޓް ހިންގުމުގެ ގިނަ ތަޖުރިބާލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށް އެމްއޭސީއެލުން ބުނެއެވެ.

ވިލިއަމް އެމްއޭސީއެލްއާއި ގުޅިވަޑައިގެންނެވީ ބުދަ ދުވަހު ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި އަދި އެއަރޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކުގެ ކަންކަމުގައި އިސްކޮށް އުޅުއްވާނީ އޭނާ ކަމަށާއި، އެއަރޕޯޓުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް އޭނާ ކުރައްވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. މީގެ ތެރޭގައި ވެލާނާ އެއަރޕޯޓް ހިންގުމުގައި ލުއިފަސޭހަ ގޮތަކަށް ކަންކަން ފަހިކުރުމާއި، ދަތުރުކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ތަރައްގީކޮށް ރަނގަޅުކުރުމުގެ މަސައްކަތް ވިލިއަމް ކުރައްވާނެ ކަމަށެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގޯޑަން އެންޑްރޫ ސްޓުއާޓްޑެރެން ވިލިއަމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު