Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަނެއްކާ ވެސް 'ޓްރާންސްފަރ މާކެޓް' ގެ މޫސުމެއް!؟

މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ވާހަކަތަކެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު މި އުޅެނީ ކުންފުނިތަކުގެ ވެރިންގެ 'ޓްރާންސްފަރ މާކެޓެއް' ހުޅުވިގެންނެ އެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 13:38
ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ މޫސުމެއް އައިސްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ މޫސުމެއް އައިސްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

މުޅި ރަށުތެރޭގައި މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ވާހަކައަކީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ވާހަކަތަކެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރު މި އުޅެނީ ކުންފުނިތަކުގެ ވެރިންގެ 'ޓްރާންސްފަރ މާކެޓެއް' ހުޅުވިގެންނެ އެވެ.

އަނެއް ބަޔަކު ސިފަކުރާ ގޮތުގައި މިއީ ކުންފުނިތަކުގެ މަތީ ފަޑިއަށް އަރައިގެން އުޅޭ ކުޑަވަރެއްގެ ތޫފާނެކެވެ. ބައެއް ބޭފުޅުން، މާދަމާ ވާނެ ގޮތެއް ނޭނގި ތިއްބަވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ކަމުގެ ހަގީގަތް އެނގޭ މީހުން އެ މައުލޫމާތު ހާމަ ނުކުރި ނަމަވެސް، ތުންތުންމަތިން މީހުން އެ ވާހަކަ ދައްކާނީ ކޮންމެވެސް ހަގީގަތެއް އޮތީމަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަރުކާރުގެ ކުންފުނިތަކަށް ދެން އަންނަން މިއުޅެނީ ކޮން ބަދަލުތަކެއް ބާވައޭ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކުންފުނިތަކަށް އަންނަން އުޅޭ މި ތޫފާނުގެ މެދުގައި، އެންމެ ގަދަކޮށް ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އޭނާ އެ މަގާމުން ވަކިކުރަން އުޅޭ ވާހަކަ އިވޭތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. ބޮޑު ކަރަންޓު ބިލެއް އަންނަ ދުވަސްވަރު އަދި ވަކިން އެ އަޑުތައް ގަދަވެ އެވެ. އާންމުންގެ ޝަކުވާތަކާ ވެސް އެކުގަ އެވެ.

ފަހަރުގައި ކަމުގެ ހަގީގަތް ފަހުމީއަށް އެނގިވަޑައިގެންފައި ވެސް އޮވެދާނެ އެވެ. ނުވަތަ ނޭނގި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެނގޭ ކަމަކީ އެވަރަށް މަގާމު ބަދަލުކުރަން އުޅޭ ވާހަކަ ދައްކާ ނަމަ، ކޮންމެ މީހަކު ވެސް ހުންނާނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެމްޑީގެ ފިނި ކޮޓަރީގައި ވިޔަސް ހުންނަވާނީ ހޫނު ގޮނޑިއެއްގަ ކަން ޔަގީނެވެ. ރޭގަނޑު ނިދަން ލޯ މަރާލާނީ، މާދަމާ ނުކުންނަވަން ޖެހޭ އޮފީސް ޔަގީންނުވެ، އެކަމާ ފިކުރު ކުރަމުންނެވެ. ނޫނީ އޮފީހަށް ވަޑައިނުގަނެ ގޭގައި މަޑުކުރަން ވެސް ބުނެފާނެ ކަމުގެ ބިރާއި އެކުގަ އެވެ.

ފަހުމީ ބަދަލުކުރަން އުޅޭ ވާހަކައާ އެކުއެކީގައި ދެން އިވެނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން އޭނާއަށް އެއްބާރުލުން ނުދޭ ކަމުގެ ވާހަކަތަކެވެ. ސްޓެލްކޯއަށް ލިބެން ޖެހޭ ފައިސާ ދޫނުކުރަނީ ވެސް ފަހުމީއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް އަޑިއަޑިން މައުލޫމާތު ލިބެ އެވެ.

ވާހަކަތައް ފެތުރޭ ގޮތުގައި ފަހުމީގެ ބަދަލުގައި ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރަނީ އެލްޖީއޭގެ ސީއީއޯ އަދި ކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަލީ ނިމާލެވެ.

ފަހުމީއާ ބެހޭ ގޮތުން ދެ ގޮތަކަށް ވާހަކަ ފެތުރެމުން އަންނައިރު، އެއް ގޮތަކީ ސްޓެލްކޯގެ އެމްޑީކަމުން އޭނާ ގެއަށް ބަދަލުކުރުމެވެ. އަނެއް ގޮތަކީ ހުސްވާން އުޅޭ އެޗުޑީސީގެ އެމްޑީގެ މަގާމަށް ބަދަލުކުރުން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެ މަގާމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު ވަނީ އައްޔަނު ކޮށްފަ އެވެ. އެހެން ކަމުން ގިނަ ބަޔަކު ބުނާ ގޮތުން ނަމަ ފަހުމީއަށް ދެން އޮތް ގޮތަކީ ގޭގައި މަޑުކޮށްލު މެވެ.

ދެން އޮތީ ދާދިފަހުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ދާދި ފަހުން އިސްތިއުފާދެއްވި އަޙުމަދު މުބީންގެ ވާހަކަ އެވެ.

ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު މުބީން އިސްތިއުފާ ދެއްވީ ނިިމިދިއަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. އާންމުންނަށް އެއީ ކުއްލި އިސްތިއުފާއެއް ނަމަވެސް އެއީ ދުރާލައި ރޭވިގެން ހިނގި ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އޭނާގެ އިސްތިއުފާއާއި އެކު ދެން އިވުނީ މުބީން ފެނަކައިގެ އެމްޑީއަކަށް ގެންނަން އުޅޭ އަޑެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ވެސް އެހެންވެގެން ކަމަށްވެ އެވެ. އެހެން ބުނާ މީހުން އެ ވާހަކަ ދައްކަނީ ވަރަށް ޔަގީންކަމާ އެކީގަ އެވެ.

ދެން އުފެދޭ ސުވާލަކީ އެ ބަދަލު އަންނަ ނަމަ، މިހާރު ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު ދެން ހަމަޖައްސާނީ ކޮން ތަނަކަށް ހެއްޔެވެ. މި ވާހަކައިގެ ތެރޭގައި ފެނަކައިގެ ނަން އިވުނަސް، ނަޖާހުގެ ނަމެއް ނީވެ އެވެ. މުޅިން ވެސް އިވެނީ ފެނަކަ އަށް މުބީން ހަމަޖައްސާ ވާހަކަ އެވެ.

ދެން އޮތީ އެމްއޭސީއެލް ސީއީއޯ އިބުރާހީމް ޝަރީފުގެ ވާހަކަ އެވެ. ނުހަނު ބުރަކޮށް އެމްއޭސީއެލް ގައި މަސައްކަތް ކުރާ އެމްޑީގެ ވާހަކަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް ހުޅުވައިގެން އަދި މަދު ދުވަސްކޮޅެކެ އެވެ. އެކަމަކު މިހާރު އިވެނީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު، ރިޓަޔަރ ކުރައްވަން އުޅޭ ވާހަކަ އެވެ.

ނަމަވެސް ޝަރީފް ރިޓަޔަރ ކުރައްވާކަން ޔަގީނެއް ނޫނެވެ. އެކަމަކު އެއީ ހަގީގަތަކަށް ވާ ނަމަ، އެ މަގާމަށް ގެންނަން އުޅޭ ކަމަށް ލަފާކޮށް، ސޯޝަލް މީޑިއާގައި ނަމެއް ވެސް އެބަ ދައުރުވެ އެވެ. އެއީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފެވެ. އެކަމަކު އެގޮތަށް އެކަން ނުވެސް ހިނގައިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެމްޑީ ނުވަތަ ޗެއަރޕާރސަންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އަވަސް އަވަހަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ މި ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ. މި ސަރުކާރަކީ ގިނަ ކޮރަޕްޝަންތަކެއްގެ ތުހުމަތު ކުރެވޭ ސަރުކާރަކަށް ވުމާއި އެކު، އެފަދަ އަޑުތައް ގަދަވާ ކޮންމެ ފަހަރަކު ކުންފުނީގެ ވެރިން ބަދަލުކުރެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތު ތަކާއި އެކު އެމްޑީންގެ ކުޅިބައި އެކި ގޮތްގޮތަށް އަނބުރަމުން ގެންދާއިރު، ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އެތަންތަނުން އާންމު ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ރަނގަޅަށް ނުދެވުމެވެ.

ކުންފުނިތަކުގެ ވެރިންގެ ކުޅިބައި ކޮންމެ ގޮތަކަށް ތަރުތީބު ކުރި ނަމަވެސް މުހިންމީ އެންމެ ކަމެކެވެ. އެ ކުންފުންޏަކުން ދޭންވާ ހިދުމަތްތައް ރައްޔިތުންނަށް ބަރާބަރަށް ލިބުމެވެ. އެއީ ކޮންމެ ބޭފުޅަކު މަގާމުގައި ހުއްޓަސް ކުރެވެން ޖެހޭނޭ ކަމެކެވެ.

ސްޓެލްކޯހުސައިން ފަހުމީއެމްއޭސީއެލްސަރުކާރު ކުންފުނިތައްފެނަކަ ކޯޕަރޭޝަންމާލެ އަތޮޅު ސަރަހައްދު ކުންފުނިއަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު