Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލަނަ އިންޓަރނޭޝަނަލް އެއަރޕޯޓް

އައުޓާމިނަލްއާއެކު ވީ ފަސޭހައެއް ނެތް، ހަވާ އަރުވާލާ ރެކޯޑް ހެދުން ނޫންކަމެއް ނުވި

އައުޓާރމިނަލް އަކީވެސް މި ސަރުކާރުން މެޑަލްޖަހާލަން އަވަސް އަރުވާލައިގެން ކުރި ކަމެކެވެ. އެއިން ރާއްޖެއައި މީހަކަށްވި ފަސޭހައެއް ފައިދާއެއް ނެތެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2025 | ބުދަ 15:00
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލްގައި މީހުން ތޮއްޖެހިގެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލްގައި މީހުން ތޮއްޖެހިގެން

މި ސަރުކާރަށް މިހާތަނަށް ރިބަންކަނޑަން ލިބި އަމިއްލަ އަށް ކުރި މަސައްކަތެއްގެ ގޮތުގައި ދައްކަން ގަދަފައި ވިއްދާފައި އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްއެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އަދި މާ ފައިދާއެއް ލިބުނު ތަނެއްވެސް ނޫނެވެ. އައު ޓާރމިނަލް އަކީވެސް މި ސަރުކާރުގެ ސިޔާސީ މަގުސަދު ހާސިލްކުރާތަނަކަށްވެ ކަންވެ ނިމިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވިތާ ދުވަސްކޮޅެއް ވީއިރުވެސް، އޭގެ ފައިދާ ރައްޔިތުންނަށް ނުލިބެއެވެ. އެއިން ފައިދާ އެއް ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ނުކުރެއެވެ. މިހާރު އައު ޓާރމިނަލް ބޭނުންކުރަމުން ގެންދަނީ ހަމައެކަނި މޯލްޑިވިއަން އެއަރލައިންސްގެ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުން އެކަނި ކަމަށްވާއިރު، ރާއްޖެއިން ބޭރުން އަންނަ ފަސިންޖަރުންނަށް އަދިވެސް އައު ޓާރމިނަލް ބޭނުންކުރެވެއެވެ.

އައު ޓާރމިނަލް ހުޅުވިއިރު، އޭގެ މަސައްކަތްތައް ފުރިހަމައަށް ނިމިފައި ނުވެއެވެ. ރައީސް ވިދާޅުވީ މި ހުޅުވަނީ އަދި ބައިކުޅަބައިކަމަށެވެ. ޓާރމިނަލްގެ ބައިކުޅަބައި އެކަނި ހުޅުވާލުމުން، އެއަރޕޯޓުގެ އައުޓާރމިނަލް އާއެކު ދައުލަތަށް ވަންނާނެކަމަށް ބެލެވުނު ފައިސާއެއް ނުވަދެއެވެ. ފަތުރުވެރިންނަށް ފަސޭހަވާނެ އެއްގޮތެއްވެސް ނުވިއެވެ. އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޑްރޯން ޝޯވްއެއް ބާއްވައި، ގިނިސް ވާރލްޑް ރެކޯޑް ފޮތަށް އެރުމަށެވެ.

މި ޓާރމިނަލްގެ މަސައްކަތް ފުރިހަމަ ނުވެ، އަދި އޭގެ ފުރިހަމަ ބޭނުން ނުހިފި ވަނިކޮށް ހުޅުވާލުމަކީ އޭގެ އަސްލު މަޤްސަދު ގެއްލިގެން ދިޔަކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ. އަދި މިކަމުގެ ސަބަބުން އިތުރު ތޮއްޖެހުން ތަކާއި ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ.

އަދިވެސް ބޭރުން އަންނަ ފަސިންޖަރުން ބޭނުންކުރަނީ ބައު ޓާރމިނަލްއެވެ. އިހައްދުވަހަކު އިންޑިއާއިން ރާއްޖެ އައި ދިވެއްސެކެވެ. އޭނާ އެއަރޕޯޓުން ފޮށިތައްމަތި ހިފައިގެން ނުކުމެ ހުރެ މާނޭވާލަ ދާހިއްލާ ފޯވެފައި ހުރެ ބުންޏެވެ. މަވެސް ހީކުރީ 26 ގައި އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވީމާ ނިކަން ފަސޭހަވާނޭއެވެ. ނަމަވެސް ވީއެހެނަކުން ނޫނެވެ. ބަލި މީހާ ގޮވައިގެން ފައިބަންޖެހުނީ ސިޑިންނެވެ. ދެން އެރީ ބަހަކަށެވެ. ހީކުރީ އައު ޓާރމިނަލްގެ އެއުރޯ ބްރިޖު އަދި ބޭނުން ނުކުރާތީ ބަހުގައިދާނީ އައު ޓާރމިނަލްއަށް ކަމަށެވެ.

ނަމަވެސް ކަމަކުދާކަށްނެތެވެ. އައު ޓާރމިނަލް ހުޅުވާ ރެކޯޑް ފޮތަށް އެވާހަކަ އެރުވިނަމަވެސް އެ ފުލައިޓުން އައި 200 އެއްހާ މީހުންނާއި އެގަޑީގައި ޖެއްސި އެއަރބަސް ބޯޓުތަކުން ފޭބި ފަސިންޖަރުންނާއެކު ގޮސް ކޮއްޕާ ވައްދާލީ އެއްކަލަ ބައު ޓާރމިނަލްގެ އެރައިވަލް ހޯލަށެވެ. ކަމަކުދާކަށް ނެތެވެ. ކިއު ދަމާލާފައި އޮތީ އެހެނަކުންނޫނެވެ. ޑޮލަރު ހިފައިގެން ރާއްޖެ އައި ފަތުރުވެރި މީހާ ކިއުގައި އިމިގްރޭޝަން ކްލިއަރެންސް ހޯދަން ހުންނަތާ 30 މިނުޓަށްވުރެ ގިނަ އިރުވެއްޖެއެވެ.

ތަނުގެ އޭސީއެއް ނެތެވެ. ތަން އޮތީ ތޮއްޖެހިފައެވެ. ފިތި ބާރުވެފައެވެ. އެކި މީސް މީހުންގެ ގައިން ދުވާވަހުން މުޅިތަނުގެ މާހައުލު އޮތް ގޮތް ކިޔައިދޭންވެސް ނޭނގުނެވެ. ފޮށިތައްމަތި ނަގަން ބެލްޓާ ހަމައަށް ދެވުނު އިރު މީހާ ހުރީ ތެމި ފޯވެފައެވެ. މަތި ބަލާލި އިރު ބޮކިތައް ހުރީ ދިއްލާފައެވެ. އޭސީއެއް ޖައްސާފައި ނެތެވެ. އެއްފަހަރާ 300 އެއްހާ މީހުން އެތަނުގައި ތިބި އިރު އެތަން ހީވަނީ ކުޑަ ގުދަނެއްހެނެވެ.

އެތަނުން މުވައްޒަފެއް ކައިރި އަހާލީމަ ދިން ޖަވާބުން އަދި ހިތަށް މާ އަސަރުކުރިއެވެ. އޭސީ ޖައްސާލާ ކަންކަން ކުރީމަ ލޯޑު ބޮޑުވެގެން ކަރަންޓް ދާ ވާހަކައެވެ. އެތަނުގެ މަރާމާތެއް ނުކުރާ ވާހަކައެވެ. އަޅާވެސް ނުލާ ވާހަކައެވެ. އައު ޓާރމިނަލްއަށް ނުދެވޭހެއްޔޭ ސުވާލުކޮށްލީމަ މަލާމާތުގެ ރާގަކުން އެ މުވައްޒަފު ބުނީ އެއީ ލޮލުގެ އަޅުވާލި އަދުނެކެވެ. އެއީ ހަމައް ދައްކާލި ކުލަވަރެކެވެ. މި ނޫން ގޮތެއް ނެތެ ކަމަށެވެ.

މި ސަރުކާރުން ކްރެޑިޓް ހޯދަން އެހާ މަސައްކަތް ކުރި ޓާރމިނަލް އަދިވެސް ހުރީ ހުރި ގޮތަށެވެ. އެއިން ރާއްޖެއިން ބޭރުން އައި މީހަކަށްވި ފައިދާއެއް ނެތެވެ. އައު ޓާރމިނަލް ވެސް ވެގެން ދިޔައީ މި ސަރުކާރުން މެޑަލް ޖަހާލާ މޮޅު ހެޑްލައިން ހަދާލަން ލިބުނު ފުރުސަތަކަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއައު ޓާމިނަލްމޯލްޑިވިއަން އެއަރލައިންބައު ޓާމިނަލްއިމިގްރޭޝަންފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު