Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝައިޚް އިމްރާން އަބްދުﷲ

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

ސިޔާސީ މިނިވަންކަމާއި، ފަރުދީ މިނިވަންކަން ރައްޔިތުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 08:24
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ

ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ

ދިވެހިރާއްޖެ ވަރަށް ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެންނަ ކަމަށާއި، ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝައިޚް އިމްރާން ވިދާޅުވީ ރާއްޖޭގައި މިހާރު ކަންކަންދާ ގޮތުން ވަރަށް ކަންބޮޑުވާ ކަމަށާއި، ގައުމު މިދަނީ ބާރު ސްޕީޑްގައި 25 ނުވަތަ 30 އަހަރު ފަހަތަށް ކަމަށެވެ.

Advertisement - newsAdvertisement

އެ ދުވަސްވަރަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ އޭރު އިސްލާހީ މަސައްކަތް ފެށިގެންދިޔައީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ. އެދުވަސްވަރު މީހަކަށް ބުނެވޭ ބަހަކުން ނުވަތަ ލިޔެވޭ އެއްޗަކުން އެތައް ދުވަހަކު ޖަލު ގޮޅީގައި އޮންނަންޖެހޭ ކަމަށާއި، ވިޔަފާރިވެރިއަކަށް ބަލާލެވޭ ގޮތަކުން ނުވަތަ ނޭގި ދެވޭ އިޝާރާތަކުން އެވިޔަފާރިއެއް ފުނޑި ނިމިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދީނީ އިލްމުވެރިންނަށް ވެސް ރައްޔިތުންގެ ކުރިމަތީގައި ދީނުގެ ވާހަކައެއް ވެސް ދެއްކުމުގެ ހުއްދަ ލިބެނީ ކިޔަވައިގެން ރާއްޖެއަށް އަންނަތާ 3 އަހަރު ފަހުން ކަމަށެވެ.

އޭރު ރާއްޖޭގެ އިޖްތިމާއީ އާދާލަތު ގެއްލިފައިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތީ ބިރުވެރިކަމާއި، ނާމާންކަން ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ އިސްލާހީ މަސައްކަތް ފަށައި، ކާމިޔާބުކުރީ ސިޔާސީ މިނިވަންކަމާއި، ފަރުދީ މިނިވަންކަން ރައްޔިތުން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއަދު އަނެއްކާ ވެސް އެ އަނިޔާވެރިކަން ގައުމުން ފެންނަމުންދާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން ނުކުންނަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އެބޭފުޅުންގެ މައިބަދާގައި ވަރުކޮޅެއް ޖައްސަން ކަމަށާއި، އެތެރެއިން ހޫނުވާ މަންޒަރު ފެންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަދު ޚާއްސަކޮށް ރައްޔިތުން މަޖިލީހުގައި ތިއްބެވި ބޭފުޅުންގައި ގައިގައި އެބޭފުޅުންގެ މައިބަދާގައި އެބަޖެހޭ ވަރުކޮޅެއް ޖައްސަން. އަޅުގަނޑުމެންނަށް އެނގޭ އެކަން ވާކަން ވެސް. ރައްޔިތުން މަޖިލީހުގައި ތިއްބެވި ބޭފުޅުން މިއަދު ކުޑަކޮށް އެބޭފުޅުން އަމިއްލައަށް މާބޮޑު ވިސްނުމެއް ނެތި ފާސްކޮށްލެއްވުނު ގާނޫނަކުން ކުޑަކޮށް މަޑު ޖައްސާލައިގެން އެބަތިބި. އެބޭފުޅުން އެބަ ކެކިއަރާ. އެތެރެއިން އެބަ ހޫނުވޭ. ކަންކަން ނިމިގެންދާއިރު އަޅުގަނޑަށް ހީވަނީ ފަޅައިގެންދާނީ ވަރަށް ބާރަށް ހެން. އެހެންވީމަ މިކަންކަން ނުހުއްޓުވޭނެ. އެބޭފުޅުންގެ އާއިލާ ވެސް އެބައޮތް. މުޅި ގައުމަށް ވާގޮތް ފެނޭ. އެބޭފުޅުން ތޮށިފަޅާފައި ނުކުންނާނެ. އަނިޔާވެރިވި މީހުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ.
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ ހާލަތު ބަދަލު ވެގެންދާނީ ކޮން ވަގުތަކު ކިހިނެތްކަން ބުނަން ނޭނގޭ ކަމަށެވެ.

ގައުމުގައި ކަމެއް ގޯސްކޮށްދާނަމަ، ނުވަތަ ގޯސްކޮށް ކުރާނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތް ކުރާނަމަ މިއަދު މިފެންނަމުންދާ ނުރައްކާތެރި ބަދަލުތަކާއި، މަންޒަރުތައް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހީ މަސައްކަތުގައި އުޅުނު ބޭފުޅުން މާޒީމަތިން ހަނދާން ނައްތާލައި، މިއަދު ސަރުކާރުގެ ތެރޭގައި ތިއްބެވި ކަމަށާއި، އެއީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް އިމްރާން ޢަބްދުﷲއަދާލަތު ޕާޓީރައްޔިތުންގެ މަޖިލިސްއަނިޔާވެރިކަންފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު