Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް26 ކޮންފަރެންސް

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް އިސްކަންދީގެން ފަންޑު ދިނުމަށް ޞަބްރާ ގޮވާލައްވައިފި

ރާއްޖެފަދަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ފައިސާ ހޯދުމަކީ އެންމެ އުނދަގޫކަންތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2021 | ހުކުރު 02:40
ކޮޕް26 ކޮންފަރެންސްގެ ހަވާސާ ބައްދަލުވުމެއްގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އާއި ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމް

ކޮޕް26 ކޮންފަރެންސްގެ ހަވާސާ ބައްދަލުވުމެއްގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އާއި ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމް

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް އިސްކަންދީގެން އެކަމަށް ޚާއްސަކޮށްފައިވާ ފަންޑު ދޫކުރުމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ގޮވާލައްވައިފިއެވެ.

މިހާރު ކުރިޔަށްދާ ކޮޕް-26 ކޮންފަރެންސްގައި ހައި ލެވެލް މިނިސްޓީރިއަލް ޑައިލޮގްގައި ޞަބްރާ ވަނީ މިކަމުގައި ރާއްޖެއިން ދެކޭގޮތް ހާމަކުރައްވާފައެވެ. އެގޮތުން ޕެރިސް އެގްރިމެންޓްގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުވަމުންނުދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ. ޚާއްސަކޮށް ރާއްޖެފަދަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް މިކަމުގެ ސަބަބުން ވަމުންދާ ގެއްލުންތައް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ނަމަވެސް ޞަބްރާ ވަނީ 2025 ވަނަ އަހަރާ ހަމައަށް މުއްސަނދި ގައުމުތަކުން 500 ބިލިއަން ޑޮލަރު ފޯރުކޮށްދޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށްކުރާ ރާއްޖެފަދަ ގައުމުތަކަށް މިއެހީ ލިބޭނެކަމުގެ އުންމީދުވަނީ ފާޅުކުރައްވާފައެވެ.

މީގެއިތުރުން ކުދި ބިންތިރި ގައުމުތަކަށް ލިބެންވާ ފައިސާ ލިބުމުގައި ދަތިތައް ދިމާވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ އެތައް ކަމެއް ފުރިހަމަކޮށް، ބިޔުރޯކްރަސީ މާބޮޑަށް އޮތުން ހިމެނޭތީ އެކަންކަން ހުއްޓުމަކަށް ގެނައުމަށް ވެސް ޞަބްރާ ވަނީ ގޮވާލައްވާފައެވެ. އަދި ބިޔުރޯކްރަސީގެ ސަބަބުން ރާއްޖެއަށް ޕްރޮޖެކްޓްތައް ލިބުމުގައި އެތައް ދުވަހެއް ނަގާކަން ޞަބްރާ ފާހަގަކުރެއްވިއެވެ. ނަމަވެސް ޕްރޮޖެކްޓަކަށް އާނ ބަސްބުނެ، ޕްރޮޖެކްޓެއްގެ މަސައްކަތް ފެށޭ ހިސާބުން އޮންނަނީ އެ ޕްރޮޖެކްޓަށް އެދުނުއިރުގެ ހާލަތު ބަދަލުވެފައިކަމަށް ޞަބްރާ ވިދާޅުވިއެވެ.

މީގެއިތުރުން ގްރާންޓް ދިނުމުގައި ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުގެ ކުޑަ ބޮޑުމިނަށް ބެލުމަށް ޞަބްރާ ވަނީ ބާރުއަޅުއްވާފައެވެ. ޞަބްރާ ވަނީ އެޑަޕްޓޭޝަނަށް އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. މިޓިގޭޝަނަށް ފައިސާ ހޯދަން ފަސޭހަކަމުގައިވީނަމަވެސް މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތަކުން އެޑަޕްޓޭޝަނަށް ކުރާ ޚަރަދަކީ ފައިދާކުރަނިވި އިންވެސްޓްމެންޓެއްގެ ގޮތުގައި ފެންނަމުންނުދާކަމަށެވެ.

މީގެއިތުރުން ޞަބްރާ ވަނީ އެކްސްޕާޓް ގްރޫޕް މީޓިންގ އޮން ލޮސް އެންޑް ޑެމޭޖް ފޮރ ކްލައިމެޓް އިމްޕެކްޓްސް އިން ސިޑްސް ގައިވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެސް ޞަބްރާ ވަނީ ރާއްޖެފަދަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ހޯދަންޖެހޭ ފައިނޭންސް ހޯދުމަކީ އެންމެ އުނދަގޫކަންތައް ކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގެ ބަޖެޓުން ކޮންމެ އަހަރަކު އެޑަޕްޓޭޝަނަށް އެތައް ހޭދައެއްކުރަމުންދާކަމަށް ޞަބްރާ ވިދާޅުވިއެވެ. އޭގެތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ސާފުފެން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭކަމަށް ޞަބްރާ ވިދާޅުވިއެވެ.

ވީއެންމެ އަވަހަކަށް މިކަންކަން ފުރިހަމަކުރުމަށް ގޮވާލަމުންދަނީ ދިގުމުއްދަތަކަށް އެކަންކަމަށް އިންވެސްޓްކުރުމުގެ ގާބިލުކަންނެތުމުގެ ސަބަބުންކަމަށް ޞަބްރާ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ވީހާވެސް ކުޑަކުރަންޖެހޭކަމަށް ޞަބްރާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮޕް26 ކޮންފަރެންސްގެ ތެރެއިން ގައުމުތަކަށް ފައިސާ ހަމަޖެއްސުމުގެ ކަންކަމުގައި މިހާރަށްވުރެ ޚަރުދަނާ ގޮތްތަކެއް އެކަށައެޅުމަށް ވަނީ ގޮވާލައްވާފައެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ދިރިހުރުމަށް އެންމެ ރަނގަޅު ވަގުތުގައި އެކަމަށް އެކަށޭނެ އެހީތެރިކަން ބޭނުންވާކަމަށާއި، އެކަން އެގޮތަށްވާކަން ޔަގީންކުރަންޖެހޭކަމަށް ޞަބްރާ ވިދާޅުވިއެވެ.

ކޮޕް26ކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު