Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަހި އެމް.އެން.ޔޫ

ފަހި އެމް.އެން.ޔޫ ސިލްސިލާ ޕްރޮގްރާމް ފަށައިފި

4 ނޮވެމްބަރު 2021 | ބުރާސްފަތި 15:48

މި ސިލްސިލާ ޕްރޮގްރާމްގައި ގްރޭޓަރ މާލެ އޭރިޔާގައި އޭ-ލެވެލްއަށް ކިޔަވާ ހުރިހާ ސްކޫލް ދަރިވަރުން (ޕްރައިވެޓް ސްކޫލްސް ވެސް ހިމަނައިގެން) ޔުނިވަރސިޓީއަށް ޒިޔާރަތް ކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 15:48
ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވީ ސީއެޗްއެސްއީގެ ދަރިވަރުން

ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވީ ސީއެޗްއެސްއީގެ ދަރިވަރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންފަހި އެމް.އެން.ޔޫނުވަތަ ގެޓިންގް ޓު ނޯ އެމް.އެން.ޔޫގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ނޮވެމްބަރު 2ވީ އަންގާރަ ދުވަހު ޔުނިވަރސިޓީގެ މައިމަރުކަޒުގައި ފެށި މިޕްރޮގްރާމްގެ މަގުސަދަކީ ޕަބްލިކަށް, އަދި ޚާއްސަކޮށް މާދަމާގެ ލީޑަރުން ކަމުގައިވާ ސްކޫލްތަކުގެދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމް.އެން.ޔޫގެ ތަޞައްވުރާއި ޔުނިވަރސިޓީން ދެވޭ ޚިދުމަތްތަކާއި ފުރުސަތުތަކާއި ހުރި ވަސީލަތްތަކާއި ދަރިވަރުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދޭން ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ތައާރަފުކޮށްދިނުމެވެ. އަދި ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުމެވެ.

Advertisement - newsAdvertisement

އެގޮތުން ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވީ ސީ.އެޗް.އެސް.އީގެ ދަރިވަރުންނެވެ. މި އިވެންޓު ގައި ހުރިހާ ފެކަލްޓީ/ސެންޓަރުތަކުން މަޢުލޫމާތު ފޯރުކޮށްދީ، ދަރިވަރުން ގެ ހިތުގައި އުފެދުނު ސުވާލު ތަކަށް ޖަވާބު ދީ، ކުރިމަގުގައި އިތުރަށް ކިޔެވުމަށް އިޚްތިޔާރުކުރާނޭ ރޮނގެއް އަންގައި އެކުދިންނަށް އެމް.އެން.ޔޫގެ މައުލޫމާތު ހިއްސާ ކުރެވުނެވެ. މިއިވެންޓް ކޮންމެ ހަފްތާއެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ޔުނިވސިޓީން ވިސްނާފައިވެއެވެ. މި އިވެންޓުގެ ތެރޭގައި، ދަރިވަރުންނަށް ޔުނިވަރސިޓީގެ އެކި އެކި ފެސިލިޓީސްތައް ދައްކާލުން ކުރިއަށް ގެންދެވުނެވެ.

އަންގާރަ ދުވަހަށް ޚާއްސަ މި ސިލްސިލާ ޕްރޮގްރާމްގައި ގްރޭޓަރ މާލެ އޭރިޔާގައި އޭ-ލެވެލްއަށް ކިޔަވާ ހުރިހާ ސްކޫލް ދަރިވަރުން (ޕްރައިވެޓް ސްކޫލްސް ވެސް ހިމަނައިގެން) ޔުނިވަރސިޓީއަށް ޒިޔާރަތްކުރާނެއެވެ. އަދި 9 ނޮވެމްބަރުގައި ގްރޭޓަރ މާލޭ އޭރިޔާގެ ސަރުކާރު 12 ސްކޫލެއްގެ ގްރޭޑް 8، 9، 10ގެ ދަރިވަރުންނަށް ޚާއްސަ ކެރިއަރ ގައިޑަންސް ޕްރޮގްރާމްއެއް އެއްފަހަރާ ހިންގުމަށް ޔުނިވަރސިޓީގެ 12 ޓީމެއް ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ އެކި ސަރަހައްދު ތަކަށް ޔުނިވަރސިޓީގެ ޓީމުތައް ޒިޔާރަތްކޮށްގެން "ފަހި އެމް.އެން.ޔޫ" ޕްރޮގޮރާމް މިއަހަރުތެރޭގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.

"ފަހި އެމް.އެން.ޔޫ." ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަސައްވުރާ އެއްގޮތަށް, ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ, ސިކުނޑި ހުޅުވިފައިތިބި, ބިނާ ކުރުވަނިވި, ޚިދުމަތްތެރި، އަނެކުންނާ ދޭތެރޭ ވިސްނާ، އަމިއްލަ އަށް އިސްނަގައިގެން ގައުމު ބިނާކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް