Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީ އެއްވަރު، ސިޓީ އެއްވަނައަށް

ސިޓީ މޮޅުވީ ކުލަބު ބްރޫޖް އަތުން 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 00:03
ލައިޕްޒީގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ލައިޕްޒީގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އޭގައި ހިމެނޭ ޕީއެސްޖީ އާއި އާރްބީ ލައިޕްޒީގް އެއްވަރުވިއިރު، ކުލަބު ބްރޫޖް ބަލިކޮށް ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ލައިޕްޒީގުގެ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. މި މެޗު ފަށައިގެން ލައިޕްޒީގުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އަންޑްރޭ ސިލްވާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޯފް އެންކުންކޫއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލީޑުފުޅާކުރަން ލައިޕްޒީގަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ސިލްވާ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފައެވެ.

އެއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ހަ މިނެޓަސް ވެފައި ވަނިކޮށް ވައިނަލްޑަމް ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި ވައިނަލްޑަމް ދެ ލަނޑު ޖެހިއިރު، މި ލަނޑުތަކަކީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ވައިނަލްޑަމް ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ.

މި މެޗުން ޕީއެސްޖީ މޮޅުވާން ދަނިކޮށް ލައިޕްޒީގުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއިއެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ޕީއެސްޖީ އެއްވަރުވިއިރު، އެ ޓީމާ އެއް ގްރޫޕެއްގައި ހިމެނޭ ސިޓީ މޮޅުވީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ފިލް ފޯޑެން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބްރޫޖުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑަކީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ރިޔާދު މާރޭޒް ވަނީ ލަނޑެއް ޖަހައި، ސިޓީއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖެސޫސްއެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަަނައަށް ސިޓީ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުއެެވެ. އަދި ތިންވަނައިގައި އޮތް ބްރޫޖަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލައިޕްޒީގަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުޕީއެސްޖީމެންޗެސްޓަރ ސިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު