Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު މޯލްޑިވްސް ކަޕް

ކުލަބު މޯލްޑިވްސް ކަޕުގެ ގުރު ނަގައިފި

2 ނޮވެމްބަރު 2021 | އަންގާރަ 05:07

އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ޖުމްލަ އަށް ޓީމު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ނޮވެމްބަރު 2021 | އަންގާރަ 05:07
2019 ވަނަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު

2019 ވަނަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕުގެ ގުރު ނަގައިފިއެވެ.

މެދުކެނޑުމަކަށްފަހު ކުލަބު މޯލްޑިވްސް ކަޕް މި އަހަރު ބާއްވާއިރު، މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގެ ފިރިހެން ބައިގައި މި ފަހަރުވެސް 32 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ގުރުލުން ހޯމަ ދުވަހުގެރޭ ބޭއްވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކުލަބު އެޗްޑީސީ އާއި އާރްޑީސީގެ އިތުރުން ފެން ކުލަބެވެ. އަދި އެންމެ ފަހުގެ ރަނަަރަޕް ޓީމު ކަމަށްވާ ކުލަބު ވެމްކޯ ހިމެނުނީ ސްޓެލްކޯ އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ސިޓީ ކައުންސިލާއެކު ގްރޫޕް ސީގައެވެ.

ދެން މި މުބާރާތުގައި ގްރޫޕް އޭގައި ހިމެނުނީ އުރީދޫ އާއި، ކަސްޓަމްސް އާއި، މީޑިއާނެޓް އަދި އެމްއޭސީއެލްއެވެ. އަދި ގްރޫޕް ބީގައި ޕޮލިސް ކުލަބާއި، އެލައިޑާއި، ޓްރޭޑް ކުލަބު އަދި އެޗްއާރްސީ ހިމެނުނުއިރު، ގްރޫޕް އީގައި ހިމެނުނީ އިމިގްރޭޝަނާއި، ދިރާގާއި، އެފްއެސްއެމް އަދި ޓީމް އެމްއެންޕީއެޗްއައިއެވެ.

މި މުބާރާތުގެ ގްރޫޕް އެފްގައި ޕްރިޒަންސް ކުލަބާއި، އޭވިއޭޝަން ސެކިއުރިޓީ އާއި، ޓީމު ފެނަކަ، އަދި އާރްއޯއެލް ހިމެނުނުއިރު، ގްރޫޕް ޖީގައި ހިމެނުނީ އެމްޕީއެލް އާއި، ދިވެހި ސިފައިންގެ ކުލަބާއި، ސިވިލް ކޯޓު އަދި ކްލަބް 220 އެވެ. ދެން މި މުބާރާތުގައި ހިމެނޭ ގްރޫޕް އެޗްގައި ވާދަކުރާނެ ޓީމުތަކަކީ އެސްޓީއޯ އާއި، އެމްޓީސީސީ އާއި، އެމްއެމްއޭ ސޯޝަލް ކުލަބު މޯލްޑިވް ގޭސްއެވެ.

މީގެ އިތުރުން މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގެ އަންހެން ޑިވިޝަން "ވިމެންސް ފުޓްސަލް ފިއެސްޓާ" ގައި ބައިވެރިވެފައިވަނީ އަށް ޓީމެވެ. އެއާއެކު ދެ ގްރޫޕަކަށް ބަހާލައިގެން އަންހެން ޑިވިޝަން ކުރިއަށްގެންދާއިރު، އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ހިމެނިފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން އޮތީ ޓީމް ފެނަކަ އާއި، ކުޅިވަރާ ބެހޭ ވުޒާރާ އަދި ކުލަބު ވެމްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި، ސިޓީ ކައުންސިލް އަދި ޓްރޭޑް ކުލަބެވެ.

މި މަހުގެ 20 ވަނަ ދުވަހު ކުލަބު މޯލްޑިވްސް ކަޕް ފަށާއިރު، މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މެއި މަހަށެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެ ފަހަރު މުބާރާތް ފަސްކުރަން ޖެހުނެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، މި މުބާރާތް އެ އަހަރު ބާއްވާފައެއް ނުވެއެވެ.

ކުލަބް މޯލްޑިވްސް ކަޕް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ބީއެމްއެލް އާއި ވެމްކޯ ސެމީއަށް
06 އޯގަސްޓު 2023

ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

06 އޯގަސްޓު 2023
ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް
05 އޯގަސްޓު 2023

ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

05 އޯގަސްޓު 2023
ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް
20 ޖުލައި 2023

ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

20 ޖުލައި 2023
ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި
19 ޖުލައި 2023

ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

19 ޖުލައި 2023
ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު
18 ޖުލައި 2023

ބީއެމްއެލް އަށް 12 ލަނޑުގެ މޮޅެއް

18 ޖުލައި 2023
ބީއެމްއެލް އަށް 12 ލަނޑުގެ މޮޅެއް
17 ޖުލައި 2023

އެމްޕީއެލްއާއި ގޭސް ކްލަބްގެ ފެށުން ބޮޑު މޮޅަކުން

17 ޖުލައި 2023
އެމްޕީއެލްއާއި ގޭސް ކްލަބްގެ ފެށުން ބޮޑު މޮޅަކުން
06 ނޮވެމްބަރު 2022

ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ފެނަކަ އަށް

06 ނޮވެމްބަރު 2022
ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ފެނަކަ އަށް
28 އޮކްޓޯބަރު 2022

ޗެމްޕިއަން އާރުއާރުސީ ކަޓުވާލުމަަފަހު ވެމްކޯ ސެމީއަށް!

28 އޮކްޓޯބަރު 2022
ޗެމްޕިއަން އާރުއާރުސީ ކަޓުވާލުމަަފަހު ވެމްކޯ ސެމީއަށް!
26 އޮކްޓޯބަރު 2022

ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެ

26 އޮކްޓޯބަރު 2022
ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް