Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަގުއޭރޯގެ ހާލަތު ގޯސްވުން

އަގުއޭރޯ ތިން މަހަށް ކުޅުމާ ދުރަށް

ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު ޑޮކްޓަރުން އިތުރަށް ބަލާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ނޮވެމްބަރު 2021 | އަންގާރަ 04:48
އަލަވޭސް މެޗުގައި މެޔަށް އުނދަގުލެއްވެގެން އަގުއޭރޯ ބަދަލުކުރަނީ

އަލަވޭސް މެޗުގައި މެޔަށް އުނދަގުލެއްވެގެން އަގުއޭރޯ ބަދަލުކުރަނީ

ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެޔަށް އުނދަގުލެއްވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އިތުރު ފަރުވާއަށް ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 33 އަހަރުގެ އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން، އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއާއެކު އަގުއޭރޯ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރު ޓެސްޓުތަކެއް ހަދާފައެވެ.

ހޯމަ ދުވަހުގެރޭ ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުން އޭނާގެ ހާލަތު މި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު އިތުރަށް ބެލުމަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން ބަދަލުކުރަން ޖެހުނު، އެ މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެގެން އަގުއޭރޯއަށް މި ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލުނެވެ. އެއާއެކު އަނިޔާއިން ރަނގަޅުވެ އަގުއޭރޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުޅުނު އެލް ކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ބާސާއާއެކު ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ.

ސާޖިއޯ އަގުއޭރޯބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު