Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސިޓް ބަނދަރު

ޓްރާންސިޓް ބަނދަރާއެކު ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުވާނެ: ކެޕްޓަން ޝަރީފް

އިޤްތިޞާދު ޓޫރިޒަމަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 03:15
ކެޕްޓަން މުހައްމަދު ޝަރީފް

ކެޕްޓަން މުހައްމަދު ޝަރީފް

ދިވެހިރާއްޖޭގައި ޓްރާންސިޓް ބަނދަރެއް ގާއިމްކުރެވިއްޖެނަމަ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ކެޕްޓަންގެ ހައިސިއްޔަތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ކެޕްޓަން ޝަރީފް ވިދާޅުވީ ރާއްޖޭގައި ޓްރާންސިޓް ބަނދަރެއް ގާއިމްކުރުމުގެ މަޝްވަރާތައް މި ސަރުކާރު ވެރިކަމަށް އައިތާ ކުރީކޮޅު ސަރުކާރުގެ އިސްވެރިންނާއެކު ކޮށްފައިވާކަމަށެވެ.

އެގޮތުން ހއ. އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއް ހެދުމާ ގުޅޭގޮތުން ވަރަށް ގިނަ ކަންތައްތަކެއް ދިރާސާކޮށްފައި ހުށަހެޅި ކަމަށާއި، މި ބަނދަރު ގާއިމްކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ފެށިކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މި މަސައްކަތަށް ވެސް ހުއްޓުމެއް އައީ ކަމަށާއި، މި ސަރުކާރުން މި މަސައްކަތް ކުރާނެ ކަމަށް ކެޕްޓަން ޝަރީފް ވިދާޅުވިއެވެ. ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި ގަރާރުން ވެސް މި ސަރުކާރުން މިކަން ކުރާނެކަން ޔަގީންކުރެވޭކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޓްރާންސިޓް ބަނދަރެއް އޮތުމަކީ އޭގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގާނެ ކަމެއް ކަމަށާއި، އިޤްތިޞާދީ ކުރިއެރުން ވެސް ގެނުވާނެ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެހެނިހެން ގޮތްގޮތުން އާމްދަނީ ހޯދުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ފެށުމުގެ ކުރިން މިހާރުވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ގިނަ އަދަދެއްގެ ބޯޓު ފަހަރަކީ ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ވެފައި ގިނަ ބޯޓުފަހަރު ދަތުރުކުރަނީ އިހަވަންދިއްޕޮޅު ސަރަހައްދުން ކަމަށްވުމާއެކު، އެ ބޯޓުފަހަރަށް ބޭނުންވާ އެކި ޚިދުމަތްތައް ދީގެން ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެދޭތެރެއިން ދަތުރުކުރާ 40 ނުވަތަ 50 ބޯޓުގެ ތެރެއިން 25 އިންސައްތަ ބޯޓުފަހަރު އެ ސަރަހައްދަށް ކައިރި ކުރިޔަސް ވަރަށް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރުގައި ވަނީ ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާއެއް ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާޢަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުކެޕްޓަން މުހައްމަދު ޝަރީފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

12 މެއި 2024
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

27 މާރިޗު 2023
އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

13 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު