Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ހިލޭ ކުޅެދިނުން

ހިލޭސާބަހަށް ބާސާއަށް ކުޅެދޭން އެއްވެސް މީހަކު އެދިފައެއް ނެތް: މެސީ

1 ނޮވެމްބަރު 2021 | ހޯމަ 13:37

ބާސާގެ ޓެކްނިކަލް ސެކްރެޓަރީގެ މަގާމު ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ނޮވެމްބަރު 2021 | ހޯމަ 13:37
ބާސާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ބާސާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ބާސެލޯނާ ދޫކޮށްލުމުގެ ބަދަލުގައި އެ ޓީމަށް ހިލޭސާބަހަށް ބާސާއަށް ކުޅެދޭން އެއްވެސް މީހަކު އެދިފައިނުވާ ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވިއެވެ. އެކަމަކު މުސާރަ ކުޑަކޮށް އައު އެއްބަސްވުމެއްގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

އެކަމަކު އޭގެ ފަހުން ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ މެސީވެސް ބާސާގައި މަޑުކުރަން ބޭނުންވި ކަމަށާއި، އެކަމަކު އޭނާ ޓީމު ދޫކޮށްލަން ނިންމީ ޕީއެސްޖީން ލިބިފައި އޮތް ހުށަހެޅުމުގެ ޕްރެޝަރުގެ އިތުރުން ބާސާ އިތުރު މާލީ އަދަވަޅަކަށް ވައްޓާލަން ބޭނުންނުވާތީ ކަމަށެވެ. އެކަމަކުވެސް މެސީގެ ނިންމުން ބަދަލުކޮށް ބާސާއަށް ހިލޭ ކުޅެދޭން މަޑުކުރާނެ ކަމަށް އުއްމީދުކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދުދެމުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެސީ ބުނީ ހިލޭސާބަހަށް ބާސާއަށް ކުޅެދޭން އެއްވެސް މީހަކު އޭނާގެ ގާތުގައި އެދިފައިނުވާ ކަމަށެވެ. އެގޮތުން މުސާރާއިގެ 50 އިންސައްތަ ކުޑަކުރަން އެދުމުން އެކަމަށް އެއްބަސްވި ކަމަށާއި، އެގޮތަށް އަމަލުކޮށްފައި ވަނިކޮށް ބާސާގެ ރައީސް އެ މޭރުމުން ވާހަކަ ދެއްކުމުން ދެރަވި ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

މި އިންޓަވިއުގައި ކުރިމަގާ ބެހޭ ގޮތުން މެސީ ބުނީ މިހާރު ޕީއެސްޖީއަށް ކުޅުނު ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް ބާސާއަށް ޚިދުމަތްކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ބޭނުންވަނީ ކުލަބުގެ ޓެކްނިކަލް ސެކްރެޓަރީ ފަދަ މަގާމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ބާސާގައި 21 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންނަމަ މެސީ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 35 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބެއެވެ.

ލިއޮނެލް މެސީބާސެލޯނާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް