Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮޕް26

ކޮޕް26: މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް މުޅި ދުނިޔެ އެކުގައި

1 ނޮވެމްބަރު 2021 | ހޯމަ 06:13

މިސަމިޓް ނިންމާލަން ވާނީ 1.5 ރޭޓުގައި ޖައްވުގެ ހޫނުމިން ބެހެއްޓޭނެ ކަމުގެ ޖަގީންކަމާއެކު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ނޮވެމްބަރު 2021 | ހޯމަ 06:13
ދުނިޔެ ސަލާމަތްކުރުމަށް އަމާޒު ހިފެވޭ މަހާސިންތާ ކުރިއަށްދާނީ އޮކްޓޫބަރު 31ން ނޮވެމްބަރު 12ށް ގްލާސްގޯގައި

ދުނިޔެ ސަލާމަތްކުރުމަށް އަމާޒު ހިފެވޭ މަހާސިންތާ ކުރިއަށްދާނީ އޮކްޓޫބަރު 31ން ނޮވެމްބަރު 12ށް ގްލާސްގޯގައި

މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތީ މޫސުމީ ބަދަލުތަކާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން ސަލާމަތްވުމަށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ ކޮޕް26 އަށެވެ. މިސަމިޓަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ކޮޕް26 އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ސަބަބުން މިސަމިޓް ވަނީ މި އަހަރަށް ފަސްކުރެވިފައެވެ. މިސަމިޓްގެ އެންމެ ބޮޑު އެއް އަމާޒަކީ ޖައްވު ހޫނުވުމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ޖައްވުގެ ހޫނުމިން 1.5 ޑިގްރީ ސެލްޝިއަސްއަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމެވެ.

ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުން ބައިވެރިވާ މިސަޓާ ގުޅިގެން ކޮޕް26ގެ ރައީސް އަލޯކް ޝަރްމާ ވިދާޅުވީ މިސަމިޓް ނިންމާލަން ވާނީ 1.5 ރޭޓުގައި ޖައްވުގެ ހޫނުމިން ބެހެއްޓޭނެ ކަމުގެ ޖަގީންކަމާއެކު ކަމަށެވެ.

ފްރާންސްގެ ޕެރިސްގައި 2015 ވަނަ އަހަރު ބޭއްވުނު ބައްދަލުވުމުގައި އަމާޒަކަށް ހަދާފައިވަނި ޖައްވުގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަނުދިނުމަށެވެ. ގާތް ގަނޑަކަށް 200 ގައުމަކުން ސޮއިކޮށް 2015 ގައި ހަދާފައިވާ އެއްބަސްވުން އިސްލާޙު ކުރުމުގެ އިތުރުން އެކަންތައްތައް ތަންފީޒު ކުރަން ފެށުމަށް މިފަހަރުގެ ސަމިޓުގައި ޚާއްސަ ސަމާލުލަމެއް ދޭނެއެވެ.

އެކަމަކު މިކަންތައްތައް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ.

އިޓަލީގެ ރޯމްގައި، ދުނިޔޭގެ ބޮޑު 20 އިޤްތިޞާދުތަކުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ 1.5 ޑިގްރީއަށްވުރެ މަތިނުވާގޮތަށް ޖައްވުގެ ހޫނުމިން ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށެވެ. އަދި މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ޖީ20ގެ ގައުމުތަކުން މި އެއްބަސްވުން ހެދިއިރު، މިގައުމުތަކުގެ ތެރޭގައި ބްރެޒިލް، ޗައިނާ، އިންޑިއާ އަދި އެމެރިކާ ހިމެނެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާނަމަ ޖައްވަށް ދޫކުރާ ވިހަ މާއްދާތަކުގެ ތެރެއިން 80 އިންސައްތައަކީ މިގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ އެމެރިކާއިން މޫސުމީ ބަދަލުތަކާ ގުޅިގެން އދ.ން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިނުވާތާ ގިނަ ދުވަސްތަކަކަށްފަހު މިސަމިޓުގައި ބައިވެރިވުމަކީ މި މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރު އެމެރިކާއިން މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެފައެއްނުވެއެވެ.

މި ފަހަރުގެ ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެރިވެ މޫސުމީ ބަދަލުތަކާ އެކަމުން އަރައިގަތުމަށް ފައިސާ ޚަރަދު ކުިރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާނެއެވެ. އަދި އެމެރިކާގެ ކުންފުނިތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރެވޭނެ މިންވަރާއި މެދުވެސް މަޝްވަރާ ކުރައްވާނެއެވެ.

މި ފަހަރުގެ ސަމިޓުގައި އެކި ގައުމުތަކާއި، ކުންފުނިތަކާއި، ޖަމިއްޔާތަކުން ޖުމްލަ 25،000 މަންދޫބުން ބައިވެރިވާނެއެވެ.

އެކި ފަންތީގެ ގައުމުތަކުން މިސަމިޓުގައި ބައިވެރިވާއިރު، އެންމެ ބޮޑަށް ދެކެވޭ އެއްވާހަކައަކީ ކުދި ގައުމުތަކުގެ އަޑު މިފަދަ ފޯރަމްތަކުގައި މަޑުވުމެވެ. ބައެއް ކުދި ގައުމުތަކަކީ ޖައްވު ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކަށް ވާއިރު، އެގައުމުތަކުގެ އަޑު މިފޯރަމުން އިއްވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮޕް26ކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
06 އެޕްރީލު 2024

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

06 އެޕްރީލު 2024
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު
04 ނޮވެމްބަރު 2023

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި
16 ޖުލައި 2023

ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް

16 ޖުލައި 2023
ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް