Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު މިސްކިތުގެ އަލިފާނުގެ ޙާދިސާ

ހުކުރު މިސްކިތުގެ އަލިފާނުގެ ޙާދިސާ: އަނދައިގެން ދިޔައީ 300 އެތައް އަހަރެއްވީ ލިއުމެއް

އެ ގެއްލުން މިނިސްޓްރީން ވަޒަން ކުރަނީ ބޮޑު ގެއްލުމެއްގެ ގޮތުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 08:26
މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް

މާލޭ ހުކުރު މިސްކިތުގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާގެ ސަބަބުން ތާރީޚީ ގޮތުން ބަލާނަމަ ލިބިފައިވަނީ ނުހަނު ބޮޑު ގެއްލުމެއް ކަމަށް މިނިސްޓްރީ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

ކަރަންޓު ސޯޓެއްވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ، މާލޭ ހުކުރު މިސްކިތުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ނާޒިމް ވިދާޅުވީ، ތާރީޚީ ނަޒަރަކުން ބަލާއިރު މިސްކިތަށް ލިބިފައިވާ ގެއްލުން މިނިސްޓްރީން ވަޒަން ކުރަނީ ބޮޑު ގެއްލުމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ޙާދިސާގައި ރޯވި ބެރީގައި ލިޔެފައިވާ ލިއުމަކީ 300 އެތައް އަހަރެއް ވެފައިވާ އާސާރީ ލިއުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެކެވެ.

ނާޒިމް ވިދާޅުވީ، މިސްކިތަކީ އާސާރީ ތަރިކައަކަށް ވުމާއެކު، އެތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަނީ މިނިސްޓްރީން ކަމަށެވެ. ނަމަވެސް ނަމާދު ކުރުމާއި، އިމާމުން ހަމަޖެއްސުން ފަދަ ކަންކަން ކުރަނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި، މިސްކިތް ސާފު ކުރުމުގެ ކަންކަން ބަލަހައްޓަމުންދަނީ މާލޭ ސިޓީ ކައުންސިލުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ހުކުރު މިސްކިތުގައި ތިބެ މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތައް ފެންމަތިވުމާއެކު މިނިސްޓްރީން ވަނީ އެތަން ރައްކާތެރި ކުރުމުގެ ގޮތުން ބަޔަކާ ކޮންޓްރެކްޓު އުސޫލުން ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޙަވާލުކޮށްފައެވެ.

އެގޮތުގެ މަތިން 3 ސެކިއުރިޓީން ނެގި ނަމަވެސް، ޙާދިސާ ހިނގި ވަގުތު އެއްވެސް ސެކިއުރިޓީއެއް އެތަނުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެތަނުގައި ހުރި ކަރަންޓު ވިއުގައަކީ ދުވަސްވެފައިވާ އެއްޗެއް ކަމަށް ވުމާއެކު، މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާގެ އެހީގައި 3 ފަހަރެއްގެ ޓީމުތަކުން އައިސް ތަން ބަލާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑުގެ މި ޙާލަތުގައި ދިމާވި އެކި ގޮންޖެހުންތަކުގެ ސަބަބުން އެ މަސައްކަތް މަޑުޖެހިފައި އޮތީކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ މިނިސްޓްރީން ގެންދަނީ އިތުރަށް ކަށަވަރު ކުރަމުންނެވެ. ނާޒިމް ވިދާޅުވީ، ހެރިޓޭޖް މިނިސްޓްރީގެ އިތުރުން ވެސް މުޅި ރާއްޖޭގައި ސެކިއުރިޓީ ކުންފުނިތަކާ ޙަވާލުކޮށްގެން ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަނުން އިތުރަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ސެކިއުރިޓީގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިސްކިތް ބޭނުންކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ އެ މިސްކިތުގެ ޢިމާރާތް ރައްކާތެރިކުރުމަކީ އެމަރުކަޒުގެ ޒިންމާއެއް ކަމުން، އެ މަރުކަޒާއި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޝްވަރާ ކުރުމަށްފަހު، ތަނުގެ ކަރަންޓު ވަޔަރިންގ ހުރި ޙާލަތު ބަލައި ތަން ބޭނުންކުރުން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވަގުތީ ގޮތުން މާލޭ ހުކުރު މިސްކިތް އާންމުންނަށް ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ

އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ

18 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު