Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

ޕާކިސްތާން ސެމީއާ ގާތަށް، ވެސްޓް އިންޑީޒަށް ފުރަތަމަ މޮޅު

30 އޮކްޓޯބަރު 2021 | ހޮނިހިރު 04:43

ވެސްޓް އިންޑީޒް މޮޅުވީ ބަންގްލަދޭޝް އަތުން ތިން ލަނޑުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 04:43
އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން އަފްޣާނިސްތާން އަތުން މޮޅުވެ ސެމީފައިނަލާ ގާތަށް ޕާކިސްތާން ޖެހިލިއިރު، ބަންގްލަދޭޝް އަތުން އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޕާކިސްތާނުން މި މުބާރާތުގައި ކުޅުނު ތިންވަނަ މެޗުން މޮޅުވީ އަފްޣާނިސްތާން އަތުން ފަސް ވިކެޓުންނެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 35 ލަނޑު ހެދި ގުލްބަދީން ނައިބު އާއި 32 ބޯޅައިން 35 ލަނޑު ހަމަކުރި މުޙައްމަދު ނަބީއެވެ.

ޖަވާބުގައި ޕާކިސްތާން ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 148 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅައިން 51 ލަނޑު ހެދި ބަބަރް އައްޒާމެވެ. ދެން މި މެޗުގައި ވިދާލި އަނެއް ކުޅުންތެރިއަކީ އެންމެ ހަތް ބޯޅައިން 25 ލަނޑު ހަމަކުރި ޕާކިސްތާނުގެ އާސިފް އަލީއެވެ.

މި މެޗުން މޮޅުވެ ގްރޫޕް ދޭއްގެ އެއްވަނައިގައި ޕާކިސްތާން އޮތްއިރު، އެ ޓީމުން ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ޕާކިސްތާނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަފްޣާނިސްތާނާއި ތިންވަނައިގައި އޮތް ނެމިބިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މީގެ އިތުރުން ހުކުރު ދުވަހު ކުޅުނު މެޗުން މި ފަހަރުގެ މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް މޮޅުވީ ބަންގްލަދޭޝް އަތުން ތިން ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ ހޮވުމަށެވެ. އެއާއެކު ވެސްޓް އިންޑީޒް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 142 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 40 ލަނޑު ހެދި ނިކޮލަސް ޕޫރަން އާއި 46 ބޯޅައިން 39 ލަނޑު ހަމަކުރި ރޮސްޓޮން ޗޭސްއެވެ.

ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 139 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 44 ލަނޑު ހެދި ލިޓޮން ދާސް އާއި 24 ބޯޅައިން 31 ލަނޑު ހަމަކުރި މުޙައްމަދުﷲ އެވެ.

މި މެޗުން ވެސްޓް އިންޑީޒް މޮޅުވިއިރު، މީގެ ކުރިން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއާއެކު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ވެސްޓް އިންޑީޒަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ބަންގްލަދޭޝަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް