Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒެނީޝާއަށް ދައުވާކުރަން ފޮނުވުން

ކުޑަކެކުރި ބޮޑުކެކުރި އުސޫލު އަލުން އިޔާދަ ވާންވީ؟

ޒެނީޝާ ވެސް ހިމެނޭ ގޮތަށް 30 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެޗްއާރުސީއެމުން ވަނީ ފޮނުވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2021 | ހުކުރު 11:32
ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ- ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި ވަނީ ފޮނުވާފައި

ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ- ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި ވަނީ ފޮނުވާފައި

"އަތޮޅު ތެރޭ ގިނަވެއްޖޭ ރޯނު އެދުރު، ދޭދޭ މީހުން މެދުގާ ގޮތް ކިޔަމުން ހިނގާ އެދުރު"މިއީ ކުޅަދާނަ މެޒޯ ބޭންޑުގެ އެންމެ މަޝްހޫރުވި އެއް ލަވައެވެ. މާނަވެސް އެހާ ރަނގަޅުވީމައެވެ. މުޖުތަމައުގެ ކަންކަމާ ގުޅޭލެއް ވެސް ބޮޑުވީމައެވެ. މިއީ އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. ދަންނަވަން ބޭނުންވާ ވާހަކައެއްވެސް ނޫނެވެ. އެކަމަކު މިވާހަކަ ދައްކާ މީހުން ރަށުތެރޭގައި ގިނަވެއްޖެއެވެ. ކީއްވެގެން ކަމަށްތޯއެވެ؟

ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއްގައި ޒެނީޝާ ވެސް ހިމެނޭ ގޮތަށް 30 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެޗްއާރުސީއެމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމާއެކު، ޒެނީޝާގެ ދިފާއުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ސިޔާސީ އިސް ބޭފުޅުން ނުކުންނެވުމާއެކުއެވެ.

ސިޔާސީ އިސް ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން މުޅި އިންޓަރނެޓު މިވަނީ "ރަތަށް" އަރާފައެވެ. އެއް ބަޔަކު ބުނަމުންދަނީ އައު ސަރުކާރެއް ވެރިކަމަށް އައީ އަދުލު އިންސާފުގެ ނިޒާމު މިނިވަންކޮށް، ޝަރުއީ ދާއިރާ އިސްލާޙު ކުރުމުގެ ނަމުގައި ކަމަށެވެ. ތާއީދާއި ވޯޓު ހޯދީ އޭގެން ކަމަށެވެ. ރައްޔިތުންގެ ލޯބި ހޯދީ އިންސާފުގެ ވާހަކައިން ކަމަށެވެ.

އެކަމާ ޝުއޫރު ފާޅުކުރި އަނެއް ބަޔަކު ބުނަމުންދަނީ ރާއްޖޭގައި އޮތީ 3 ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ކަމަށެވެ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފުގެ ބާރަކީ މަސްހުނިވެ، އޮޅުންބޮޅުން ގަނޑަކަށް ވެގެން ނުވާނެކަމަށް ވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ މި ސަރުކާރުން ކަމަށެވެ. ދައުލަތުގެ ބާރުތައް ވަކިކޮށް، ނުވިތާކަށް އެތައް މިނިވަން މުސްތަޤިއްލު މުއައްސަސާއެއް އުފައްދައި، ވަޒީފާގެ މެންޑޭޓު ކަނޑައަޅައި، މުސާރަ ކަނޑައަޅާފައިވަނީ ސަމާސާއަކަށް ނޫންކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޖޭއެސްސީއަކާ ޙަވާލުކޮށް، ދައުވާ ކުރުމާއި، ދައުވާތައް އަނބުރާ ގެންދިއުމުގެ ބާރު ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް ދެއްވައި، ޤާނޫނު ހެދުމުގެ ބާރުގެ މަސްއޫލިއްޔަތުގެ ވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަމަޖައްސަވައި، ދައުލަތުން މިއިން ކޮންމެ މުއައްސަސާއަކަށް މިލިއަނުން ޚަރަދުތައް ކުރާއިރު، މިއީ އެއްވެސް ހާލެއްގައި ޖޯކެއް ނޫންކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

އަނެއް ބަޔަކުބުނާ ގޮތުގައި ބޮޑު އަދި ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ އުފުލައި، ޝަރީއަތްކޮށް، ޝަރީއަތުން އިންސާފުވެރި ޙުކުމަކާ ހަމައަށް އައުމަކީ ޤާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތެވެ.

ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ސިޔާސީ އެކި ފަރާތްތަކާއި، އާންމުންނާއި، މީހުންގެ ތެރޭގައި މަޝްހޫރު އެކި ފަރާތްތައް ހިމެނޭ ގޮތަށް އެކި މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ. އެއިން ކޮންމެ ފަހަރަކު، އެމީހުންގެ ދިފާއުގައި ނުނިކުމެ، "ވަކި ބައެއްގެ ދިފާއުގައި ނުކުންނަވަނީ" ކީއްވެގެންތޯވެސް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. ބޮޑުންނަށް ބޮޑުގޮތްތޯ ވެސް ގިނަ ބަޔަކު ދަނީ އަހަމުންނެވެ.

ގިނަ މީހުން ބުނާ ގޮތުގައި އެފަދަ މައްސަލަތަކުގައި މުޖުތަމައަށް ކުރާނެ އަސަރު ދެނެގަނެ، ޝަރީއަތުގެ މަރުޙަލާގައި މީހުން ބަންދު ކުރާއިރު މުޖުތަމައުގެ ސަލާމަތަށް ބެލުމާއި، ދައުވާ އުފުލާއިރު އެކަށީގެންވާ ހެކި ހުރިތޯ ބެލުން ފަދަ ކަންކަމަކީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ. އެއީ މިނިވަން، ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާން ޖެހޭނެކަން ސީދާ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ޕީޖީ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭގޮތާއި، މަސްއޫލިއްުޔަތުތަކާއި ބާރުތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. 9/2008ށް އިތުރު ކޮށްފައިވާ މި މާއްދާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފައިވާ މާއްދާއެކެވެ.

ކޮންމެއަކަސް، ޒެނީޝާގެ ދިފާއުގައި މިހާރު ވާހަކަ ދައްކަވަމުން ގެންދަވާ ސިޔާސީ އެކި ބޭފުޅުންގެ ބަސްތައް ގިނަ މީހުންނަށް ސިފަ ކުރެވެނީ މައްސަލައެއް ޝަރީއަތުގެ މަރުޙަލާއަށް ވެސް ނުދަނީސް އެ މައްސަލައިގައި ފަސް އަޅުވާލުމަށް ބޭނުން ކުރަމުންދާ ހަތިޔާރެއްގެ ގޮތުގައެވެ. މައްސަލައިގައި ދައުވާ ކުރުމާއި ނުކުރުމާ މެދު ގޮތެއް ނުނިމެނީސް މައްސަލައަށް ނުފޫޒު ފޯރުވުން ކަމުގައެވެ. މީހުން ބުނަނީ އަޅުގަނޑުމެން އެންމެން ދެކެން ބޭނުންވި މިނިވަން، އަދުލުވެރި، ނުފޫޒުން އެއްކިބާވެ އިންސާފުން ޖަރީވެފައިވާ ޖުޑީޝަރީއެއްގައި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްބާއެވެ؟ އެންމެފަހުން ޖަންގަލީގެ އުސޫލަށް ބަދަލުވެ، ކުޑަކެކުރި ބޮޑުކެކުރި އުސޫލު އަލުން އިޔާދަވަނީބާއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!

ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!

10 މާރިޗު 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
ބަހާއި އަމަލާއި ދިމާވޭބާ، 7 ފެބްރުއަރީ އަލުން އިޔާދަވަނީބާ؟

ބަހާއި އަމަލާއި ދިމާވޭބާ، 7 ފެބްރުއަރީ އަލުން އިޔާދަވަނީބާ؟

02 ފެބުރުއަރީ 2018
އަލުން \"ފެބްރުއަރީ ހަތެއް\" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

އަލުން \"ފެބްރުއަރީ ހަތެއް\" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

26 ޖެނުއަރީ 2018
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު