Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްލާމް ދީނާއި، ސައުދީ

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

ސައުދީ ސަރުކާރު އިސްވެ އޮވެ، ކޮންމެ ދުވަހަކުވެސް އެތަށް ހާސް މުސްލިމުންނެއް މަރަމުންގެންދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 6 މާރިޗު 2017 | ހޯމަ 05:39
ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް، ރައީސް އަބްދުﷲާ ޔާމީނާއެކުގައި

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް، ރައީސް އަބްދުﷲާ ޔާމީނާއެކުގައި

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ، އެ ދަތުރުފުޅުގެ ތެރެއިން ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާކަމުގެ އަޑުތައް ގަދަވެފައިވާއިރު، ކޮންމެ ދެ މީހަކު ތަނަކަށް އެއްވި ނަމަވެސް މިއަދު ދައްކަނީ އެ ވާހަކައެވެ. އެއްބަޔަކަށް ފ. އަތޮޅު ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލުމަކީ މައްސަލައަކަށްނުވާއިރު، އަނެއް ބަޔަކު ގެންދަނީ ކެނޑިނޭޅި އެކަމާއި ދެކޮޅު ހަދަމުންނެވެ. ސަބަބުތައްވެސް ބައިވަރު އެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި އެއްވެސް ވެރިޔަކު، ރާއްޖޭގެ ބިމުން ކައިވަތެއް ނަމަވެސް ބޭރުގެ ފަރާތަކަށް ވިއްކާލާފައިނުވާތީ އެވެ. ރާއްޖޭގެ ބިންތައް ވިއްކާނުލާ، ޖަޒީރާ މި ޤައުމު ތަރައްޤީކުރެވޭނެ ބައިވަރު ގޮތްތަށް އޮތުމާއެކު އެވެ.

ދެން އޮތީ ސައުދީ ރަސްގެފާނަށް، ފ. އަތޮޅު ވިއްކާލުމަށް ތާއީދު ކުރާ ފަރާތްތަކުގެ ވާހަކަ އެވެ. އެ ފަރާތްތަކަށް މާގިނަ ސަބަބުތަކެއް ނުދެއްކެ އެވެ. އެ މީހުން އެކަމަށް ތާއީދުކުރާ ހަމައެކަނި ސަބަބަކީ، ސައުދީ އަރަބިއްޔަކީ ހުޅަނގުގެ ޤައުމަކަށް ނުވާތީ އެވެ. އެއީ މުސްލިމު ޤައުމުތަކުގެ "ބައްޕަ" ކަމަށް އެ ފަރާތްތަކުން ގަބުލުކުރާތީ އެވެ. އެކަމަށް ތައީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މުސްލިމު ޤައުމަކަށް ފ. އަތޮޅު ވިއްކާލައިގެން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި މުސްލިމު ޤައުމަކަށް ފ. އަތޮޅު ވިއްކާލުމުން ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަޤީދާ ވަރުގަދަވެގެންދާނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވާގޮތުގައި މުސްލިމުންގެ އެންމެ ބޮޑު ލީޑަރު، ރަސްގެފާނު ސަލްމާނަށް ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުމެވެ. އަދި އެކަމާއި މެދު ވިސްނަންޖެހޭކަމަށް ޝައިނީ ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް -- ފޮޓޯ: އޭއެފްޕީ

ތެދެކެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. މުސްލިމު "ޤައުމުތަކުގެ ބައްޕަ" ގޮތުގައި އޮވެ، މުސްލިމު އުއްމަތް އެކަތިގަނޑަކަށް ހަދަން ސައުދީން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. ނިކަމެތިވެފައިވާ މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ސައުދީ ރަސްގެފާނާއި، ޝާހީ އާއިލާއިން ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ. އެ ބުނާ ހުޅަނގުގެ ޤައުމުތަކާއި، ސައުދީއާއި އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ. ކޮންމެ ދުވަހަކުވެސް އެތަށް ބައިވަރު މުސްލިމުންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރަމުންގެންދާއިރު އެކަމުގައި ސައުދީ ސަރުކާރުގެ ބައިވެރިވުމެއްވޭ ހެއްޔެވެ. މިއީ މުޅިންވެސް ވިސްނަންޖެހޭ ކަންތައްތަކެވެ.

ކިތަންމެ، ރީތި ޖުއްބާއެއް ލުމަށްފަހު، ބޭރުފުށަށް ނަލަ ހެދުމެއް ކަމަކު އިސްލާމް ދީން ހިމާޔަތެއް ނުކުރެވޭނެ އެވެ. އެ ބުނާ ހުޅނގުގެ ޤައުމުތަކާއި ގުޅިގެން ސައުދީ ސަރުކާރުން ކޮންމެ ދުވަހަކު އެތަހާސް މުސްލިމުންނެއް މަރަމުން ގެންދަނީވެސް އިސްލާމް ދީން ހިމާޔަތްކުރުމަށް ހެއްޔެވެ.

ސައުދީ ސަރުކާރު ގެންދަނީ، ސީރިޔާ އާއި، ޔަމަނާއި، އިރާގުގައި ހުޅނގުގެ ޤައުމުތަކުން ޓެރަރިޒަމް ނައްތާލުމަށްކަމަށް ބުނެ ކުރާ ހަނގުރާމަތަކުގައި އެކިގޮތްގޮތަށް ބައިވެރުވަމުންނެވެ. ސީރިޔާގައި ކޮންމެ ދުވަހަކުވެސް އެތަށް ހާސް މުސްލިމުން މަރަމުންގެންދާއިރު، ސައުދީ ސަރުކާރަކީ، ސިރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް ހަނގުރާމައިގައި ބައިވެރިވާ ޤައުމެކެވެ. ހުޅުނގުގެ ޤައުމުތަކާއި އެއް ހަމައެއްގަ އެވެ. އެމެރިކާއާއި، އިނގެރޭސިވިލާތާއި، ފްރާންސްވެސް ހިމެނޭ ފަޅީގައި ސީރިޔާއަށް އެކި ހަމަލާތައްދޭ ޤައުމެކެވެ.

ޔަމަނުގައި ކުރެވޭ ހަނގުރާމައިގައި މިދިޔަ މަހު އެކަނިވެސް ބާރަ ހާސްއަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު، އެ ހަނގުރާމައިގައިވެސް އެންމެ އަމަލިގޮތުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައިވެސް ސައުދީ ހިމެނެއެވެ. ހަމައެކަނި މިދިޔަ ހަފްތާގައިވެސް މަނާ ހަތިޔާރު ބޭނުންކޮށްގެން، ސައުދީ ސަރުކާރުން ޔަމަނަށް ދިން ހަމަލާއެއްގައި ހަ މީހުން މަރާލާފައިވެއެވެ. އެތަށް ބަޔަކު ޒަހަމަކޮށްލައިފެއެވެ. އެ ހުރިހާ މުސްލިމުންނެއް ސައުދީ ސަރުކާރުން ކޮންމެ ދުވަހަކު މަރަމުންގެންދަނީ ހަމަ އިސްލާމްދީނުގެ ނަމުގައެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

ދެންއޮތީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގެ ވާހަކައެވެ. ދުނިޔޭގެ މުސްހަނދި އެތަށް ޤައުމެއްގެ ވެރިން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރެއެވެ. ނަމަވެސް ހަމަ ހަރަދު ބޮޑު ދަތުރުފުޅެއް ކުރައްވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އެވެ. ހަށިފާރަވެރިންގެ ގޮތުގައި އެތަށް ބައިވަރު ބަޔަކު ދަތުރުތަކުގައި ބައިވެރިކުރާއިރު، މުޅިންވެސް ބޭނުންކުރައްވަނީ ރަނެވެ. މަތިންދާބޯޓުން ފައިބާ ސިޑިވެސް ހުންނަނީ ރަނުން ޒީނަތްތެރިކުރެވިފަ އެވެ. ދެން ހުންނަ ހުރިހާ ކަމެއްވެސް ހުންނަންޖެހެނީ ރަނުން ޒީނަތްތެރިކުރެވިފައެވެ. އެއާއެކުގައި ދަތުރުކުރައްވާނެ ހެލިކޮޕްޓަރާއި، ކާރު ހުރިހާ އެއްޗެއް ދަތުރުތަކުގައި ގެންދަވައެވެ. ޗުއްޓީ ހޭދަކުރައްވާއިރު، ގޮނޑުދޮށަށް ފޭބުމަށް ވަކި ސިޑިތައް ހަދާ ޒީނަތްތެރިކުރެވެ. ޗުއްޓީ ހޭދަކުރައްވާއިރު، އެ ސަރަހައްދާ އެއްވެސް މީހަކު ކައިރިވުމަކީވެސް މަނާކަމެކެވެ. ހަމައެކަނި ރާއްޖެގެ ތިން ރިސޯޓެއް ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ބުކްކޮށްފައިވާއިރު، ސައުދީ ރަސްގެފާނު ރިސޯޓެއްގައި ހުންނަވާއިރު، އެއިންތަނަކާއި ކައިރިވުމަކީ މުޅިން މަނާކަމެކެވެ.

ސުވާލަކީ، މުސްލިމު ޤައުމުގެ ވެރިޔަކަށްވެ، އަދި މުސްލިމު ޤައުމުތަކުގެ ބައްޕަކަމުގައި ދައުވާކުރާ ޤައުމެއްގެ ވެރިޔެއްގެ ދަތުރުފުޅަށްމިހާ ބޭކާރު ހަރަދުކުރަންޖެހޭ ހެއްޔެވެ. ދުނިޔޭގެ އެތަށް ޤައުމެއްގެ މުސްލިމުންނަށް ބޯނެ ފެންފޮދެއް ނުލިބިގެންއުޅޭއިރު، މިއީ ހަމަކުރަންޖެހޭ ހަރަދުތަކެއްތޯ. ފަލަސްތީންގެ އެތަށް ހާސް ރައްޔިތުންނެއް މަގުމަތިވެ، ބޯހިޔާވެހިކަމެއް، ކާނެ އެއްޗެއް، ބޯނެ ސާފު ބޯފެން ފޮދެއް، ޒަހަމްވެފައިވާ ތަންތަނުގައި އަޅާލާނެ މަލަންކޮޅެއް ނެތިގެން އުޅޭއިރު، މިއީ ހަމަ މުސްލިމު ޤައުމެއްގެ ވެރިޔެއްގެ ފަރަތުން ފެންނަންޖެހޭ ފަދަ މަންޒަރެއް ބާއެވެ. ހުޅުނގުގެ އެންމެ ނުފޫޒުގަދަ ޤައުމުތަކުގެ ވެރިންގެ ދަތުރުތަކަށްވެސް މިފަދަ ހަރަދެއް ނުކުރެ އެވެ.

ސައުދީގެ ޝާހީ އާއިލާއިން، ހުޅނގުގެ ޤައުމުތަކުގައި އެކި ކެސީނޯތައް ހިންގާ ވާހަކައާއި، ޖާރިޔާ ގެންގުޅޭ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް ސައުދީ ސާހީ އާއިލާއިން ހިންގާ އެކިކަންތައްތަކުގެ ވާހަކަ ދެއްކުމުން އިސްލާމީ އުސޫލުތައް ނެތިކޮށްކޮށްލެވެނީ ކިހިނެއްކަން ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ސާފުކޮށްދެއްވަންޖެހެ އެވެ.

ތެދެކެވެ. މުސްލިމުންގެ ޤިބުލަ ހުރީ ސައުދީ އަރަބިއާގެ ބިމުގައެވެ. މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާއަކީ ސައުދީ އަރަބިއްޔާގެ ދެ ބިމެވެ. ނަމަވެސް އެހިސާބުން އަދި ސައުދީއަކީ ހުރިހާ ކަމެއް ފުރިހަމަ ޤައުމަކަށް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު