Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސެލީނާ ޖެއިޓްލީ

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ ވިހަނީ މިއަހަރުގެ އޮކްޓޯބަރުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 09:23
ސެލީނާ އާއި އޭނާގެ އާއިލާ

ސެލީނާ އާއި އޭނާގެ އާއިލާ

ބޮލީވޫޑްގެ އެކްޓްރެސް އަދި ރީތީގެ ރާނީ ސެލީނާ ޖެއިޓްލީ އިނނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ ކަމަށް އޭނާ ބުނެފިއެވެ.

ސެލީނާއަށް މީގެ ކުރިން ވެސް ލިބިފައިވަނީ އެއްމާބަނޑު ދެކުދިންނެވެ. ސެލީނާ،35، ވިހާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސެލީނާއަށް މީގެ ފަސް އަހަރު ކުރިން ލިބިފައި ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިން ކަމަށްވާ ވިންސްޓަން އާއި ވިރާޖްއެވެ.

ސެލީނާ ބުނީ މި ފަހަރު ވެސް ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް ޑޮކްޓަރ ބުނުމުން ލިބުނީ ސިހުމެއް ކަމަށެވެ.

"ޑޮކްޓަރ އަލްޓްރާސައުންޑް ބަލަން ހުއްޓާ ފިރިމީހާ ޕީޓާ އެހީ ލިބެނީ ޓްވިންސެއްހޭ. ޑޮކްޓަރ ބުނީ އާއެކޭ، އަހަރެމެން ދެމީހުންނަށް ލިބުނީ ކުއްލި ސިހުމެއް،" ސެލީނާ ބުނެފައި ވެއެވެ.

ސެލީނާ ބުނީ އޭނާ އާއި ޕީޓާއާ ދެމީހުންނަށް މިއީ ލިބުނު ބޮޑު ނިއުމަތެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެދެމީހުން ތިބީ ވަރަށް އުފަލުން ކަމަށެވެ. ދުބާއީގައި ހޮޓަލެއް ހިންގަމުންދާ ޕީޓާ އާއި 2011 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސެލީނާ ވަނީ ދިރިއުޅުން ދުބާއީ އަށް ބަދަލުކޮށްފަ އެވެ.

ސެލީނާ ބުނީ މަންމައަކަށް ވުމުން އޭނާގެ އަމިއްލަ ނަފްސަށް އެހީތެރިވާންވީ ކިހިނެއްކަން ދަސްވާ ކަމަށެވެ. ސެލީނާއަކީ 2001 ވަނަ އަހަރުގެ މިސް އިންޑިއާ އެވެ. އަދި އޭނާ ވަނީ 2001 ވަނަ އަހަރު މިސްޔުނިވާސްގެ ރަނަރަޕުގެ 4 ވަނައިގައި ހިމެނިފައެވެ.

ސެލީނާ އެންމެ ފުރަތަމަ ފެނުނީ 2005 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސިލްސިލޭ"އިންނެވެ. އަދި އެއަށް ފަހު ހަމަ އެއަހަރު ނިކުތް "ނޯއެންޓްރީ"ގައި ވެސް ސެލީނާވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ސެލީނާ ކުޅެފައިވާ ފިލްމުތަކަކީ 2006 ވަނަ އަހަރު ނިކުތް "ޓޮމް، ޑިކް އެންޑް ހެރީ" އަދި 2008 ވަނަ އަހަރު ނިކުތް "ގޯލްމާލް ރިޓާންސް" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް

"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް

26 އެޕްރީލު 2017
"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

24 އެޕްރީލު 2017
އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު