Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބާހްބަލީ 2

"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް

މީގެ ކުރިން "ބާހްބަލީ2" ދައްކަން ހަމަޖެހިފައި އޮތީ 6500 ސްކްރީނެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 09:22
ބާހްބަލީ2 ގެ ފޮޓޯއެއް

ބާހްބަލީ2 ގެ ފޮޓޯއެއް

ނުވަހާސް ސްކްރީނެއްގައި ފިލްމު އެޅުވުމުގެ ރެކޯޑް އަނެއްކާ ވެސް "ބާހްބަލީ 2" ރެކޯޑް ހަދައިފިއެވެ.

މީގެ ކުރިން "ބާހްބަލީ 2" ދައްކަން ހަމަޖެހިފައި އޮތީ 6،500 ސްކްރީނެއްގައެވެ.

"ބާހްބަލީ 2" އިންޑިއާގެ 6،500 ސިނަމާގައި އަޅުވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި އަޅުވާނެއެވެ. އަދި އެމެރިކާގައި ވެސް މި ފިލްމު ލޯންޗުކުރާއިރު ފިލްމު އެޅުވުމުގެ ހަފްލާ ވަރަށްބޮޑުކޮށް ބާއްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ،ތަމަޅަ އަދި ހިންދީ ވާޝަން އަޅުވާނެއެވެ. އަދި ކެނެޑާގެ 150 ސްކްރީނެއްގައި އަޅުވާނެއެވެ.

މީގެ އިތުރުން ނިއުޒިލެންޑާއި، އޮސްޓްރޭލިއާ އަދި ފިޖީގައި މި ފިލްމުގެ ހިންދީ ވާޝަން އަޅުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި "ބާހްބަލީ 2"ގެ ތަމަޅަ ވާޝަން މެލޭޝިއާގައި އަޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިންގްލެންޑްގައި "ޔޫކޭ އިންޑިއާ އިޔާ އޮފް ކަލްޗާ އިވެންޓްސް" ގައި މި ފިލްމު ޕްރިމިއާކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ތެރއިން މިއަހަރުގައި ނިކުންނާނެ އެންމެ ބޮޑު ފިލްމު ކަމަށް ބެލެވޭ ފިލްމު "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ.

އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

މާޗް މަހުގެ މެދެއްހާ ހިސާބުގައި ރިލީޒްކޮށްފައިވާ މި ޓްރެއިލާއަށް އެތަށް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. 2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅުފިލްމެކެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

ފިލްމް "ބާހްބަލީ" ގެ ތިން ވަނަ ބައެއް އުފެއްދުމުގެ ހިޔާލު ވެސް ގެންގުޅެމުން އަންނަ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވަނީ ބުނެފައެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ރިލީޒްކުރާނެއެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.

އާދަޔާހިލާފު މޮޅު ވިޝުއެލް އިފެކްޓްސް އާއި ތަރިންގެ މޮޅު އެކްޓިންއާ އެކު ގެނެސް ދީފައިވާ "ބާހްބަލީ" ގެ ދެވަނަ ބަޔަކާ އެކު ފިލްމުގެ ވާހަކަ ނިމުމަކަށް އަންނާނެ ކަމަށް ރާޖަމޯލީ ބުންޏެވެ. ރާޖަމޯލީ ޓްވިޓާގއި ބުނެފައި ވަނީ ތިންވަނަ ބައި ހަދާއިރު ދެވަނަ ބައިގެ ވާހަކަ ދިގުދެމެން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި "ބާހްބަލީ"ގެ ތިން ވަނަ ބައި އަންނާނީ މުޅިން އާފެށުމަކާ އެކީގައެވެ.

ރާޖަމޯލީ ބުނީ ތިން ވަނަ ބައި ވެގެން ދާނީ އިންޑިއާގެ ސިނަމާ އިން ބެލުންތެރިން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ކަންތައްތަކެއް ގެނެސް ދޭނެ ފިލްމަކަށް ކަމަށެވެ.

"ބާހްބަލީ 2" ރިލީޒްކުރަން ހަމަ ޖެހިފައިވަނީ އޭޕްރީލް 28 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

24 އެޕްރީލު 2017
ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

20 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

07 އެޕްރީލު 2017
ބާހްބަލީ 2: އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި

ބާހްބަލީ 2: އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި

24 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު