Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުތީމު އާސާރީ ތަރިކަ

އުތީމުގައި ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން އުޅުއްވިކަމަށް ބުނާ ތުނޑިން އާސާރީ ވަޅެއް

އެތަނުން މީގެ ކުރިން ވެސް އާސާރީ ބައެއް ތަކެތި ފެނިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2021 | ބުދަ 09:35
މުޙައްމަދު ތަކުރުފާނު ދޫނި ހިއްޕަވަން ދުރުވި ތުނޑީ ސަރަޙައްދުން ފެނިފައިވާ ވަޅު

މުޙައްމަދު ތަކުރުފާނު ދޫނި ހިއްޕަވަން ދުރުވި ތުނޑީ ސަރަޙައްދުން ފެނިފައިވާ ވަޅު

ހއ އުތީމު ތުނޑީ ސަރަޙައްދުން އާސާރީ ވަޅެއް ފެނިއްޖެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ސަރަޙައްދަކީ މުޙައްމަދު ތަކުރުފާނު ދޫނި ހިއްޕަވަން ދުރުވި ތުނޑީ ސަރަޙައްދުކަމަށް ޒަމާނުއްސުރެ ވާހަކަ ދެކެވޭ ކަމަށެވެ. އަދި އެ ސަރަޙައްދަކީ މިހާރު ގިރާ ސަރަޙައްދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެތަނުން މީގެ ކުރިން ވެސް އާސާރީ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް ރުނބައާއި، ޖާޑިއާއި، ސީނުތަށި ފަދަ ތަކެތި އެ ސަރަޙައްދު ގިރަމުން ދިޔައިރު ފެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، އުތީމު ރައްޔިތުންނަކީ ތާރީޚަށް ލޯބިކުރާ އަދި ތަރިކަ ރައްކާކުރުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ބައެއް ކަމަށެވެ. އެގޮތުން މިހާރު ފެނިފައިވާ ވަޅު ވެސް ހެރިޓޭޖް މިނިސްޓްރީގެ ލަފަޔާއި އިރުޝާދުގެ ދަށުން، ތަރިކައިގެ ގޮތުގައި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރައްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އުތީމު ކައުންސިލުން މިހާރު ވަނީ އެ މައުލޫމާތުތައް މިނިސްްޓްރީއާ ވެސް ހިއްސާކޮށްފައެވެ. އަދި އެއާމެދު އަމަލުކުރާނީ މިނިސްޓްރީގެ ލަފަޔާއި އިރުޝާދުގެ ދަށުންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

" އެ ވަޅު އެ ސަރަޙައްދުގައެއް ނުބޭނދޭނެ، އެއީ އެ ސަރަޙައްދު މިހާރު ވެސް ގިރަމުން ދަނީ"އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކައުންސިލުން ވަނީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. އަދި މި ވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާ ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އަބްދުﷲ ރަޝީދު ވަނީ ތަރިކަ ރައްކާތެރި ކުރުމަށް ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސަރުކާރުން ވެސް މިހާރަށްވުރެ ބޮޑަށް އެކަންކަމަށް ސަމާލުކަންދީ ރަށްރަށުން ހޯދާ ތަރިކަތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ދޫނިދޫގައި އާއިލީ ބައްދަލުވުން ބާއްވާ ޢިމާރާތް ރަސްމީކޮށް ހުޅުވައިފި

01 އޮކްޓޯބަރު 2017
ދޫނިދޫގައި އާއިލީ ބައްދަލުވުން ބާއްވާ ޢިމާރާތް ރަސްމީކޮށް ހުޅުވައިފި
03 އޯގަސްޓު 2017

މެންބަރު އަމީތު ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދޫއަށް ގެންގޮސްފި

03 އޯގަސްޓު 2017
މެންބަރު އަމީތު ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫނިދޫއަށް ގެންގޮސްފި
28 ޖުލައި 2017

މެންބަރު މުހައްމަދު އަމީތު ދޫނިދޫއަށް ގެންގޮސްފި!

28 ޖުލައި 2017
މެންބަރު މުހައްމަދު އަމީތު ދޫނިދޫއަށް ގެންގޮސްފި!
24 ޖުލައި 2017

މެމްބަރު ވައްޑެ ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފި

24 ޖުލައި 2017
މެމްބަރު ވައްޑެ ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފި
22 ޖުލައި 2017

ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

22 ޖުލައި 2017
ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު