Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ވޮލީ ޓީމު އެކުލަވާލުން

މިއީ މުސްތަގުބަލުގައި ނަތީޖާ ނެރޭނެ ޓީމެއް: ފައްލޯ

26 އޮކްޓޯބަރު 2021 | އަންގާރަ 13:33

ކުޅުންތެރިންނާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް ލޯންގޭ ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 26 އޮކްޓޯބަރު 2021 | އަންގާރަ 13:33
ޒުވާން ގައުމީ ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)

ޒުވާން ގައުމީ ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމަކީ މުސްތަގުބަލުގައި ނަތީޖާ ނެރޭނެ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި ފަތުހުﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.

ޒުވާން ޓީމާ ފައްލޯ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން ގައުމީ ފެންވަރުގައި އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދިނުމުގެ އިތުރުން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައިވެސް ކޯޗެއްގެ ގޮތުންނާއި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ޒުވާން ގައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށްޒުވާނުންގެ މަރުކަޒުގައި ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތަށްފަހު "ރާއްޖެ.އެމްވީ" އާ ވާހަކަ ދައްކަމުން ފައްލޯ ބުނީ މި ޓީމު އެކުލަވާލުމުގައި ބޮޑަށް ބެލީ ކުޅުންތެރިންގެ ހުނަރަށާއި، އިސްކޮޅުގެ އިތުރުން ފަރިތަކުރުންތަކުގައި ކުރި މަސައްކަތް ކަމަށެެވެ.

ފައްލޯ ބުނީ ޓީމަށް ކުޅުންތެރިން ނެގުންވީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށާއި، ހާއްސަކޮށް ގިނަ ކުޅުންތެރިން އަތޮޅު ތެރޭގައި ތިބުމުން ކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކައި، މާލެ ގެންނަން ޖެހުނު ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ވަޒީފާގައި އުޅޭތީ އެކަމުގައިވެސް ދަތިތަކެއް ކުރިމަތިވި ކަމަވެސް ބުންޏެވެ.

ފައްލޯ އިތުރަށް ބުނީ ޒުވާން ޓީމުގެ ކުޅުންތެރިންނަށް ތަމްރީން ހެދުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް ސީނިއާ ގައުމީ ޓީމަށް ޒުވާން ޓީމުގެ ދެ ކުޅުންތެރިން އަރަން ލިބޭއިރު، އޭގެ ސަބަބުން ޒުވާން ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.

އަދި ޒުވާން ގައުމީ ޓީމަކީ މުސްތަގުބަލުގައި ރާއްޖެއަށް ރަން ވަނަތަކެއް ގެންނާނެ ޓީމެއް ކަމަށާއި، އެ ޓީމަކީ ނަތީޖާ ނެރެވޭނެ ޓީމެއް ކަަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މިހާރު އޮތް ސްކޮޑް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށްވެސް ފައްލޯ ވަނީ ބުނެފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ޒުވާން ގައުމީ ޓީމު އެކުލަވާލާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ ޓްރަޔަލްތަކުނެވެ. އެ ޓްރަޔަލްތަކުގައި 70 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވިއިރު، އޭގެ ތެރެއިން 30 ކުޅުންތެރިން ވަނީ ޒުވާން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ.

މި ޓީމުގެ ކޯޗަކަށް ފައްލޯ ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ 16 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުމަށްފަހު 2019 ވަނަ އަހަރު ކުޅުން ހުއްޓާލި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. "ރާއްޖެ.އެމްވީ" އާ ވާހަކަ ދައްކަމުން ލޯންގޭ ބުނީ ޓީމު އެކުލަވާލަން ކުރިއަށްގެންދިޔަ ޓްރަޔަލްތަކުގައި ބައިވެރިވި ކުދިންގެ ހުނަރު އެބަހުރި ކަމަށާއި، އަދި އެ ކުޅުންތެރިންނާ މެދު ކުރެވޭ އުއްމީދުވެސް ބޮޑު ކަމަށެވެ.

ބޮޑު ޕްލޭނަކާއެކު ވީއޭއެމުން ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލިއިރު، އަންނަ އަހަރު ގިނަ މުބާރާތްތަކެއްގައި ޒުވާން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި، އެ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް