Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކޮމިއުނިޓީ ނާސިން ވޮލެންޓިއާސް

ނަރުހުންގެ ހައްގުގައި ޚާއްޞަ ފޯރަމެއް ފަށައިފި

ޑަބްލިއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނަޒްނީން ބައިވެރިވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 އޮކްޓޯބަރު 2021 | އަންގާރަ 05:18
ނަރުހުން

ނަރުހުން

ނަރުހުންގެ ހައްގުތައް ދިފާއުކޮށް ހުނަރު ކުރިއެރުވުމަށް ޚާއްޞަ ފޯރަމެއް ކޮމިއުނިޓީ ނާސިން ވޮލެންޓިއާސް (ސީއެންވީ) އިން ފަށައިފިއެވެ.

މީރުމާ އިވެންޓްސްގައި މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިފޯރަމްގެ މައިގަނޑު މަޤްޞަދަކީ ނަރުހުންނާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް އެމީހުންގެ ހައްގުތައް ރައްކާތެރި ކުރުމެވެ. އަދި ނަރުހުން ރަނގަޅު ފެންވަރެއްގައި ތަމްރީނުކޮށް ޚިދުމަތަށް ނެރެވޭނެ ގޮޮތްތަކާމެދު މަޝްވަރާކޮށް އެމީހުންގެ ޚިޔާލު ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމެވެ.

މިފޯރަމްގެ ތެރެއިން ނަރުހުންނަށް ދިމާވާ ދަތިތަކާއި އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު ޑްރާފްޓެއް އެކުލަވާލައި ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރާނެކަމަށް ސީއެންވީގެ ހިންގާ ކޮމިޓީގެ މެމްބަރު މަރިޔަމް ނިޔަން ވިދާޅުވިއެވެ.

ވޯލްޑް ހެލްތު އޯރގަނައިޒޭޝަން (ޑަބްލިއެޗްއޯ) އާ ގުޅިގެން ކުރިއަށް ގެންދާ މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑަބްލިއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނަޒްނީން އަންވަރު ބައިވެރިވެވަޑައިގަތެވެ. ނަޒްނީން ވިދާޅުވީ "މިއީ ވަރަށް ބޮޑު މަސައްކަތެއް. މިފަދަ މަސައްކަތެއް ކުރަން ސީއެންވީއިން އިސްނެގުމުން ވަރަށް އުފާވޭ. މިކަމުގައި ޑަބްލިއެޗްއޯގެ އެއްބާރުލުން ލިބޭނެ" ކަމަށެވެ. އަދި ނަރުހުންގެ އަޑު އިއްވޭނީ މިކަހަލަ ހަރަކާތްތަކުންކަން ނަޒްނީން ފާހަގަކުރެއްވިއެވެ.

ސީއެންވީ އުފެއްދީ މިދިޔަ އަހަރު ރާއްޖެއަށް ކޮވިޑްގެ ހާލަތު އައުމާއެކު، ކޮވިޑް ރިލީފް މަސައްކަތުގައި އުޅުނު ނަރުހުންތަކެކެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
05 އޯގަސްޓު 2020

ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި

05 އޯގަސްޓު 2020
ކޮވިޑް-19 ވެކްސިން ގަތުމުގެ އެއްބަސްވުންތައް ގައުމުތަކުން މޮޑާނާ އާއެކު ހަދަން ފަށައިފި
23 އެޕްރީލު 2020

ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

23 އެޕްރީލު 2020
ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި
24 މާރިޗު 2020

ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި

24 މާރިޗު 2020
ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި
07 އެޕްރީލު 2018

އިނގިރޭސިވިލާތުގައި 'ހަކުރު ޓެކްސް' ނަގަން ފަށައިފި

07 އެޕްރީލު 2018
އިނގިރޭސިވިލާތުގައި 'ހަކުރު ޓެކްސް' ނަގަން ފަށައިފި
06 ޖެނުއަރީ 2018

ދުނިޔޭގެ އެންމެ ފަލަ މީހާ ޑައިޓް ކުރަން ފަށައިފި

06 ޖެނުއަރީ 2018
ދުނިޔޭގެ އެންމެ ފަލަ މީހާ ޑައިޓް ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު