Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން އެމެރިކާ ވަކިވުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

މަޤާމުގެ ފުރަތަމަ ދުވަހު މި އެގްޒެކެޓިވް އަމުރު ނެރުއްވުމުން އެމެރިކާ ރަސްމީކޮށް އެ އޭޖެންސީން ވަކިވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 07:39
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އެމެރިކާ ވަކިވުމުގެ މަސައްކަތް ފެށުމަށް ޓްރަމްޕް އެގްޒެކެޓިވް އޯޑަރުގައި ސޮއި ކުރައްވަނީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އެމެރިކާ ވަކިވުމުގެ މަސައްކަތް ފެށުމަށް ޓްރަމްޕް އެގްޒެކެޓިވް އޯޑަރުގައި ސޮއި ކުރައްވަނީ

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެމެރިކާ ވަކިވުމުގެ އަމުރު ހޯމަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފިއެވެ.

މިއާއެކު އެމެރިކާގެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކި ވުމުގެ އިޖުރާއުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށަންޖެހޭނެއެވެ.

މިއީ އެމެރިކާ ޑަބްލިއުއެޗްއޯ އިން ވަކިކުރުމަށް ޓްރަމްޕް އަމުރުކުރެއްވި ދެވަނަ ފަހަރެވެ.

ބައިނަލްއަޤްވާމީ އެ ޖަމްޢިއްޔާއިން ކޮވިޑް-19 މެނޭޖް ކުރި ގޮތާ ބެހޭ ގޮތުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ބަލިމަޑުކަމުގެ ތެރޭގައި ޖެނީވާގައި ހުންނަ އެ މުއައްސަސާއިން އެމެރިކާ ވަކިވުމުގެ މަސައްކަތް އޭރު ފެށިއެވެ. އެހެން ނަމަވެސް ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޖޯ ބައިޑެން އެ ނިންމުން ބަދަލުކުރެއްވިއެވެ.

މަޤާމުގެ ފުރަތަމަ ދުވަހު މި އެގްޒެކެޓިވް އަމުރު ނެރުއްވުމުން އެމެރިކާ ރަސްމީކޮށް އެ އޭޖެންސީން ވަކިވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެ އަމުރުގައި ބުނެފައިވަނީ އެމެރިކާ ވަކިވަނީ "ޗައިނާގެ ވޫހާން ސިޓީން ފެށުނު ކޮވިޑް-19 ބަލިމަޑުކަމާއި އެހެނިހެން ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކާތަކާ އެ ޖަމްޢިއްޔާ އިން ކުރިމަތިލި ގޮތާއި، އަވަސް ގޮތެއްގައި އެ ޖަމްއިއްޔާ އަށް ގެންނަންޖެހޭ އިޞްލާޙުތައް ނުގެނައުމާއި، އަދި ޑަބްލިއުއެޗްއޯގެ މެމްބަރު ޤައުމުތަކުގެ އެކަށީގެންނުވާ ސިޔާސީ ނުފޫޒުން އެ ޖަމްއިއްޔާ މިނިވަންވެފައި ނުވުމުގެ ސަބަބުން؛" ކަމަށެވެ. 

އެ އެގްޒެކެޓިވް އަމުރުގައި އިތުރަށް ބުނެފައިވަނީ އެމެރިކާ އިން "އެކަށީގެންނުވާ ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ" ޑަބްލިއުއެޗްއޯ އަށް ދައްކަމުން ދިޔުމުގެ ސަބަބު ވެސް ހިމެނޭ ކަމަށެވެ. ޑަބްލިއުއެޗްއޯ އަކީ އދ. ގެ ބައެކެވެ. 

ޓްރަމްޕްގެ ރިޔާސީ ކުރީ ދައުރުގައި އެ ޖަމްއިއްޔާ އަށް ފާޑުވިދާޅުވަމުން ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލުމުގައި "ޗައިނާ އަށް ބުރަވެފައިވާ" މިންވަރާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައިވެއެވެ. 

ޓްރަމްޕް ތުހުމަތު ކުރެއްވީ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެއަށް އެ ޖަމްއިއްޔާ އިން އިރުޝާދު ދިނުމުގައި ޗައިނާއަށް ބުރަވެފައިވާ ކަމަށެވެ. 

ބައިޑެންގެ ވެރިކަމުގައި އެމެރިކާ ފާހަގަ ކުރެވިފައިވަނީ ޑަބްލިއުއެޗްއޯ އަށް އެންމެ ގިނައިން މާލީ އެހީ ދޭ ޤައުމުގެ ގޮތުގައެވެ. އަދި 2023 ވަނަ އަހަރު އެމެރިކާ އިން ވަނީ އެ އޭޖެންސީގެ ބަޖެޓުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދައްކާފައެވެ. 

އެ ޖަމްޢިއްޔާގެ އަހަރީ ބަޖެޓަކީ 6.8 ބިލިއަން އެމެރިކާ ޑޮލަރެވެ.                   

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު