Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޯޝަލް މީޑިއާ

ގައުމުތަކުން ޑަބްލިއުއެޗްއޯ އާއި އޮތް ގުޅުން ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި މުއިއްޒު އަށް ދިނީ އެވޯޑެއް

26 މެއި 2025 | ހޯމަ 14:24

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ތަސްދީގު ކުރިއިރު ދުންފަތާ ބެހޭ މާސްޓާ ޕްލޭން އަދި ވުޖޫދު ނުވެއެވެ. އެ މާސްޓާރ ޕްލޭން ވީ ވީތަނެއްގައެވެ. ދެކުނު މީހަކުނެތެވެ.

އަލީ ޝާހީން
އަލީ ޝާހީން | 26 މެއި 2025 | ހޯމަ 14:24
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

މުޅި ދުނިޔޭގައި ގާތްގަނޑަކަށް 1 ބިލިއަން މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާ ކަމަށް ލަފާކުރެވެއެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މާބޮޑު ބަދަލެއް އައިސްފައިވާ އަދަދެއް ނޫނެވެ. މި މުއްދަތުގެ ތެރޭގައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ވަނީ ދުނިޔޭގެ ފުރަތަމަ އާންމު ޞިއްޙަތާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އެކުލަވާލުމަށް މަގުދައްކާފައެވެ. އެއީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އޮނިގަނޑުގެ މުޢާހަދާއެވެ. މައްސަލައަކީ ކޮބައިތޯއެވެ؟ ބަޔަކަށް ނުވަތަ މީހަކަށް އިނާމެއް ދީގެން މިކަމަށް އެކަށިގެންވާ ހައްލެއް ގެނެވިދާނެހެއްޔެ؟

އޭރުވެސް މިހާރުވެސް ދުންފަތުގެ އިސްތިޢުމާލަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޞިއްޙީ ބިރުވެރިކަމެއްގެ ގޮތުގައި ބެލެވޭ އެއްކަމެވެ. އާންމު ޞިއްޙަތާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ފެށުމުގައި ބަޔާންކޮށްފައިވަނީ މިއީ "ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށްފައިވާ" މުޢާހަދާއެއް ކަމަށެވެ. އެހެން ނަމަވެސް މުޢާހަދާއާއި ގުޅޭގޮތުން ގިނަ ގައުމުތަކުން ބުނަނީ މި މުޢާހަދާ ތަންފީޒުކުރުމުގައި ޑަބްލިއު.އެޗް.އޯ އިން ވަނީ ޙަޤީޤީ ދުނިޔޭގެ ހެކިތަކަށް އަހައްމިއްޔަތުކަމެއް ނުދީ އަޅާނުލާ ދޫކޮށްލާފަކަމަށެވެ.

އެހިސާބުން ދެން އަޑުއިވުނީ ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާއިން އެމެރިކާ ވަކިވިކަމުގެ ޚަބަރެވެ. އެމެރިކާއިން ބުނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޑަބްލިއުއެޗްއޯއިން ކުރި މަސައްކަތް ވަރަށް ދޯދިޔާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ޑަބްލިޔުއެޗްއޯގެ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިވެސް ނުވާކަން ވަނީ ފާހަގަކޮށްފައިވެއެވެ. އެމެރިކާއަކީ ޑަބްލިއުއެޗްއޯ އަށް ފަންޑު ކުރުމުގައި އެންމެ ބޮޑު އަދަދެއް ދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިނޫންވެސް އެތަށް އެތަށް ގައުމެއް ޑަބްލިއުއެޗްއޯ އާއި އޮތް ގުޅުން ވަރަށް ބޮޑާށް ޙީނަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން މިހެން އޮއްވާ ޑަބްލިއުއެޗްއޯއިން ދިވެހި ރާއްޖޭގެ ރައީސަށް ދިނީ އެވޯޑެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިއުއެޗްއޯއިން ދޭ އެވޯޑު ހޯދަން ގައުމެއްގެ ރައީސަކު ތެޅިގަތީނޫންބާއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިސްލާހު ތަސްދީގު ކުރިއިރު ދުންފަތާ ބެހޭ މާސްޓާ ޕްލޭން އަދި ވުޖޫދު ނުވެއެވެ. އެ މާސްޓާރ ޕްލޭން ވީ ވީތަނެއްގައެވެ. ދެކުނު މީހަކުނެތެވެ. ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާ ޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.

ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ، ސަރުކާރު ނިސްބަތްވާ ޕާޓި ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އޭޕްރިލް މަހުގެ 30 ވަނަ ދުވަހު މަޖިލީހުގައި ދެއްކި ވާހަކައެވެ. ފަހުގެ ޖީލަށް ސިނގިރޭޓާއި ދުންފަތް މަނާކުރާއިރު އެ ގާނޫނު ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށް އޭނާ ބުންޏެވެ.އެހެން ނޫން ނަމަ ރާއްޖޭގައި ވެސް ކަންތައް ވާނީ ނިއުޒިލޭންޑްގައި ކަންތައްވީ ގޮތަށް ކަމަށް ވިދާޅުވިއެވެ. ދޮގެއްވާ ނޫނެ، ގައުމުގެ ރައީސަކު އެވޯޑެއް ހޯދަން ތެޅިގަތަސް މީ ފުކެއް ބޮޑުވަރެވެ.

މުއިއްޒުގެ ސަރުކާރުން ވޭޕް މަނާކޮށް، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ބޮޑުކޮށް، ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރީ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ގެންދިއުމަށް ހެޔޮ އެދިގެން އެޅި ފިޔަވަޅެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ދެގުނަ އަށް ބޮޑު ކުރީ ސީދާ އާމްދަނީ ހޯދުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓު ފޮތުގައި ބުނެފައި އެބައޮތެވެ. ސަރުކާރުން އާމްދަނީ ހޯދަން 7 ސިޔާސަތެއް ތައާރުފް ކުރާ ވާހަކަ ބުނެފައި އޭގެ ތެރެއިން އެއް ސިޔާސަތަކީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުން ކަމަށް އެކި ސިފަސިފައިގާ އޮތީ ބުނެފައެވެ. ރައްޔިތުންނަށް ދުވާލާ ރޭގަނޑު އޮޅުވާލެވިދާނެކަމަށް މުޢިއްޒު ގަބޫލުފުޅުކުރަނީހެއްޔެވެ.

ސިއްހަތު ސަލާމަތް ކުރުމަކީ ދުންފަތު ސިޔާސަތުތަކަށް މިގެނައި ބޮޑު ބަދަލުގެ މަގްސަދުގައި އޮތް ކަމެއްގެ ގޮތުގައި ގަބޫލު ކުރަން ވަރަށްވެސް ދައްޗެވެ. ރައްޔިތުން ގަބޫލު ކުރާގޮތާއި އެރައްޔިތުން މިސަރުކާރާއި ދޭތެރޭ ދެކޭގޮތް ސޯޝަލް މީޑިއާ އަންނަނީ ލިޔަމުންނެވެ. ސޯޝަލް މީޑިއާގައި ލިޔަމުންދަނީ މިއީ ރައްޔިތުން ފެލައިގެން އާމްދަނީ ހޯދަން ކުރި ކަމެއް ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފާފައިވާ ބަޔަކަށް ކުއްލި އަކަށް ދުންފަތާ ދުރައް ނުދެވޭނެ ކަން ރަނގަޅަށް އެނގި ވިސްނި ތިބިގެން އަގުހެޔޮ ތަކެއްޗަށް ހުރަސް އަޅާ ސިނގިރޭޓް ފޮއްޓެއް 250 ރ. އަށް ގަންނަން މަޖުބޫރު ކުރުވަނީއެވެ. އެއާއެކު ދިވެހިން ފެލައިގެން 2025 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ނެރުމަކީ ސަރުކާރުގެ އަމާޒެވެ.

ރައްޔިތުން މިހާރު ތިބި ހާލަތުން ޖީބުގައި ލޯލާރިއެއްވެސް ނެތް ދުވަސް ވަރެއްގައި ކުޑަކޮށްވެސް ރައްޔިތުންގެ މާލީ ހާލަތާ މެދު ވިސްނާ ވެރިޔަކު އިތުރަށް ރައްޔިތުން ފެލަން ނުވިސްނާނެއެވެ. މުސާރަދީގެން ކައިރީގައި ގެންގުޅޭ ބޭފުޅުން ހިތްވަރުގަދަ ނިންމެވުމެކޭ މިބުނަނީ މިހެންވެތާއެވެ. އާނއެކެ، އެކަންވަނީ ވަރަށް ހިތްގަދަ މީހަކަށެވެ. ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ އެއީ ރައްޔިތުނަށް ހެޔޮ އެދިގެން ރައްޔިތުންގެ ސިއްހަތަށް ހެޔޮ އެދިގެން ނިންމި ނިންމުމެއް ނޫން ކަމެވެ. ހަގީގަތުގައިވެސް ތެޅިގަނެގެން ކަންކަން ނިންމާލީ އެވޯޑެއް ހޯދަންތާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2017

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ
06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް