Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

އިބްރަހިމޮވިޗުގެ ލަނޑާއެކު މިލާން އެއްވަނައަށް

ތާވަލުގެ އެއްވަނައަށް މިލާން ޖެހިލީ 25 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2021 | އާދީއްތަ 06:07
ބޮލޯނިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ބޮލޯނިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮލޯނިއާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 16 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ބޮލޯނިއާއަށް މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ އަޑަމާ ސޫމާރޯއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ މިލާނުގެ ރާޑް ކްރުނިޗަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު ބޮލޯނިއާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 35 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޑޭވިޑޭ ކަލާބްރިއާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ބޮލޯނިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބޮލޯނިއާއިން ފަރަގު ކުޑަކުރިއިރު، މިއީ މިލާނުގެ ޒްލަޓާން އިބްރަހިމޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން މޫސާ ބަރޯ ވަނީ ބޮލޯނިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބޮލޯނިއާއިން މި މެޗުގައި ނަތީޖާ ހަމަހަމަކުރިތާ ހަ މިނެޓު ފަހުން އަނެއްކާވެސް އެ ޓީމުގެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެގޮތުން ބޮލޯނިއާގެ ރޮބާޓޯ ސޮރިއާނޯއަށް ރަތް ކާޑު ދެއްކީ މިލާނުގެ ފޮޑޭ ބާލޯ-ޓޯރޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހުއެވެ.

އެއާއެކު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް މިލާނުން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީއިސްމައެލް ބެނަސާއެވެ. އަދި މެޗުގެ ފަހު މިނެޓުގައި އިބްރަހިމޮވިޗް ވަނީ ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލީ ކުޅުނު ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް އަށް މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ލީގުގައި އާދީއްތަ ދުވަހުގެރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ނާޕޮލީއަށް އަލުން އެއްވަނައަށް އެރޭނެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

07 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު