Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ބާސާ ވަނީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 11:23
ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލަސްޕާމަސް އުފާފާޅުކުރަނީ

ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލަސްޕާމަސް އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނަ އަށް ޖެހިލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ލަސްޕާމަސްއާ ވާދަކޮށް ރެއާލް އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ކޮވަކިޗްގެ އެހީތެރިކަމާއެކު އިސްކޯ އެވެ.

އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ލަސްޕާމަސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެވިޑް ސައިމޮންގެ އެހީތެރިކަމާއެކު ޕެޑްރޯ އެވެ.

މި ލަނޑުތަކަށްފަހު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ރެއާލް އަށް ވަނީ ލީޑު އަނބުރާ ހޯދުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އަށް އިތުރު ހުރަސްތަކާ ކުރިމަތިވީ އެޓީމުގެ ވިންގާ ގެރެތް ބޭލް ކުރި ކުށަކާ ގުޅިގެން ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެގޮތުން ދެވަނަ ހާފް އެއްކޮށް ކަހަލަގޮތަކަށް އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގައި ލަސްޕާމަސް އިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 56 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޮނަތަން ވިއެރާ ކާމިޔާބުކޮށްދިން އިރު، ލީޑު ފުޅާކޮށްދިން ލަނޑު އޭގެ ތިން މިނެޓު ފަހުން ލަސްޕާމަސް އަށް ކާމިޔާބުކޮށްދިނީ ކެވިން ޕްރިންސް ބޯޓެންގް އެވެ.

މި ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް ރެއާލް އިން ވަނީ މެޗުގެ ފަހު 10 މިނެޓުގައި ދެއްކި މޮޅު ކުޅުމާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން 86 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ފަރަގު ކުޑަކުރިއިރު، ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 89 ވަނަ މިނެޓުގައިވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 24 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. ލަސްޕާމަސް އޮތީ ކުޅުނު 25 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގަ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ސޕޯޓިން ގިޖޮންއާ ވާދަކޮށް 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ލިއޮނެލް މެސީގެ ލަނޑުން އެޓީމުން ލީޑު ނެގިއިރު، އޭގެ ދެ މިނެޓު ފަހުން ސްޕޯޓިންގެ ހުއާން ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަތް ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑުތަކަށްފަހުވެސް ބާސާ އިން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެހެންނަމަވެސް 21 ވަނަ މިނެޓުގައި ކާލޮސް ކާސްޓްރޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ސްޕޯޓިން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެހެންނަމަވެސް އޭގެ ފަސް މިނެޓު ފަހުން ލުއިސް ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މި ސީޒަނުގައި ސްޕެނިޝް ލީގުގައި ޖެހި ލަނޑުގެ އަދަދު 20 އަށް ބަދަލުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއިން ސްޕޯޓިންގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ބާސާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ފްރެންސިސްކޯ ކާމިޔާބުކުރިއިރު، 65 ވަނަ މިނެޓުގައި ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މީގެއިތުރުން އެޓީމުން މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު އަދި ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް އެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ކުޅުނު 25 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ސްޕޯޓިން އޮތީ ކުޅުނު 25 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު