Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަލީ ނާފިއު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 18:44
ޓީސީ ސްޕޯޓްސް ކްލަބްގެ ނަސޫހު ލަނޑު ޖެހުމަށްފަހު އެޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ޓީސީ ސްޕޯޓްސް ކްލަބްގެ ނަސޫހު ލަނޑު ޖެހުމަށްފަހު އެޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކުރުމަށްފަހު ޓީސީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ޔޫވީއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީވެސް ޓީސީންނެވެ. ފުރަތަމަ ފަހަރަށް މެޗުގައި ހަމަލާ އުފެއްދީވެސް އެޓީމުންނެވެ. އެގޮތުން ނުވަ ވަނަ މިނެޓުގައި ހަސަން ނާއިޒް (ދާދު) ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މީގެއިތުރުން 27 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީ އަދި 38 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓްއަށްވެސް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޔޫވީގެ ފަރާތުން ފެނިގެންދިޔައީ ލަސް ކުޅުމެކެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް ޓީސީ ނިކުތީ ޝަމްވީލް ގާސިމް (ބޮންޑާ) އަދި ޔާމީން އިބްރާހިމް (ޔާމްބެ)އާ އެކުގައެވެ. އެގޮތުން ދެވަނަ ހާފްގައި ޓީސީގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެންގޮސްފައިވާއިރު، 54 ވަނަ މިނެޓުގައި އަލީ ނާފިއު (ކަޅޭ) އަށް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ބޯޅަ ދިޔައީ ގޯލާ ދުރުން ބޭރަށެވެ.

ޓީސީން މެޗުގެ ލީޑު ނެގީ 66 ވަނަ މިނެޓުގައި ކަޅޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސްޓެވާޓް ނަގައިދިން ހުރަސް އިބްރާހިމް މަހުދީ (އިއްބެ) ބޮލުން ކުރިޔަށް ފޮނުވާލަން އުޅެނިކޮށް ކީޕަރު އަތުން ސާފްކޮށްލަން އުޅެނިކޮށް ލިބުނީ މުޅިން ހުހަށް ކަޅޭ އަށެވެ. އެގޮތުން އޭނާ ވަނީ ޔޫވީ ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލަށް ބޯޅަ ފޮނުވާލާފައެވެ.

މި ލަނޑަށްފަހުވެސް ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، 71 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް އިއްބެއަށް ވަނީ މުޅިން ހުސްކޮށް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ޔޫވީގެ ބިދޭސީ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފައެވެ. މީގެއިތުރުން 72 ވަނަ މިނެޓުގައި ސްޓެވާޓްއަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ޔޫވީގެ ޝަފްރާޒް އަށް 77 ވަނަ މިނެޓުގައި ލަނޑު ޖަހަން ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ. ޓީސީ އަށް މެޗުގެ 83 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައިވާއިރު، ކަޅޭ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ޓީސީގެ އިއްބެ ނަގައިދިން ހުރަސް ކަޅޭ އަށް ހުހަށް ލިބިފައިވާއިރު، އޭނާ ފޮނުވާލީ ބޯޅަ ގޯލާ ދުރުން ބޭރަށެވެ. މީގެއިތުރުން މެޗުގެ އިތުރު ވަގުތުގައި ޔޫވީ އަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޓީސީން މެޗުގެ ލީޑު ފުޅާކުރީ އިތުރުވަގުތުގައި ބަދަލުކުޅުންތެރިޔާ އަލީ ނަސޫހު ރަޝީދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު