Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިންޓަ ފުރަތަމަ ފަހަރަށް ބަލިވިއިރު، މިލާން އެއްވަނައަށް

ވެރޯނާ އަތުން މިލާން މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޮކްޓޯބަރު 2021 | އާދީއްތަ 07:38
ލާޒިއޯ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

ލާޒިއޯ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މެޗަކުން ބަލިވިއިރު، ވެރޯނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އިންޓަ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޓައިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީވާން ޕެރިސިޗެވެ. މިއީ އޭރިއާ ތެރެއިން އިންޓަގެ ނިކޯލޯ ބަރެއްލާއަށް ލާޒިއޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޗީރޯ އިމޯބިލޭ ވަނީ ލާޒިއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އިންޓަގެ އަލެސަންދްރޯ ބަސްތޯނީގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ފެލިޕޭ އެންޑަސަން ވަނީ ލަނޑެއް ޖަހައި، ލާޒިއޯއަށް ލީޑު ނަގައިދީފައެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ލާޒިއޯއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ސަރްގޭ މިލަންކޮވިޗް-ސަވިޗެވެ. އެކަމަކު ލާޒިއޯއިން މި މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ރާމޯސް މާރްޗީއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މެޗުން އިންޓަ ބަލިވިއިރު، އެ ޓީމާ ވާދަވެރި މިލާން ތާވަލުގެ އެއްވަނައަށް ޖެހިލީ ވެރޯނާ އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވެރޯނާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއަންލޫކާ ކަޕްރާރީ އާއި އެންޓޮނިން ބަަރަކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ވަނީ ލަނޑެއް ޖަހައި، މިލާނަށް ފަރަގު ކުޑަކޮށްދީފައެވެ.

އަދި މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލާނަށް ނަތީޖާ އެއްވަރުކޮށްދިނީ ފްރޭންކް ކެސިއޭއެވެ. އަދި އޭގެ ދެ މިނެޓު ފަހުން މިލާނުން ލީޑު ނެގިއިރު، މި ލަނޑަކީ ވެރޯނާގެ ކޯރޭ ގަންޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ނާޕޮލީއަށް އަލުން އެއްވަނައަށް އެރޭނެއެވެ. މީގެ އިތުރުން ލާޒިއޯ އަތުން ބަލިވި އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި އަށް މެޗުން 17 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު