Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިވެހިންގެ އުފެއްދުންތައް

ދިވެހިންގެ އުފެއްދުންތައް ދާއިމީ ގޮތެއްގައި މާކެޓް ކުރެވޭނެ ނިޒާމެއް ހަމަޖައްސަން ޖެހޭ: ހާރޫން

ކުރިން ނުފެންނަ ތަކެތި މި މައުރަޒުން ފެނިގެން ހިނގައްޖެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 15:16
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދު

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދު

ދިވެހިންގެ އުފެއްދުންތައް ދާއިމީ ގޮތެއްގައި މާކެޓް ކުރެވޭނެ ނިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކާބޯތަކެތީގެ މައުރަޒު ހުޅުވުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހާރޫން ވިދާޅުވީ, މި މައުރަޒުގެ ބޭނުމަކީ އަތޮޅުގައި ހައްދާ ބާވަތްތައް (ޚާއްސަކޮށް ދިވެހިން ހައްދާ ބާވަތްތައް) ދައްކާލުން ކަމަށެވެ. ސަރުކާރާއެކު މަސައްކަތް ކުރަމުންދަނީ 17 ބާވަތެއް މާކެޓްކޮށް، އެގްރޯނެޓުން ދަނޑުވެރިންނަށް ލިބެން ހުރި ފަސޭހަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކަމަށް ވެސް ހާރޫން ވިދާޅުވިއެވެ.

ކުރިން ނުފެންނަ ތަކެތި މި މައުރަޒުން ފެނިގެންދިޔަކަން ފާހަގަކުރައްވައި ހާރޫން ވިދާޅުވީ, ދަނޑުވެރިކަމުގެ ތެރެއިން ލިބޭ ތަކެތި މާކެޓަށް ނެރެ، ދިވެހިންގެ އުފެއްދުންތައް ކުރިއެރުވުމަށް އިތުރު މަސައްކަތަކެއް ކުރަންޖެހޭ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްޓޯލްތަކުން ބުނީ މިކަހަލަ މައުރަޒުތަކުން ތަފާތު ތަކެތި އިޝްތިހާރު ކުރުމަށް ފުރުސަތު ހުޅުވިގެންދާ ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް މިކަހަލަ އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.  

ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން މިމަހުގެ 15ން 16ށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ފާހަގަކޮށްލެވުނު މައުރަޒެކެވެ. މި މައުރަޒުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމާއި އެތަކެތި އެއްތަނަކުން ފެންނަގޮތް ހެދުމާއި, އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔެލޯ ސަބްމެރީން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ އުފެއްދުމެއް!

ޔެލޯ ސަބްމެރީން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ އުފެއްދުމެއް!

10 އެޕްރީލު 2018
އެމަޒޯންގެ ސުޕަމާކެޓްގައި ކޭޝިއަރެއް ބޭނުމެއް ނުވޭ!

އެމަޒޯންގެ ސުޕަމާކެޓްގައި ކޭޝިއަރެއް ބޭނުމެއް ނުވޭ!

23 ޖެނުއަރީ 2018
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

20 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު