Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮކާ ކޯލާ އެޕްލިކޭޝަން

މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް

މި އެޕްލިކޭޝަން ތައާރަފުކޮށްފައިވަނީ ހޮނިހިރު ދުވަހު ހަވީރު އާރޓް ގެލަރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:39
ކޮކާ ކޯލާ ކުންފުނިން ތައާރަފުކޮށްފައިވާ އެޕްލިކޭޝަން ދައްކާލަނީ

ކޮކާ ކޯލާ ކުންފުނިން ތައާރަފުކޮށްފައިވާ އެޕްލިކޭޝަން ދައްކާލަނީ

މާލެ އެރޭޓެޑް ވޯޓަރ ކޮންޕެނީ އިން ހޮނިހިރު ދުވަހު ތައާރަފުކުރި "ކޯކްޓުހޯމް" އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ދިނުމުން ކޮކާކޯލާގެ ބުއިންތައް ސީދާ ގެއަށް ހަމައަށް ގެންގޮސްދޭނެ ޙިދުމަތެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި "ކޯކްޓުހޯމް" އެޕްލިކޭޝަން ލޯންޗުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލޮޕްމަންޓްގެ ޑެޕިއުޓީ އިކޮނަމިކް މިނިސްޓަރ އާދަމް ތައުފީޤް އެވެ.

މިނިސްޓަރ ތައުފީޤް ވިދާޅުވީ ކޮކާ ކޯލާ ކުންފުނިން މި ޙިދުމަތް ތައާރަފުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގައި ޕްލާސްޓިކް ފުޅި ގެންގުޅޭ މިންވަރު މަދުވެގެންދާނެ ކަމަށެވެ.

މި އެޕްލިކޭޝަންއާ ބެހޭގޮތުން މާލެ އެރޭޓަޑް ވޯޓަރ ކޮންޕެނީގެ ކަންޓްރީ މެނޭޖަރ އަބީޖިތް ލެހްރީ ވިދާޅުވީ ކުންފުނީގެ މަޤްސަދަކީ ކަސްޓަމަރުންނަށް ފަސޭހަ އަދި ފެންވަރު ރަގަޅު ޙިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އުންމީދުތަކާއި ހަމައަށް ވާސިލްވުމަށްތަކައި ކުންފުނިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގައެވެ.

މާލެ އެރޭޓަޑް ވޯޓަރ ކޮންޕެނީގެ މެނޭޖިންގ ޑައިރެކްޓަރ ސަންޖޭ މަނިކު ވިދާޅުވީ ކުންފުނިން ބޭނުންވަނީ ކުންފުނީގެ ޑިސްޓްރިބިއުޝަން އާއި ކޮންސިއުމަ ޙިދުމަތް ވަގުތު ސަލާމަތްވާ ވަސީލަތްތައް ބޭނުންކޮށްގެން ރަގަޅުކުރަން ކަމުގައެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން އެއްފަހަރާއި ދެތިން ތަނަށް ކޯކް ޑެލިވަރީ ކުރުމަށް އޯޑަރު ދެވޭނެ އެވެ.

މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2019

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!

03 ޖެނުއަރީ 2019
ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!
26 ނޮވެމްބަރު 2018

ޔުނައިޓެޑުން ހީސްޓޭންޑް ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް ރާއްޖެއަށް ތައާރުފުކޮށްފި

26 ނޮވެމްބަރު 2018
ޔުނައިޓެޑުން ހީސްޓޭންޑް ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް ރާއްޖެއަށް ތައާރުފުކޮށްފި
25 ނޮވެމްބަރު 2018

ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް

25 ނޮވެމްބަރު 2018
ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް
10 އޯގަސްޓު 2018

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް މިހާރު އޯޑަރު ކުރެވޭނެ!

10 އޯގަސްޓު 2018
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް މިހާރު އޯޑަރު ކުރެވޭނެ!
11 ޖުލައި 2018

ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް

11 ޖުލައި 2018
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު