Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ހެޕީ މާކެޓް ޝޯރޫމް

ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި

މި ޝޯރޫމް ހުޅުވާފައިވަނީ މެދުޒިޔާރަތް މަގު، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ކުރިމަތީގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2017 | ހުކުރު 12:20
ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން އެ ކުންފުނީގެ އާ ޝޯރޫމް ހުޅުއްވައިދެއްވަނީ

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން އެ ކުންފުނީގެ އާ ޝޯރޫމް ހުޅުއްވައިދެއްވަނީ

ހެޕީ މާކެޓް ޓްރޭޑިންގެ އާ ޝޯރޫމެއް ހުޅުވަފިއެވެ.

ބޮޑުބެރުގެ ހަރަކާތްތަކާ އެކު ހުކުރު ދުވަހު ހަވީރު މި ޝޯރޫމް ހުޅުވާފައި ވަނީ މެދުޒިޔާރަތް މަގު، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ކުރިމަތީގައެވެ. މި ޝޯރޫމް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އިހުސާންއެވެ.

ހެޕީ މާކެޓުގެ ފަރާތުން ވާހަކަ ދެއްކެވި އެ ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ މި ޝޯރޫމަކީ އެ ކުންފުންޏަށް 25 އަހަރު ފުރުމާ ވިދިގެން ހިންގަމުންދާ ހަރަކާތްތަކުގެ ދަށުން ހުޅުވުނު ޝޯރޫމެއް ކަމަށެވެ. އެގޮތުން މި ޝޯރޫމް ހުޅިވިގެން ދިޔުމުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނިން ވިއްކާ ތަފާތު އެކިއެކި ބާވަތްތަކުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުދީ މި ޕްރޮޑަކްޓްތައް ކައިރިން ދެކިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި އެ ޝޯރޫމް މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ކަސްޓަމަރުންނަށް މުދާ ގަނެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ހަމައެހެންމެ އެ ކުންފުންޏަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީއަށް 25 އަހަރުގެ ހިދުމަތް ދީފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކަށް ހެދުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެގޮތުން މި އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ގެންނަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތަކުން ގެންނަ ޕްރޮޑަކްޓްތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

ހަމައެއާ އެކު އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކުގައި އެ ކުންފުނީގެ ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާނީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވީހާ ވެސް ވިޔަފާރިވެރިންނާ ކައިރިޔަށް ގެންދިޔުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ހެޕީ މާކެޓަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ކުންފުންޏަށް ވާއިރު އެ ކުންފުނިން އަންނަނީ ތަފާތު އެކި ބާވަތުގެ ޕްރޮޑަކްޓްތަށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ. އެގޮތުން އެ ކުންފުނިން 3,000 އަށް ވުރެ ގިނަ ބާވަތުގެ ކާބޯތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކަމުންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު