Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމެޒަން

އެމަޒޯންގެ ސުޕަމާކެޓްގައި ކޭޝިއަރެއް ބޭނުމެއް ނުވޭ!

މި ސުޕަމާކެޓަށް ވަންނަން ޖެހެނީ އެމަޒޯން ގޯ އެޕްގެ ކިޔުއާރް ކޯޑް ސްކޭން ކޮށްގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖެނުއަރީ 2018 | އަންގާރަ 08:21
އެމަޒޯން ސުޕަމާކެޓް

އެމަޒޯން ސުޕަމާކެޓް

ރިޓޭލް މާކެޓްގައި އެންމެ ނުފޫޒުގަދަ އެއް ކުންފުނި ކަމަށްވާ އެމަޒޯން އިން ކޭޝިއަރުންނާ ނުލައި ވިޔަފާރިކުރެވޭ ސުޕަމާކެޓެއް އެމެރިކާގެ ސިއޭޓަލްގައި ހުޅުވައިފިއެވެ.

މި ސުޕަމާކެޓަށް ވަދެވެނީ ކަސްޓަމަރުންގެ ފޯނުން އެމަޒަން ގޯ އެޕްލިކޭޝަންގެ ކިޔުއާރް ކޯޑް ސްކޭން ކުރުމަށް ފަހުގައެވެ.

ސުޕަމާކެޓްއަށް ވަނުމަށް ފަހު ކޮންމެ އެއްޗެއް ނެގި ކަމުގައިވިޔަސް އެމަޒޯން ގޯ އެޕް އަށް އެ ނެގި އައިޓަމެއް ލިސްޓް ވެގެންދެއެވެ. ކަސްޓަމަރުންނަށް ސުޕަމާކެޓުން ބޭނުން އެއްޗެއް ނަގައި އަތުގައި އޮންނަ ޝޮޕިންގް ބޭގް އަށް ލެވޭނެއެވެ.

މިކަމުގެ ސަބަބުން ބާޒާރުކުރުމަށް ޓްރޮލީތައް ނުވަތަ ބާސްކެޓްތައް ބޭނުން ނުވާނެ ކަމަށް ވެސް އެމަޒޯން އިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމަރު ވަކި އައިޓަމެއް ނަގާފައި ހިޔާލު ބަދަލުވެގެން އެ ނެގި އެތި އަލުން ޝެލްފްގައި ބެހެއްޓުމުން އެ އައިޓަމް ލިސްޓުން އުނިވެގެންދެއެވެ.

ސުޕަމާކެޓުން ކަސްޓަމަރު ނުކުންނަ ވަގުތު އެ ނެގި ސާމާނުތަކަށް އެމަޒޯން އެޕް އިން އޮޓޯ އިން ބިލް ކުރެވި އަދި އޮންލައިންކޮށް ޗާޖް ކުރެވޭނެއެވެ.

އެމަޒޯން އިން ވަނީ އެތައް ސަތޭކަ ކެމެރާތަކާއި ސެންސަރތައް ބޭނުންކޮށްގެން މި ސުޕަމާކެޓް މޮނީޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މިހާތަނަށް ހަމައެކަނި ސިއޭޓަލްގައި މި ސުޕަމާކެޓް ހުޅުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އެހެން ސިޓީތަކުގައި މީގެ ސުޕަމާކެޓްތައް ހުޅުވާނެ ކަމަށް ވެސް އެމަޒޯން އިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2022

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މާބޮޑުތަން މަދެއްނުވޭ: ޓަރމިނަލް އޮޕަރޭޝަން ޖެނެރަލް މެނޭޖަރު

15 މާރިޗު 2022
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މާބޮޑުތަން މަދެއްނުވޭ: ޓަރމިނަލް އޮޕަރޭޝަން ޖެނެރަލް މެނޭޖަރު
17 ފެބުރުއަރީ 2022

އުރީދޫއިން، ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވޭގޮތް ހަަދައިފި

17 ފެބުރުއަރީ 2022
އުރީދޫއިން، ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވޭގޮތް ހަަދައިފި
21 ސެޕްޓެމްބަރު 2021

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅާފައެއްނުވޭ: މީރާ

21 ސެޕްޓެމްބަރު 2021
އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅާފައެއްނުވޭ: މީރާ
27 ޖުލައި 2021

އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުން ރަށްރަށަށް ފައިދާއެއް ނުވޭ - އަމްރު

27 ޖުލައި 2021
 އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުން ރަށްރަށަށް ފައިދާއެއް ނުވޭ - އަމްރު
05 ޖެނުއަރީ 2020

ވިޔަފާރި ހިންގުމަށް މިހާރު މަހު ފީ އަދި ޓްްރޭޑް ޕަރމިޓެއް ބޭނުމެއް ނުވާނެ: މިނިސްޓްރީ

05 ޖެނުއަރީ 2020
ވިޔަފާރި ހިންގުމަށް މިހާރު މަހު ފީ އަދި ޓްްރޭޑް ޕަރމިޓެއް ބޭނުމެއް ނުވާނެ: މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު