Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޯމޭ މަގާމުން ވަކިކުރުން

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

"އެފްބީއައިގެ ވެރިޔާ އަޅުގަނޑު ހަމަ ވަކިކޮށްލީ. އޭނައަކީ ފައްކާ ގަމާރެއް" ޓްރަމްޕް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 11:52
ރައީސް ޓްރަމްޕް (ވ) ކޯމޭ (ކ)

ރައީސް ޓްރަމްޕް (ވ) ކޯމޭ (ކ) | އޭޕީ

އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެވުމަކީ އެ މަނިކުފާނަށް އޮތް ޕްރެޝަރުތަކެއް ކުޑަވެގެން ދިޔަ ކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ އޮފިޝަލުންގެ ގާތުގައި ވިދާޅުވެފައިވާކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މިދިޔަ ހަފްތާގައި ބޭއްވުނު ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކުގެ ޚުލާސާ ހިމެނޭ ޑޮކިއުމަންޓްތަކަކާއި ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ ކޯމޭއަކީ "ގަމާރެއް ކަމަށް" ޓްރަމްޕް ވިދާޅުވެފައިވާކަމަށެވެ.

މަޤާމުން ވަކިކުރެވުނުއިރު، ކޯމޭ ގެންދެވީ ރައީސް ޓްރަމްގެ ކެމްޕެއިން ޓީމާ ރަޝިއާއާ ދެމެދު އޮތް ގުޅުންތައް ތަހުގީގު ކުރައްވަމުންނެވެ. އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭ ހުންނެވީ ސެނޭޓްގެ އިންޓެލިޖެންސްކޮމިޓީގައި އެ ތަހުގީގާ ބެހޭގޮތުން ހެކިބަސް ދެއްވުމަށް ތައްޔާރުވެ ވަޑައިގެންނެވެ.

މި މައްސަލައިގެ އެންމެ ފަހުގެ ރިޕޯޓްތައް އައިސްފައި މިވަނީ ރައީސް ކަމުގެ މަގާމާ ޓްރަމްޕް ހަވާލުވެ ވަޑައިގެންނެވުމަށްފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މެދުއިރުމައްޗަށް ފުރާވަޑައިގެންނެވިތަނުންނެވެ.

"އެފްބީއައިގެ ވެރިޔާ އަޅުގަނޑު ހަމަ ވަކިކޮށްލީ. އޭނައަކީ ފައްކާ ގަމާރެއް" ރައީސް ޓްރަމްޕް ވިދާޅުވިކަމަށް ރިޕޯޓްގައި ވެއެވެ.

" ރަޝިއާގެ ފަރާތުން އަޅުގަނޑަށް ވަރަށްބޮޑު ޕްރެޝަރެއް އައި އެކަމުގެ ސަބަބުން. އެކަން ނިމިގެން އެ ދިއައީ"

ރައީސް ޓްރަމްޕް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އަދި ރަޝިއާގެ އެމްބަސެޑަރ ސަރްގޭ ކިސްލިއަކް އާއެކު އޯވަލް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ބޭނުންކުރައްވާފައިވާ ބަހުރުވައާ ގުޅޭގޮތުން ވައިޓްހައުސްއިން ދެކޮޅުހަދާފައެއް ނުވެއެވެ.

މީގެ އިތުރުން ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ޚަބަރެއްގައި ބުނެފައިވާގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާ ރަޝިއާ އާ އޮތް ގުޅުންކަމަށް ތުހުމަތު ކުރެވޭ ގުޅުމުގައި ތުހުމަތު ކުރެވޭ އެއް ފަރާތަކީ ވައިޓް ހައުސްގެ މިހާރުގެ އޮފިޝަލެކެވެ. ނަން ހާމަ ނުކުރާ ފަރާތަކާ ހަވާލާދީ ތަހުގީގާ ގުޅުން ހުރި ފަރާތަކުން ބުނެފައިވަނީ އެ މީހަކީ ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅެއްކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު