Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުންގެ އޯޑިއޯތައް

ފަނޑިޔާރުންގެ އޯޑިއޯތަކުގެ ތަހުގީގު ލަސްވަނީ ފުލުހުންގެ އެނާލިސިސް ނުނިމޭތީ: ޖޭއެސްސީ

12 އޮކްޓޯބަރު 2021 | އަންގާރަ 06:44

އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ފަނޑިޔާރުން ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޮކްޓޯބަރު 2021 | އަންގާރަ 06:44
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެމްބަރުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެމްބަރުން

ލީކުކޮށްލާފައިވާ އޯޑިއޯ ރެކޯޑިންތަކުގެ މައްސަލައިގެ ތަހުގީގު ލަސްވަނީ ފުލުހުންގެ އެނާލިސިސް ނުނިމޭތީކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ލީކުކޮށްލާފައިވާ އޯޑިއޯ ރެކޯޑިންތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ފުލުހުން ނަގާފައިވަނީ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގަށް އޯޑިއޯ ސާމްޕަލް ދިނުމަށް ފަނޑިޔާރުން ވެސް ރުހުން ދެއްވާފައިވަނިކޮށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެކަމުގެ ތަހުގީގާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޯޑިއޯތަކުގެ މައްސަލަ ލަސްވަނީ ފުލުހުންގެ އެނާލިސިސް ނުނިމޭތީ ކަމަށެވެ. އަދި އެނާލިސިސް ނިމުމުން ތަހުގީގުގެ ބާކީ ބައި ކުރިއަށް ގެންދަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާޙް ވިދާޅުވީ، ތަހުލީލު އަދިވެސް ކުރިއަށްދާ ކަމަށާއި، އެކަމާގުޅޭ އެނާލިސިސް ނިމޭނެ ސީދާ ތާރީޚެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ވީ އެންމެ އަވަހަށް ތަހުގީގު ނިންމައި، އެ މައުލޫމާތު ހިއްސާ ކުރައްވާނެކަން ޔޫނުސް ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް, ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަޙުމަދު ޝަކީލާ ވެސް ވަނީ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދެ ފަނޑިޔާރުން ވެސް ވަނީ ދޮގުކުރައްވާފައެވެ.

ޖޭއެސްސީމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް