Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލު އެވާރޑް

މީޑިއާ ކައުންސިލު އެވޯޑާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

11 އޮކްޓޯބަރު 2021 | ހޯމަ 10:34

މި މައްސަލަ ބެލޭނީ އިދާރީ މައްސަލަތައް ބަލާ ސެކްޝަނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޮކްޓޯބަރު 2021 | ހޯމަ 10:34
މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑް މީގެ ކުރިން ޙާސިލުކުރި ބައެއް ނޫސްވެރިން

މޯލްޑިވްސް މީޑިއާ ކައުންސިލް އެވޯޑް މީގެ ކުރިން ޙާސިލުކުރި ބައެއް ނޫސްވެރިން

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި ޑިސްޕިއުޓް މަރުހަލާގައި އެކަށީގެންވާ ހައްލެއް ނައުމުން ހޯމަ ދުވަހު ވަނީ މި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. މި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ މިއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވާފައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ މި މައްސަލަ ހުށަހަޅަންޖެހޭ ސެކްޝަން ނޫން ސެކްޝަނަކަށް ހުށަހަޅާފައިވުމެވެ.

20 ނޫސްވެރިން އިސްވެ ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ އަވަސް ނިޔާގެ މައްސަލަތައް ބަލާ ސެކްޝަނަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މި މައްސަލަ ބެލޭނީ އިދާރީ މައްސަލަތައް ބަލާ ސެކްޝަނުން ކަމަށެވެ.

އިނާމު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ މި ސިޓީގައި 15 މީޑިއާއެއްގައި މަސައްކަތް ކުރާ 80 އެއްހާ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށްފައިވެއެވެ. މި ސިޓީގައި ބުނެފައިވާ ގޮތުގައި މީޑިއާ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ދޭން ތައްޔާރުވެފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ޚިލާފަށެވެ.

މި ސިޓީ ފޮނުވާފައި ވަނީ ބައެއް މީޑިއާތަކުން ގުޅިގެން މީޑިއާ ކައުންސިލަށް ހުށަހެޅި ޕެޓިޝަނެއް އެ ކައުންސިލުން ނުބެލޭނެކަމަށް ބުނެފައިވަނިކޮށެވެ.

2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ މި އަހަރު ބާއްވާނީ  11 އޮކްޓޯބަރ ގައި ކަމަށެވެ. 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް 12 ދާއިރާއަކުން ވަނީ ހުޅުވާލާފައެވެ. މީޑިޔާ ކައުންސިލުން ބުނީ ހުށަހެޅުންތައް ލިބިފައި ވަނީ އޭގެ ތެރެއިން 10 ދާއިރާއަކަށް ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 10 ދާއިރާއަކުން ޖުމްލަ 87 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްސިވިލް ކޯޓު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި

20 ޑިސެމްބަރު 2025
ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި
16 ޑިސެމްބަރު 2025

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
30 އޮކްޓޯބަރު 2025

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް